2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކުޑަތަންވެގެން އައިއިރު ދިވެހިންގެ ތެރޭގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ އަކީ މަހާޖައްރާފުގެ ވާހަކައެވެ. ރިޔާސީ ރޭހުގައި ވާދަކުރެއްވި، ރައީސް ޢަބްދުﷲ ޔާމީން، އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުންކުރި އެންމެ ބޮޑު ހަތިޔާރަކީވެސް އެއީއެވެ.

މަހާޖައްރާފު ބަނީ، ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ. އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެ އެވެ. މިއީ ބިން ހިއްކުމަށް ބޭނުން ކުރާ އެންމެ ޒަމާނީ އުޅަނދުތަކުގެ ވެސް ސްޕެސިފިކޭޝަން އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީގެ އަތުގައި މިވަގުތު އޮތް އެންމެ ބޮޑު އެސެޓަކީވެސް ޒަމާނީ ކޮންނަ ބޯޓް މަހާޖައްރާފެވެ. އެ އުޅަނދު އެމްޓީސީސީގެ މިލްކިއްޔާތަށް ގެންނަން 36 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެ ކުންފުނިން ވަނީ ޚަރަދުކޮށްފައެވެ. އަދި އެ ބުރަ ނޫފުލިގެން އިތުރު ފައިސާ ހޯދަން ކުންފުނިން ނުއަގުގައި ހިއްސާވެސް ވިއްކަން ޖެހުނެވެ. އެކިފަހަރަށް ދިގު ދަންމަމުން ގޮސް މަހާ ޖައްރާފު، ރާއްޖެ އައީ 2018 އަހަރުގެ އޮކްޓޯބަރު މަސް ތެރޭގަ އެވެ. މަހާޖައްރާފު ރާއްޖެ އައިއިރު، ހިނގި ބޮޑެތި ހަރަދުތަކާއެކު އެ މުއާމަލާތާ މެދު ބޮޑެތި ތުހުމަތުތައް އޭރު ކުރެވުނެވެ.

ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ރައްޔިތުންނަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދޭން އެކި ކަންކޮޅުތަކަށް އެއްވެސް ވަރުބަލިކަމެއް ނެތި އެ އުޅަނދުވަނީ ދަތުރުކޮށްފައެވެ. އެގޮތުން އޭރު އެންމެ ބާރަށް ދެކެވުނު އައިހެވަންގެ މަޝްރޫއާއި، ކުޅުދުއްފުށި އެއަރޕޯޓުގެ މަޝްރޫއާއި ފުނަދޫ އެެއަރޕޯޓުގައި ހަޤީޤީ ކުލަ ޖައްސައިދިން އުޅަނދަކީ މަހާޖައްރާފެވެ. ހއ. ހޯރަފުށީ ކައިރީ އޮންނަ މާފިނޮޅު އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމަށްވެސް ބޭނުންކުރި އުޅަނދަކީ މަހާޖައްރާފެވެ.

މި ހުރިހާ ޕްރޮޖެކްޓް ތަކަކީވެސް ރައީސް ޔާމީން ރައްޔިތުންނަށްވެފައި ހުރި ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓްތަކެއް ކަމަށްވާތީ އެއްވެސް މަޑުޖެހުމެއް ނެތި ބާރު ސްޕީޑުގައި މި ހުރިހާ ކަމެއްވެސް ދިޔައީ ހިނގަމުންނެވެ.

2018 ވަނަ އަހަރު ނިމި، ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، ސަރުކާރުގެ ހިންގުމާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމާއި ހަވާލުވެއްޖެ އެވެ. ވެރިކަމަށް ފަސް މަހަށްވުރެ ގިނަ ވެފައިވާއިރު، މަހާޖައްރާފުގެ އެއްވެސް ޚަބަރެއް އަޑެއް ނީވެއެވެ. މަހާޖައްރާފު ވީ ހިސާބެއްވެސް ނޭނގެއެވެ.

މިކަމުގެ ސަބަބަށް ވިސްނާލާއިރު، މަހާޖައްރާފުގެ ބޭނުން ހިފަންޖެހޭ އެއްވެސްކަމެއް އަދި މި ވީހާތަނަށް ކުރިއަށް ގެންގޮސްފައެއް ނެތެވެ. އެއްވެސް ފަޅެއް، އެއްވެސް ބިމެއް ހިއްކާފައެއް ނެތެެވެ. ކުރަން ރާވާފައި އޮތް އެއްވެސް ޕްރޮޖެކްޓެއްގެ ޚަބަރުވެސް އިވިފައެއް ނެތެވެ.

