މިމަހުގެ 06 ވަނަ ދުވަހު އޮތް މަޖިލިސް އިންތިޚާބަށް ފަހު މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައި ވަނީ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުލްﷲ ޖާބިރުއެވެ. ނަމަވެސް މިކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިޚް އަނިލް ވަނީ ޖާބިރު ފަދަ ބޭފުޅުންގެ ހެޑްލައިން ހަދައިދިނުން މީޑިއާތަކުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޝެއިޚް އަނީލް މިފަދައިން ވިދާޅުވެފައިވަނީ ކާށިދޫ ދާއިރާގެ އިންތިޚާބީ ކެންޑިޑޭޓު އަބްދުﷲ ޖާބިރު ޕީއެސްއެމުން ގެނެސްދިން ޖާބިރުގެ އިންޓަވިއުއެއްގައި ރާއްޖޭގެ ބައެއްގެ ގޮތުގައި މަލިކު އޮއްވައި، އިންޑިއާ އިން އެ ރަށް ނަގަން ޖެހުނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށާއި ޖާބިރު ވިދާޅުވުމުން އެއީ އޭނާގެ އަމިއްލަ ޚިޔާލެއް ކަމަށް ރައީސް ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު އެވާހަކަތަކަށް ރައްދު ދެއްވި ޚަބަރެއް ޓްވިޓާ މެދުވެރިކޮށް ޝެއާ ކުރައްވާމުން އެވެ.

އަނީލްގެ ޓްވީޓްގައި ވިދާޅުވީ "ދުލުގެ ސަބަބުން، މީހާއާއި އޭނާގެ ވަށައިގެންވާ މީހުންނަށް މުސީބާތްތަކާއި ކުރިމަތިލާން ޖެހިފައިވާ މަންޒަރަކީ ތާރީޚުން ފެންނަ ހަގީގަތެއް. އަތްނުފޯރާ ހިސާބަށް ކަންތައް ދިޔުމުގެ ކުރިން މިފަދަ މީހުންގެ ހެޑްލައިން ހަދައިދިނުން މީޑިއާތަކުން ހުއްޓާލަންޖެހޭ." ކަމަށެވެ.

ޖާބިރުގެ ވާހަކަތައް މީޑިއާތަކުން ގެނެސްދޭތީ އަނީލް ހިތްހަމަނުޖެހުން ފާޅުކުރިއިރު ގިނަ އިލްމުވެރިން ނިސްބަތްވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އަށް ޖާބިރު ވަނީ މިދިޔަ ހުކުރު ދުވަހު ފާޑުވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވެފައި ވަނީ އިމްރާން މިނިސްޓަރު ކަން ކުރަން ފިޓް ނޫންކަމަށާއި އިމްރާން ރަނގަޅީ މިސްކިތެއްގެ އިމާމްކަން ކުރަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޖިސްމާނީނަފްސާނީ

    ބަލަ ބޮޑެތިހާ ހުވަފެން ދެއްކި އެންމެނަށް ވޯޓުލާފައި، ދެން އެމީހުންގެ ވާހަކަ ނޫސްތަކަށް އެރީމާ ކަލޭމެން އަނގަގަދަ ކުރާކަށް ނުވާނެ. ލަދު ގަނޭ. ބިރުވެތިވޭ. ކައްފާރާ އަދާކުރޭ.

    50
    9
  2. އަޙްމަދު

    އަނީލްގެ ވާހަކައަށް ތާޢީދުކުރަން. ޖާބިރުގެ ވާހަކަ ނޫން ވަހާކައެއް ނެތް! އެރޭ އެބުނާ ޓީވީއަކުން އެނާ ފެނުނު މީހުންނަށް ފެންނާނެ އެނާހުންނެވި ޙާލު! އަޅެ ޤައުމީ ޓީވިން ދައްކާއިރު ނުއޮންނަނީތޯ އެއްވެސް މިންގަނޑެއް!

    67
    9
  3. ހުސޭނު

    ޖާބިރު ބުނިކަމަށް ތިޔަނޫހުގައި ވަނީ އިމްރާންކުރަންރަނގަޅީ މުދިމް ކަމޭ..ދެންކީއްވެ ބައެއްކަބަރުގެ އިމާމުކަމޭ ލިޔަނީ..

