ސިފައިން ތިބީ ސަރުކާރު ދަމަހައްޓަން ތައްޔާރުވެގެން ކަމަށާއި ސަރުކާރާ ދެކޮޅު ވިސްނުންތަކެއް ސިފައިންގެ ތެރޭގަ ނެތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް މީޑިއާ މެދުވެރިކޮށް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރާ ދެކޮޅު ވިސްނުންތަކެއް ސިފައިންގެ ތެރޭގައި ނެތް ކަމަށާއި ސިފައިން ތިބީ ސަރުކާރު ދަމަހައްޓަން ސާބިތު ކަމާ އެކު ކަމަށެވެ.

" ސިފައިން ވެސް ތިބީ ސަރުކާރު ދަމަހައްޓަން ތައްޔާރުވެގެން, އެއްވެސް ބޭފުޅެއްގެ މޫނު މައްޗަކުން އަޅުގަނޑުމެންނަކަށް މާޔޫސްކަމެއް ނުފެނޭ. ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ގައުމީ ޖޯޝުގައި." މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ ފެބްރުއަރީ 1 ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެން އެރޭ މާލޭގައި ކަމެއް ހިނގާފާނެ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ކަންކަން ހައްލު ކުރަން އަސްކަރިއްޔާ އިން ދިޔައީ ވަގުތުން ފިޔަވަޅުތައް އަޅަމުން ކަމަށެވެ.

ގިނަ ސިފައިންތަކެއް ބަންދު ކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެމްއެންޑީއެފުން އެކަން ދޮގުކުރެ އެވެ. ދާދި ފަހުން ކުރީގެ ރައީސް ނަޝީދު ވެސް ވަނީ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހައްޔަރު ކުރި ކަމަށް ވެސް ވިދާޅުވެފައެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކުރި ސިފައިންގެ ތިން މީހަކު މި މަހު ހައްޔަރުކޮށް އެ މީހުން ވަނީ ސިފައިންގެ ވަޒީފާ އިން ވަކިކޮށްފަ އެވެ. އޭގެ އިތުރުން ބައެއް ސިފައިންގެ ފޯނު ވެސް އަތުލާފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކުރީގެ ބޮޑީގާޑު އަހުމަދު ޝާނީޒްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކަށް މަސައްކަތް ކުރެއްވި ސިމާދު އަހުމަދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ސިމާދާއި ޝާނީޒް އަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރައްވާ ދެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރުހޮވާ

    މައުމޫނު 7 ގަޑިއިރަށް ކޯޓްގައި އިނީމާ އެއީ އިންސާނިއްޔަތާއި ޚިލާފު އަމަލަކަށް ވާން ޖެހޭނެ ކަމަށް ރާއްޖޭގެ ކޮން ގާނޫނެއްގައި ތޯ ބަޔާން ކޮށްފައި އޮތީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ބުނެދެގަ މަމެންނަށް. ނޯންނާނެއޭ އިނގޭތޭ. ދެން ކޯއްޗެކޭ ކިޔަންތޭ ރަނޑު އަނގަ ނުތަޅާ މިއޮށް ރޯނު ބޮނޑި ވަރު ހިފައިގެން ތަމެން ދަގަ ވަލަށް ދަރުހޮވަން. ދަގަ ދަގަ ދަގަ ދަރުހޮވަން. ދަރުހޮވާދޯ.

  2. ޖޮއްބެ

    ސިފައިންނާ ފުލުހުންގެ ތެރެއިން ވެސް ބައެއްގެ ބޮލަށް ޗިޕްޖެހޭތޯ ބާޣީ ނަޝީދު އުަލުނެވެ. އެކަމަކު އެކަން ނުވީއެވެ. އެހެންތާ ވާނީ ކެރަފާ ނަޝީދުގެ ވެރިކަމުގެ ތިން އަހަރަކީ ސިފައިންނާ ފުލުހުންނަށް އެންމެ ނިކަމެތި ޙާލުޖައްސާ އެ ދެ މުވައްސަސާގެ އަގުވައްޓާލެވުނު ތިން އަހަރެވެ. އެއިރު އެމީހުންނެކޭ ލޭބަރު ފޯހެކޭ އެއްގޮތެވެ. މަގުމަގުގައި ކޯރު ކޮނުވައި މަގުހައްދައި ރައްރަށުގެ ގޭގޭގެ މަގުފާރު ރާނުވައި ހެއްދީ އެމީހުން ލައްވައެވެ. ސާކު ސަމިޓަށް އައްޑޫގައި އެ ކުރެވުނު ހުރިހާ މަސައްކަތެއްވެސް ކުރުވީ އެމީހުން ލައްވައެވެ. އަދި އޭގެ އަގުވެސް ދައުލަތުން ނަގައިގެން ރީނދޫ ބައިގަނޑު އެވެސް ކާލިއެވެ.