ހަޤީޤަތުގައިވެސް ރައީސް ޔާމީންގެ ތަރައްޤީގެ ބިޔަ ޕްރޮޖެކްޓްތައް ދިވެހިން މިސް ވާން ފަށައިފިއެވެ. ޚާއްޞަކޮށް މަހާޖައްރާފު މަތިން ދިވެހިން ވަރަށް މިސްވެއްޖެ އެވެ. މަހާޖައްރާފު ވީ ހިސާބެއް ދިވެހިން ބަލަން ބޭނުންވެއްޖެ އެވެ. މަހާޖައްރާފުން ކުރަންހުރި ކަންކަން ބައިވަރެވެ. ކޮންމެ ޕްރޮޖެކްޓެއްވެސް ވަނީ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައެވެ. މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ކޮންނަބޯޓު ވީ ހިސާބެއް ނޭނގި އެތަށް ބަޔަކު ކަންބޮޑުވެއްޖެ އެވެ. ހަމަ ހަޤީޤަތުގައިވެސް މަހާޖައްރާފު މަތިން ދިވެހިން ވަރަށް މިސް ވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ަސަރޭ ހޯރަފުށި

    ހޯރަފުށީ އެއާޕޯޓް އަޅާ ސަރަހައްދު ހިއްކަން މިއަދު މަހާޖައްރާފު މިރަށަށް އައިސްފި، އެނގިފައިވާގޮތުން އޭތި އައީ ފ އަތޮޅުގެ ރަށެއްގެ ބިން ހިއްކާފަ. މި ސަރުކާރަކީ ދެއްކުންތެރި ސަރުކާރެއް ނޫންވީމަ ވެލިމުށެއް ތަނަކަށް އަޅާއިރަށް އެވާހަލަ ނުގޮވަނީ

    18
    29
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      އެއްގޮތަކަށްވެސް ދެއްކުންތެރި ސަރިކާރެއްނޫން ކިނބޫ ސަރުކާރަކީ. ތަނެއްގަ ފޯނު ލައިނެއް އެޅިޔަސް އެއޮތީ ބޮޑުހަބަރަކަށްވެ ނެޓްވޯކް ވިއުގަ ގާއިމްކޮށްފަ. ތަނެއްގަ ފެންއިސްކުރެއް ބެހެއްޓިޔަސް ރައްޔިތުންނަށް ސާފުބޯފެން ފޯރުކޮށްދިނުމަށް ބޮޑު ޕްރޮޖެކްޓެއް ނިމިފަ. އެއްގޮތަކަށްވެސް ދެއްކުންތެރިއެއްނޫން. ހަބަރުތައް ކިޔާ އޭގެ ހަގީގަތް ބަލާމީހުނަށް ކަންކަން އެނގޭނީ.

      12
      4
  2. ކާފަބޭ2019

    އިބޫގެސަރުކާރަށް 100 ދުވަސްފުރުނީމަ މަސައްކަތްކުރަންފަށަން ރާވަންފަށާނެއެވެ. 5 އަހަރުހަމަވާންވާއިރަށް މީހުންއާޝޯޚުވާހާގިނަ މަސައްކަތްކުރަންފަށާނެއެވެ. ދެންއަތްޖަހަންތިބޭށެވެ.

    9
    15
  3. ލިލިއަން

    ވ މިސްވޭ?

    12
    6
  4. އޖޑ 19

    މިހާރު މިކުރާ ގޮތަށް ވެރިކަންކުރި 2012 ފެބުރުވަރީ 7 ގައި ވެއްޓި ބުރިޔަށް ދަތް ވަން ބުޅައްބެ ވެސް... ފޮނިކެނޑުމާ އިންޑިޔާގެ ފައިފުހި ކަންކުރެވުނީ

    12
    6
  5. ނޢޢވ

    އެހެންވެ ދޯ ރައްޔިތުން ނިމިދިޔަ ވޯޓުގައި ޔާމީނާއި އޭނާގެ ޕާޓީ ޗޮކުން ފޮނުވާލި. ހަމަ ހިނި ގެޅެނީ.

