ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

ރައީސް މައުމޫން ކޯޓަށް ހާޒިރުކުރީ އެމަނިކުފާނުގެ ބަންދާއި މެދު ގޮތެއް ނިންމުމަށެވެ.

އެމަނިކުފާނުގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ވެސް އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރިތާ ހަތް ގަޑިއިރު ފަހުން އެމަނިކުފާނުގެ ޝަރީޢަތް ވަނީ ކެންސަލްކޮށްފައެވެ.

ރައީސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމުންގެ ޝަރީޢަތް މިއަދަށް ތާވަލުކޮށްފައިވާއިރު އެމަނިކުފާނުގެ ބަންދާއި މެދު މާދަމާ ރޭގެ 19:00 ގެ ކުރިން ގޮތެއް ނިންމަން ޖެހޭނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ބުރާސްފަތި ދުވަހުގެ ރޭގެ 19:00 އަށް ހަމަވާނެތީއެވެ.

ރައީސް މައުމޫންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި މިހާރު ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާމަ

    30 އަހަރުގެ ވެރިކަން ކޮށް އެވަރުން ނުފުދިގެން ހިންހަމަ ނުޖެހި އަނެއްކާވެސް ވެރިކަމުގެ ދަހިތި ކަމުގަ ބައެއްގެ މަޅިގަ ޖެހި އަވަދިވުން ލިބިފައިވާ ތީތިނަމާ ސަރަފު އުމުރުގެ ބާކީ ބައިގަ ކިލަބު ކުރުން ބޮޑުވަރުމީ އިސްލާހަށް މަސައްކަތް ކުރަނީ ރަތްއަތުންނާ ވާހަކަ ދައްކައިގެން ގާޒީންނަށް ހަދިޔާ ދީގެނެއްނޫން ދެއްތޯ

  2. ސައީދު

    މައުމޫންވެސް އެބަޖެހޭ ސައިޒުކުރަން. 30 އަހަރު ވެރިކަން ކުރިއޭކިޔާފަ ނުޖެހޭ އެބޭގަނޑު ބޭނުންހާ އެއްޗެއް މިގައުމަށް ހަދަން ދޫކޮށްފަ ބަހައްޓާކަށް.
    ވެރިކަމަށް ބޫތުކައިފަ ހުއްޓަސްްް ބޮޑުވަރު.

  3. ބުއްޅަަަބޭ

    ނަޝީދު ހަމަ ހެޓަކަށް ހެނީ!

  4. ފައިޒް

    ހަމަ ރަނގަޅު ތި ކަލޭގެ ދުވަސްގަނޑެއް ވެއްޖެ މޮޔަވެގެން އުޅޭތާ މީނަ ހިތުން ކެނެރީގޭ ނަޝީދު އައުވާނުން ފޮނުވާގެން މީނަ ސަލާމަތް ކުރާނެ... ދެން މޮޔަވޭ..

  5. ފަުުއު

    އޭނާއަކީ އަނިޔާވެރިއެއް

  6. ބަޢާވާތްކުރުމާދެކޮޅު

    މުސްކުޅިމީހަކު 7ގަޑިއިރު ކޯޓުގަ ފިނިކޮޓަރީގަ އަރާމުގަ ސަޔާ ކެއުމުގެ ހިދުމަތާއެކު ބޭންދީމަ ދެރަވާމީހުން ދެރަނުވޭތަ މުސްކުޅިމީހަކު އިސްވެހުރެ މިގެނާއި ބަޢާވާތުން ގައުމަށްލިބުނުދެރަ.... ހައްގުތަނަކީ ޖަލު... ދިގުމުއްދަތަކަށް ގެންދޭ.. އެތަނުގަ ހަނދުކޭތަ ބަލަންބާއްވާ.. މިބޭގެ އަނބިވެސް އިއްޔެބުނެފި ތިމަންނަމެން މިހިގި މަގުރަގަޅުތޯ ބަލަންވީއޯ... 30އަހަރުގެ ތަޖުރިބާގެ އަލީގަ ނޭގޭދޯ ހިގާމަގެއް... ވެރިކަންބޭނުންވެގެން އުމުރުން ދުވަސްވީ މުސްކުޅިޔަކު އެއްބަފާ ކޮއްކޮ ހަވަރަށްދިންއިރު އެއީ ރަގަޅު މަގުތައް... އުމުރުދުވަހަށް ލޭގެ ގުޅުންކަނޑާލީ އެދާއިތަވެސް ރުހިގަބޫލުވެގެންނޫންތަ.. ދަރިޔަށް ވެރިކަންދޭހިތުން.. ދަރިންވެސް ތިބީ ތަޙުތުގަނޫނީ ނުއިށީންނަ ބޮޑާހާކާއިގެން....

  7. ޢަހްމަދު މުހައްމަދު

    ޙާދަ ނުލަފާ އިންާސާނެކޭ މައުމޫނަކީ