    39
    4
  4. ޙިބާނު

    ޖާބިރު ދައްކަވަނީ ކުރެވިދާނެ ކަންތައްތަކެއްގެ ވާހަކަ. ޢެއަކު ދީނާ ޚިލާފް އެއްވެސް ވާހަކައެއް ނެތް. ޖާބިރަކީ ވިޝަނަރީ ލީޑަރެއް. ޢެކަމާ ބަޔަކު ހަސަދަވެރި ވިޔަސް މައްސަލައެއް ނެތް. ދިވެހި ރާއްޖެ ތަރައްޤީ ކުރަން ބޭނުންވަނީ ޖާބިރުފަދަ ކުޅަދާނަ ޤާބިލް ދުރުވިސްނޭ ޝަޚުސިއްޔަތުން. ޙުވަފެން ނުދެކޭ ސިކުނޑިތަކަށް އެފަދަ ކަންކަން އެއީ ކުރެވިދާނެ ކަންކަން ކަމެއް ނުވިސްނޭނެ. ތި ޝޭޚުން ކަމުދާނީ ހަމައެކަނި މުދިންކަން ކުރަން. ސިކުނޑި ގަބުވެފަ ތިބޭ ޝަހުވާނީ އެދުމުން ފޯވެފައިވާ ހައްދު ފަހަނައަޅާފައި ތިބޭ ބައިގަނޑެއް. ޢިހަށް ޖަގިޔާ ދޮވެގެން ޖާބިރު ދައްކަވާ ވާހަކަ ފަހުމްވޭތޯ ބަލާ

    11
    32
    • އަލީ

      ތިބުނާހެން ހޮނޑައިދޫ ބީޗުގައި ބޮއެގެން އަމަލުވެފައިން އިރު ވަރަށް ވައްތަރު ވިޝަނަރީ ލީޑަރަކާ.

      29
      6
  5. ސުބޭދާރު

    ބަލަ ދީނީ މީހުންވެސް ބޭނުންވަނީތަ ޚަބަރުތަކަށް އަރައިގެން މަޝްހޫރުވާން؟؟؟؟
    މަމިހިރީ ހައިރާންވެގެން ބައިނާޅިކެވިފަޔެކޭ ބުނާކަށްވެސް ނެތިން. އެކަމަކުވާދޯ؟ ހައްޕަސް ވެސް ނުބުނާނަން!

    8
    12
  6. މާމޫން

    ޖާބިރޫ ކަލޭ ރަގަޅުވާނެ ލޮލީ ވިއްކަން.

    15
    10
  7. Anonymous

    އަނިލް އެކަންޏެއްނޫން މަވެސް ވަރަށް ފޫހިވާ ކަމެއް ތީ. ތަންކޮޅެއް ހަމަޖެހޭ ވާހަކަ ދައްކާ މީހެއް ގެނެސް ފަލަސުރުޚީއަށް އަރުވާދީބަލަ. ކަލާކޮއްޓަކާ ގޮވާފަ ބުނަން.

    18
    8
  8. އަބުދުލް ވާހިދު

    ޖާބިރު އެއް ގޮތަކަށް ވެސް ރައްޔިތުންގެ މަޖުލިހަށް ފިޓުވާ ފިޓުވާނެ ވެސް މީހެއް ނޫން މިކަލޭގެ ރަނގަޅުވާނީ ލޮލީ ވިއްކަން

    19
    6
  9. ކައްދާދި

    ޖާބިރު އެކަނިތޯ އަޅައިގަތީ މިކަހަލަ ޓީވީ ސްޓާރުން ނޫންތޯ ހިތައްއެރި ވާހަކައެއް ހިތައްއެރި ވަގުތަކު ކިޔަމުން އެ އުޅެނީ، ބުނާ ވާހަކަ އެއް ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ވެދާނެ މިހެންވީކަމަށް.