    8
    12
    • ދދދދދދ

      ގިނަ ބަޔަކު ލާދީނީ ވެފަ ތިބިވަރު ފެނި ކަލޭ ހަމަ ހިނި ގޅނ ދޯ. ކަލޭ ކަހަލަ މީހުންނަށް ތިހެން ވާނެ.

      6
      3
  6. ޕާޓޭ ގެ ޑެޑީ

    އޭ ބިޓެއްތަ އޭގެމަތިން މިސްވާން؟؟ އެއީ ދެން ބިޓެކޯ ދެން އެމަންޖެ މަތިން މިސްވީޔޯ ދެން މަންޖެ ކޮބާތޯބަލާލަން ހޯދީޔޯ.. ދެން ހޯދިއިރު އެމަންޖެ ގެ ކިޑްނީޔެއް ފެއިލްވެގެން ކިޑްނީ ބަދަލުކުރަން ވީ ރާއްޖެއިން ބޭރޔގަޔޯ!! ހުރި ހިތާމައެއްގެ ބޮޑުކަމާ އެމަންޖެޔައް އަވަސް ޝިފާޔަކައް އެދެން... އާމީން

    6
    7
  7. މަގޮލާ

    މަހާ މިހާރު އޮތީ ހޯރަފުށީ ބަދަރު ކޮށްފައި. ހޯރަފުށީ އެއާރޕޯޓުގެ މަސައްކަތް ކުރުމަށް.
    ޝުކުރިއްޔާ އިބޫ ޟޯލިޙު

    9
    10
  8. އ. ޖ. އ

    ރައީސް އަބްދުﷲ ޔާމީން މަތިން ހަނދާން ނުވޭތަ ؟
    ކުރިހާ އަނިޔާ ހަނދާން ނުވޭތަ ؟

    7
    16
  9. ޣުހާ

    ހަހަހަ. ވަގުތު މީހުން އެކަނި ތިމިސްވަނީ.

    6
    10
  10. :/

    އެއީ މަގޭ ބިޓުތަ މިސްވާން؟

    3
    6
  11. ބަލަ

    ޔާމީނު ވިއްކިފަޅުތަށް ކޮންނަނީ
    މައިތިރި ވެބަލަ

    3
    6
  12. ...

    ދެން ތިވާހަކަ ދައްކާނެކަމެއް ނެތް. ރޔ އަޅައިދިން ފުލެޓުތައް ކަމުނުގޮސްގެން ތަޅާލަން ބުނި ބަޔަކު ތި ޒަރާފާ ބެޭނުންކުރަަާނެތަ؟ ނުކުރާނެ. މިހާރު ނެޭނގެ ވިއްކާނުލާކަމެއްވެސް. ޢިބޫމެން ޖޭ ވަނީ ވަކި ވަރަކަށް ނޫންވިއްޔާ.

    14
    4
  13. މަހާރާޖާ

    މަހާޖައްރާފުގެ ހުރިހާކަމެއް ކުރިންވެސް މިހާރުވެސް ދަނީ ދެމިގެންވާ ކަރަޕްޟަނެއްގެތެރެއިން އެގޭނެކަރަޕްޟަނަކީ ނުފޫޒުގަދަ މީހުން އަޑީގައިތިބެގެން ވަރައްރާވައިގެން ހިންގާކަންތައްތަކެއް އެހެންވީމާ އަތުލައިގަނެވޭނީވެސް އެހާ ނުފޫޒުހުރިބަޔަކައް

    5
    4
  14. އަސްލުހާލަތު

    މަހާޖައްރާފު ހުރާގެ ބިންހިއްކާ ނިންމާފަ އޮތީ ހޯރަފުށި އެއަރޕޯޓު ބިންކިއްކަން އެރަށުގަ.. ރިޔާސީ އިންތިހާބުގެ ވޯޓަށްވެގެން އެރަށަށް ކުރިން ގެންދިޔަ ލޮލުގަ އަނދުން އަޅުވަން ވޯޓުލާ ނިމުނުތަނާ ޖައްރާފު ގެނެސްފި. މިސަރުކާރުން އެ ރައްޔިތުންނަށް އެކަންވެސް އެކޮށްދެނީ..މަހާޖައްރާފަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ކަޓު ނަގައިގެން ހަދާފަ އޮތް އުޅަނދެއް އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫން

    6
    7
  15. އީސަ

    ފަހައް ނުވިސްނޭ ދިވެހިން މޮޑަން ދިވެހިން ބޯންއުޅުނު ބޮނޑި ތިއޮތީ ބޮއިފަ ދެން ތިބޭ އެޅިހާބަތަކަޢް ރިހަ ކިޔައިގެން މި ގައުމުގެ ދުވަސް މިދަނީ އަޑެއް އުފުލާލަން ކެރޭނެ އެއްވެސް މުއައްސަސާއެއް ނެތް.

