ތައިލޭންޑަށް ދާ ދިވެހިންނަށް 30 ދުވަހަށް ވިސާއާއި ނުލައި އެތެރެވެވޭ ގޮތަށް ތައިލެންޑް ސަރުކާރުން ހަމަޖައްސާދީ މިއަދުން ފެށިގެން އެއަށް އަމަލު ކުރަން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، މިއަދުން ފެށިގެން މި ވިސާ ޕޮލިސީއަށް ތައިލެންޑް ސަރުކާރުން އަމަލުކުރަން ފަށާފައިވާކަމަށެވެ. އަދި މިއީ ދިވެހިންނަށް ލުއިފަސޭހަކޮށް އެކިޤައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން ތައިލެންޑާއިއެކު ކުރެވުނު މަޝްވަރާތަކާއި ގުޅިގެން ކުރެވުނު މަސައްކަތެއް ކަަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތައިލެންޑަކީ ޗުއްޓީގެ އިތުރުން ބޭސްފަރުވާއާއި ވިޔަފާރީގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރާ އެއް ގައުމެވެ.

ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް މީގެ ކުރިން ދެމުން ގެންދިޔައީ އޮން އެރައިވަލް ވިސާއެވެ.