ސިނގިރޭޓް ބުއި މީހުން ޖޫރިމަނާ ކޮށްގެން ހަފްތާއެއް ތެރޭ ފުލުހުން ބައި ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ފުލުހުން ކޮންމެ ހަފްތާ އަކު އާއްމު ކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި ވެސް މަނާ ތަންތަނުގައި ސިނގިރޭޓް ބޮއެެން 122 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. ދުންފަތުގެ އިސްތިއުމާލް ކުރުން މަނާތަނެއްގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ 500 ރުފިޔާ އިން ޖޫރިމަނާ ކުރާ ކަމެކެވެ.

އެހެންކަމުން ފާއިތުވި ހަފްތާ ތެރޭގައި 122 މީހަކު ޖޫރިމަނާކޮށް، 61000 ރުފިޔާ ފުލުހުން ވަނީ ދައުލަތައް ހޯދައިދީފައެވެ. މި ހުރިހާ އެންމެން ވެސް ޖޫރިމަނާ ކޮށްފައި ވަނީ މާލޭ ސިޓީން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުންގެ "އެންވާރްމަންޓް ޕޮލިސް" އަށް ހުށަހެޅުނު މައްސަލަތައް ހާމަކޮށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ހަފްތާގައި މަގުމައްޗަށް ކުނި އެޅުމާއި ގުޅޭ 88 މައްސަލައަކަށް ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. 61 ކޮންސްޓްރަކްޝަން ސައިޓަކަށް ހަފްތާއެއް ތެރޭގައި ފުލުހުން ޒިޔާރަތް ކޮށްފައިވެއެވެ.

އެންވާރްމެންޓް ޕޮލިސް އަށް ހުށަހެޅުނު މައްސަލަތަކުގެ ތެެރެއިން 88 މައްސަލައެއް ހައްލު ކުރެވުނު އިރު 54 މައްސަލައަކަށް ހައްލު ހޯދައި ދެވިފައި ނުވާކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޤާނޫނުން މަނާ ކޮށްފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުން ފުލުހުން ޖޫރިމަނާ ކުރަނީ ހަމައެކަނި މާލޭ ސަރަހައްދުގައި އުޅޭ މީހުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ކޮންމެ ހަފްތާ އަކު ވެސް މަނާ ތަންތަނޔގައި ދުންފަތުގެ އިސްތިއުމާލް ކުރުމުން މާލޭ ސަރަހައްދުން ފުލުހުން ގިނަ ބަޔަކު ޖޫރިމަނާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޜައޫފް

    ހުޅުމާލެ ބީޗްސަރަހައްދުގަ ހަދާފަވާކެފޭތަކުގަ ސީސާގެވިޔަފާރިވަނީ އާންމުވެފަ މީވިޔަފާރިޔައް ކުއްޔައްދޫކޮއްފަވާސަރަހައްދެއްނޫން މިތަންތާ ދުންފަތުގެ ވިޔަފާރިކުރެވިގެންނުވާނެ.

    19
    2
  2. ޒަމާން

    ތި ލާރި ނުދައްކާތީ ފިޔަވަޅު އަޅާތަ؟

    11
    1
  3. އަހްމަދު

    -/500 ރުފިޔާ ކުޑަކަމައްފެންނަނީ -/1000 ރުފިޔާ އައް އެއަދަދުބަދަލުކުރަންފެނޭ މަނާތަންތަނުގަ ނުބުޔަސް އެކަންކުރެވެންއޮންނައިރު ޖެއްސުމައްނޫނިމަނާކޮށްފައޮންނަތަންތަނުގަނުބޯނެ އެކަންހުއްޓުވޭނީ ޖޫރިމަނާ ބޮޑުކޮށްގެންކަމައްވާނަމަ އެކަންކުރަން އެބަޖެހޭ

    15
    8
  4. ކޮރަލް

    ގިނަ ބަޔަކު ފޯން ކުރަން ވީއެވެ.

    1
    3
  5. ޓަވަރު

    ރަގަޅަށް ޖޫރިމަނާކުރާ ނަަމަ މިލިއަނަކަށް ވުރެ ގިނައިން ލިބޭނެ!

    8
    1
  6. ފުލުސް

    ފުލުހުން ހިންގާ ޕޮލާޓޭގެ ފުރަތަމަ ފަންގިފިލާގައި ސިނގެރޭޓު ބުއިން މަނާތަނެއް ކަމަށް ކަނޑައަޅާ ނޯޓިސްޖަހާފަ ހުރޭ! ކީއްވެބާ ޖޫރިމަނާ ނުކުރަނީ؟؟ފުލުހުން ގޯސްކަންކަން ކުރީމަ ޖޫރިމަނާނުވެ އާންުމު މީހާ އެކަން ކުރީމާ ޖޫރިމަނާ ކުރުމަކީ އިންސާފުތޯ؟

    • ޙަހަހަހަ

      އެތަނުގެ ފުރަތަމަ ފަންގި ފިލާގަ މަނާ ބޯޑެއް ނުހުންނާނެ. ދުންފަތުން ލިބޭ ގެއްލުން އަންގައިދޭ ބޯޑު ހުންނާނީ. ރަނގަޅަށް ބަލާފަ ތަންދޮރު އޮޅުން ފިލުވައިގެން ކޮމެންޓް ކުރާނަމަ ދޯ. ދެން ފަހަރަކުން ވެސް އެތަނަށް ދެވިއްޖެޔާ ރަނގަޅަށް ބަލައިލާތި.

  7. ސަރީފު

    ފުލުހުން ވަރައް ފަޚުރުވެރި ވެލާފައި މި ވާހަކަ ދައްކަނީ ތިމާމެނައް މާ ގިނަ ކަންތައްތަކެއް ކުރެވި މާގިނަ ފައިސާ ތަކެއް ސަރުކާރައް ހޯދާ ދެވިގެންބާ ؟ ވޭތިވެ ދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭ އަހަރެން ލަންކާއައް 3 ފަހަރު ހިނގައްޖައިން ، ލަންކާގެ އެކި ހިސާބު ތަކުގައި ދުއްވާ ހިނގާ ހެދިން ، ދުވަހަކުވެސް މަގުމައްޗާ ހޮޓާކެފޭ މާރުކޭޓާއި ފިހާރަތަކާއި ޢާންމު ތަންތާ ސިނގިރޭޓް ބޮނިކޮއް ނުދެކެން ، އިއްޔެގެ އިރު އޮއްސުނު ވަގުތު ސިނގިރެޓްބޮއި ސިނގިރެޓް ޖީބުގައި ހުރެގެން ދިވެހި 3ޒުވާނެއްގެ އަތުން-/60000 ފަސްދޮޅަސް ހާސް ލަންކާ ރުޕީސް ލަންކާ ފުލުހުން އެތާ ސަރުކާރައް ވަނީ ހޯދާދީފައި ، މީ ބެލެހެއްޓޭތީ ވާގޮތް ، ފުލުހުންގެ ވާޖިބު ފުލުހުން އަދާކުރާތީ ވާގޮތް.

  8. ޢާދަނު

    ޜަނގަޅު މިގައުމަުގަ ގަވައިދުތައްހެދިޔަސް އެޔައްއަމަލުނުކުރެވޭ އެތްގޮތުގަ ހިފަހައްަޓައިގެން ނޫނީ މިގައުމު ކަންކަން އިސްލާހެތް ނުވާނެ