    8
    4
  16. ޑުބޮރުކި

    ހޯރަފުއްޓަ ގޮއްސިއޭ ކިޔާއަޑުއެހިން.

    7
    4
  17. ހުސޭނުބޭ

    ދެރަނުވޭ! ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތިވެސް ބާ ދަގަނޑުގެ ގޮތުގައި އިންޑިޔާއަށް ކިލޯކިރައި ވިއްކާލާނެ! އިސްލާމީ މަރުކަޒުގެ ތަށިމުށިތައް ތަޅާލިފަދައިން!

    8
    3
  18. ނާޒިމާ

    ގިނަ ދިވެހިން ބޭނުންވަނީ ޔާމީނު ސިޔާސީ ކަންކަމުން އެއްފަރާތަށް ޖެހިލަން. މައުމޫނާ އަންނިއާ ގާސިމާ އަލްހާނު ވެސް.
    ޔާމީނުގެ އެހުންނަ ބޮޑާކަމާ ކިބުރުވެރި ކަމެއްވެސ

    4
    7
  19. ނާޒިމާ

    ގިނަ ދިވެހިން ބޭނުންވަނީ ޔާމީނު ސިޔާސީ ކަންކަމުން އެއްފަރާތަށް ޖެހިލަން. މައުމޫނާ އަންނިއާ ގާސިމާ އަލްހާނު ވެސް.
    ޔާމީނުގެ އެހުންނަ ބޮޑާކަމާ ކިބުރުވެރި ކަމެއްވެސް ދޯ؟ މީހަކު ހޭދެބައިވެދާނެ