    17
    3
  10. ފާތުން

    މުދިމު ކަމަކީ ދެރަ ކަމެއް ނޫން. މާ މަތިވެރި ކަމެއް. ޖާބިރައްތަ އިނގެނީ މީހުން އުޅެން ޖެހޭ ވަޒީފާއެއް. ޖާބިރު ކަލޭ ދަގަ ކައްކާ ވަޒީފާއަށް

    20
    4
  11. މަލިކު މީހާ

    ޖާބިރު ވިދާޅުވިގޮތަށް މަލިކު ދިވެހިންނަށް ލިބެންޖެހޭ
    ޢެއީ ދިވެހިންގެރަށެއް. ޢެތާ ދިރިއުޅެނީ ދިވެހި ބަހުންވާހަކަދއައްކާ ދިވެހިބަހުން ލިޔެކިޔާ ދުވެހިންގެ ސަޤާފަތާ އާދަކާދަ ގެން ގުޅޭ ބައެއް.

  12. އެކަށި

    އަނިލް އަކީ ދީން ކިޔަވައިގެން އައިސް ހުރި މީހެއް.. އެކަމަކު ދީން ކިޔަވާކޮންމެ މީހަކައް "ދީނީ އިލްމުވެރިޔެކޭ" ބުނެވިގެން ނުވާނެ. މެނޭޖުމެންޓު ކިޔަވައިގެން އަންނަ ކޮންމެ މީހަކީ މެނޭޖުމެންޓު އިލްމުވެރިޔެކޭވެސް ނުކިޔޭނެ. އެއީ މެނޭޖުމެންޓު ދާއިރާގައި މަސައްކަތް ކުރުމައް ބޭނުންވާ އެންމެ ދަށުދަރަޖައަކީ އެދާއިރާއިން ނަތީ ތައުލީމު ހާސިލުކުރުމެވެ. ހަމަ އެގޮތައް ދީނީ ނަސޭހަތުގެ ދާއިރާގައި މަސައްކަތް ކުރުމައް ކަނޑައެޅެ އެންމެ ދައް މިންވަރަކީ އެ ދާއިރާއިން މަތީތައުލީމުގެ ސެޓްފިކެޓެއް އޮތުމެވެ. އެކަމަކު މިސެޓްފިކެޓް އޮތުމަކުން އެމީހަކީ އަދި ދީނީ އިލްމުވެރިޔެކޭ ނުބުނެވޭނެއެވެ. އެހެން ބުނެވޭނީ ވަކި ކިންޓުރިބިއުޝަންތަކެއް އެދާއިރާއިން ކޮއް އަދި ވަކި ފަންތީގެ މީހެއްގެ ގޮތުގައި އެދާއިރާގެ މަތީ ފަންތީގެ މީހުން އެމީހަކައް ދަރަޖަ ދިނީމައެވެ. އަދި މިގޮތައް މިކަން ނުހިފެހެއްޓޭނަމަ ދީންނުން މަތީތައުލީނުގެ ސެޓްފިކެޓުހޯދާލާއިރައް އެމީހަކީ ރަނގަޅު ހިކުމަތްތެރި އަދި މެޗުއާރ އަދި ލޯހުޅުވިފައި ނުވާ މީހަކު ކަމުގައި ވިޔަސް އެމީހަކައް އަސްލު ދީނީ އިލްމުވެރީންނައް ދޭންޖެހޭ މަގާމު ދެވިދާނެއެވެ.

  13. ހަންގަނޑު

    އަހަރެން ލަދުގަނޭ ބަޔެއް ޝޭހުން ބޮނަކުވާފެންބޮމުން ލޫޅާފަތި ކައިވެނި ހުއްދަ ހިކޭ އަންހެނުން އާއި އެކު އޮލަކޮއް އަތް ޖޯޑުކޮއް އެކަހެރިވާ މަންޒަރުފެނިފައި ތިބޭ ޝޭހުން ޓީވީ އާއި ނޫސްތަކުގައި ދީނީ ނަސޭހަތްދޭ މަންޒަރުބަލަންވެސް.

  14. ާއަހުމަދު

    ޙިބަާނު ގެ ވިސްނުން ވަރަށްގޯސް.
    ޝައިޚުންދެކެތިހާ ރުޅި އާދެވެނީ ޢީމާންކަން ބަލިކަށިވީމަ.