މީގެ އިރުކޮޅެއް ކުރިން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ބިނދިއްޖެއެވެ.

ފުލުހުން ވިދާޅުވީ، އަމީނީ މަގު އެވިޑް ކޮލެޖު ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންް އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓްވި އިރު އެކްސިޑެންޓްވި ސައިކަލުގައި ދެމީހުން ތިއްބެވެ. ސައިކަލް ދުއްވަން އިން މީހާ އަށް ބޮޑު އަނިޔާއެއް ލިބުނު ނަމަވެސް ސައިކަލްގެ ފަހަތުގައި އިން މީހާ ވަނީ ބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ވެފައެވެ.

ރޭ ފަތިހު ވެސް މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާވެފައި ވެއެވެ.

އަދި ރޭ މެންދަމު ލ.އަތޮޅު ގަމުގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އަންހެނަކަށް އަނިޔާ ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިލްޔާސް ސެއިހް

    ޕޮލިހުން ވަނީ ކުރިއެރުންތަކެއް ހޯދާފާ

    7
    3
  2. އަސްލު

    އަސްލު ވ އުދަގޫ މި އަނހެން ވެރިން ސައިކު ދުއްވާގޮތުން. މިހާރު މާލޭގެ މަގު މަތީގެ ހާލަތަށް ބަލާއިރު އެހާފަރިތަނޫން އންހެނުން ސައިކު ދުއްވުމަކީ އެހާ ރައްކާތެރި ކަމެއްނޫން. ސިގުނަލް ދީފަ ތަނެއް ދޮރެއް ބަލާވސް ނުލާ ހަމަ ގޯޅިވސް އލާލަނީ. ޕާކުލުރނަވެސް ހިފާލަނީ. ފަހަތުން އަންނަ ބަޔަކަށް ނޭގެ ހަދާ ނަހަގާ އެއްޗެއް. ކަނައއތަށް އަޅަން އަންނަ ގޯޅިއެއްގެ ހަމަ ހެސް ކިޔާފަ ވައަތުން އައިސް އޫވާޓޭކު ކޮށްލާފަ އެ އަޅާލަނީ. މި މިހާރު ވ ބޮޑުވެއްޖެކަމެއް. ހިތަށް އަރާ ދުއްވަން ދަސްކޮށްދޭމީހުން ކިޔާނުދެނީބާއޭ އެވަރުވެސް.

    26
    5
  3. ކޮރަލް

    ކުރިއަށް އޮތަނުގަ މާލޭގެ މަގުތަކަށް ސައިކަލުގަ ތިރީސް ހާސް އަންހެނުން ނިކުންނާނެ ކަމަށް ބެލެވެއެވެ.

    16
    1
  4. ލީނާ

    މިހާރު މާލޭގަވެސް ހެލްމެޓް އަޅަން މަޖުބޫރު ކުރަންވީ

    11
    3
  5. އަހްމަދު

    އަނެއްކާވެސް މޫސުމް ފެށުނީ.

    6
    1
  6. ކަކުނި

    ދެން ގަވާއިދު ހަދާނީ ކަށިމަތި ނާޅާ ސައިކަލް ނުދުއްވޭ ގޮތަށް