    3
    5
  20. ބޮންދު

    މި ވެރިކަން ބަޔަކު ގެނައީ ކޮންމެހެން ކަންތައްތަކެއް ގޯސް ވެގެން ނޫނެވެ. އަނިޔާވެރިކަމާއި، ނާއިންސާފާއި ވައްކަމުގެ ޓެގު ގައުމު ދޫކޮށް ފަރަންޖީ ވިލާތުތަކުގައި ތިބި ބަޔަކު ރައީސްގެ އިސްތަށިފުޅުގައި އަޅުވައި އެއްކަލަ ދެބޯގެރި ދިވެހިން ބޭނުންކޮށްގެން މި ކުޅިގަނޑު ކުޅެލީއެވެ. ރ. ޔާމީންގެ 5 އަހަރު ދައުރުގެ ފުރަތަމަ 5 މަސް ދުވަހާ މި ހިނގާ ސަރުކާރުގެ 5 މަސްދުވަހު ހިންގި މަޝްރޫއުތައް މިނެ ކިރާލުމުން ގައުމަށް ހެޔޮ އެދޭ މީހުން ހާމަވެގެންދާނެއެވެ. އޭރުގަ ޖަލަށް ލާފަ ތިބީ ގޭގަ މަޑުން ތިބެގެން ތަސްބީހަ ކިޔަންތިބި ބައެއް ނޫނެވެ. ސަރުކާރު ދެމެހެއްޓެން އަަދި ރައްޔިތުންނަށް ތަރައްގީ ގެނެވެން އެ ނޫން ގޮތެއް ހަމަ ނެތީއެވެ. ވެރިކަމާއި، މުދަލާއި ފައިސާއަކީ ހުރި އެއްޗެއްކަން އެވެރިންނަށް އެނގުމުން ގައުމަކަށް ބެލުމެއްނެތި ފަރަންޖީންނާ، ރޭޕިސްތާން ގުޅިގެން ވެރިކަން ހަމަ ނިގުޅައިގަތީއެވެ. ހައްދުން ބޭރުވެ ވޯޓުވެސް ވަގުކުރީއެވެ. މިހާރު ސަރުކާރެއް ހިނގާހެންވެސް ހީނުވެއެވެ. ފެންނަނީ 2 ވެރިޔަކު ވެގެން ގައުމު ހިންގާ ތަނެވެ. އެއްވެސް ރަށެއްގައި ތަރައްގީގެ މަޝްރޫއެއްގެ ކުލަވަރެއްވެސް ދައްކާނުލެވެއެވެ. ފަހަރެއްގަ ރ ޔާމީން ފައްޓާފަ ހުރި ޕްރޮޖެކްޓްތައް ގިނަކަމުން މި ވެރިންނަށް އަދި ޕްރޮޖެކްޓަކާ ދެވޭ ހިސާބުގަ ނެތީކަން ނޭގެއެވެ. ކޮންމެ ގޮތެއްވިޔަސް ދިވެހީން ބޯން އުޅުނު އެތިފަހަރު މި އޮތީ ބޮވިފައެވެ. ދެން މި ރާއްޖެޔަކު ނެތް އަޅަންޖެހޭ ބުރިޖެއް. އަޅަންޖެހޭ އިތުރު ހޮސްޕިޓަލެއް. އަޅަންޖެހޭ މިސްކިތެއް. އަޅަންޖެހޭ ރަންވޭއެއް. ދެން ފޮލޯކުރުން އޮތީ 1900 ވަނަ ގަރުނުގަ އޮތް ޖަޒީރާ ކޮންސެޕްޓް. ކިތަންމެ ވައްކަމެއް ކުރިޔަސް ރައްޔިތުންނަށް ކަންތައް ކޮށްދެވެންޏާ އޯކޭ. ތިބުނާވަރަށް ވައްކަންކުރިނަމަ މި ވަރުގެ ތަރައްގީގެ ޕްރޮޖެކްޓުތައް ނުހިންގޭނެ. ވައްކަން ނުކުރާ ސަރުކާރެއް ނެތް. ދައުލަތުގެ ޚަރަދުގަ މިނިސްޓަރުންގެ ފޯނު ބިލްތައްވެސް ދެއްކި. އެކްޓިވިސްޓުންނަށް ފަޅު ރަށްތަކާއި ބޭނުންވަރަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުވެސްކުރި. ގާތް ރައްޓެހިންނަށް ބިޔަ ބޮޑެތި ޕްރޮޖެކްޓްވެސް ދިން. މިވެސް ވައްކަން ނޫންތޯ؟ މި ސަރުކާރުގަވެސް ވައްކަން. އިހަކަށްދުވަހު ރައީސް ޕޯޑިއަމަކަށް އަރާ ވިދާޅުވި ބޭރުން ލިބުނު އެހީތަކަށް ވީ ނުވީއެއް ނޭގި ގެއްލުނު ވާހަކަ. މިއަށް ކިޔަންވީ ތެދުވެރިކަންތޯ؟ ކޮންމެއަކަސް ދިވެހިންގެ ހަމްދަރްދީގެ ބޭނުންހިފައި ބަޔަކު ހަމަ ދިދަ ޖަހާ މެދު އުޑަށް އަރައިފި. ތަރައްގީ ޢަރަގުކޮށް އަޅުވެތިކަމުގެ މަޅީގަ ދިވެހިން ރަގަޅަށްވެސް ޖައްސުވައިފި. އަޅުގަނޑުމެން ތިބޭނީ ކުޅިބަލަން. ކިހާ ވަރަކުންވެސް ދާނެބާ!

    11
    6
  21. ދިސްއިޒްއިޓް

    މަހާ ޖައްރާފު އެމެން ވަނީ އިންޑިއާ އާލާތުންނަށް ވިއްކާ ކަޓް ކާލާފައި މަޖްލީސް އިންތިޚާބަށް އެންމެ 5 މިލިއަން ޑޮލަރަށް މަހާ ޖައްރާފެއް މިހާރަކު މިރާއްޖޭގައި ނެތޭ އެހޯދަން ވެސް އުޅޭނެ ކަމެއް ނެތޭ އެވަނީ ވިއްކާލާ ހިންނަވަރު އިބްރާހިމް މަޖްލީސް އިންތިޚާބު ކާމިޔާބު ކޮށް ފައޭ އެއީ އޭ އެމެން ކުރި ކަމަކީ..

    5
    2
  22. ޢަލީ ނާޞިރު

    ސަރުކާރު އަދި އޮތީ ދެފެންދޭތެރޭ! އަޑިއަށް ގޮސް ހަމަޖެހިލީމާ ކުޅިވަރު ފެންނާނެ! ބަލަންތިބޭ! މިބުނީ ލައްކަ ވާހަކަ!

    7
    3
  23. އަޒާ

    އިންޑިއާގެ ކުނުފުންޏަކަށް ވިއްކާލީނޫންބާ..؟؟؟

    5
    3
  24. ބުރުމާސްޕޭސްމޭން

    ނުވޭ މިސް އެއް. މޮޅު އެއްޗެއް ހިތުން ލިޔެލީ ދޯ.

    3
    8
  25. ޓިނު

    ތިއީ ވައްކަމާ ޖައްރާފް

    5
    31
  26. މަހާޖައްބާރު

    ޙަމަމިސްވަނީއޭ. ކޮބާތަމަގޭ ދަރިފުޅާ، ކޮބާތަމަގޭ މަހާޖަނަވާރު.
    ޢެކަމުހެޔޮނުވާނެ ބުނެލަދީބަލަ، މިލިޔުނު ކަލޭގެއަށް ދިވެހިން ޖައްފާރު މިސްވާކަން އެނގުނީ ކިހިނެއްތޯ؟ ސަރވޭއެއް ހެދީތޯ؟ ދޮރުނެދޮރަށް ބޯކޮއްޕީތޯ؟ ޥަރަށް އިގިލަންބޭނުން.....

    2
    5
  27. ޥަގުތު ސަކް

    ކާކުތަ މަހާ ޖައްރާފާ މަތިން ހަނދާން ވެގެން އުޅެނީ؟؟

    2
    6
  28. ކެޔޮޅު

    މިސަރުކާތުން އައްޑޫގަހިންގާ ހިންގާ އެއްމެބިޔަ ފުރަތަމަ މަސްރޫއަކީ ބޮޑުދިދައެއްނެގުން ދެންކޮން މަހާޖައްރާފެއްބޭނުންވާނީ؟

    7
    1
  29. ކަޓްކާ

    ހިންނަވަރޭ އައީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ނޫން އެޅާ އައީ ކަޓްކާން އެކަން އެބަކުރޭ އެޅާގެ އެކެބަނޑެ ބެއްޔާ މެންގެ އެކައުންޓަށް 200 މިލިއަން ޑޮލަރު ކަހާލައިގެން...

    3
    2
  30. ކެޔޮޅު

    ރައްޔިތުން ވޯޱެއްނުދޭ ވޯޱުން ވައްކަންކުރަނީ އެކިފަހަރު އެކިގޮތައް ސަރީފު ޑޮލަރުން ފެންވަރުވައިގެން އައްޗީޑި ލަދުވެސް ނުގަނޭދޯ އަވާހަކަދައްކަން މިސަރުކާރުން އައްޑޫގަ އެފަށާ ބޮޑުބިޔަމަސްރޫއުދެކިބަލަ ބޮޑުދިދައެއްނެގުބް ގުއިރޯުނުދަމާބަލަ!!

    4
    1
  31. ކިނބޫ

    ރީނދޫ ބާގައި މީހުން ވަގުތު ނޫސް ހާދަ ފަރުވާތެރިކަމާއެކު ކިޔައޭ. އެންމެ އަވަހަށް އެންމެ ތެދު ޚަބަރު ގެނެސްދެނީ ވަގުތު ކަން އެމީހުންނަށްވެސް އެނގޭ ވިއްޔަ. އެކަމަކު ތިބެނީ ނުކިޔާ ކަމަށް ހެދިގެން.

    5
    1
  32. ޠްރީ

    މިސްވާ ވަރުން ނުނިދޭ

    1
    2
  33. ނުރަބޯ

    ވަރަށް މިސްވޭ. ރައީސް ޔާމީންގެ ހަލުވި ތަރައްގީގެ ރަން ޒަމާނުގައި އަތޮޅުތެރޭގެ ތަރައްގީއަށް މުހިއްމު ބޭނުންތަކެއް ކުރެވުނު ދައުލަތުގެ އެސެޓެއް މަހާ ޖައްރާފަކީ.

    4
    1
  34. މޮޔަ

    ކަލޯ އެއީ 2017 ވަނަ އަހަރު ގެނައި އެއްޗެއް.
    ކުޅުދުއްފުށީ އެއާޕޯޓަށް ބިން ހިއްކަން