ސައިކަލުގެ އެކްސިޑެންޓްތައް އަންނަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ. ހާއްސަކޮށް މާލެ ހުޅުމާލެ ސަރަހައްދުގައި އެކްސިޑެންޓްތަކުގެ އަދަދު ވަނީ ހައްދު ފަހަނައަޅާ ވަރަށް ގިނަވެފައެވެ. އެކަން ހުއްޓުވުމަށް، އެތަކެއް ހޭލުންތެރި ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ. ގަވާއިދުތަކަށް އިސްލާހު ގެނެސް، ހެލްމެޓް އެޅުން މަޖުބޫރު ކުރީވެސް އެކްސިޑެންޓްތަކުގެ އަދަދު މަދުކޮށް، އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށެވެ.
އެހުރިހާ ބަދަލަކާއެކުވެސް ކިޔަމުން އައީ އެއް ވާހަކައެކެވެ. އެކްސިޑެންޓްތަކަށް އޮތް ހައްލަކީ ފަރުދީ ޒިންމާ ކަމަށް ދެކެވޭ ވާހަކައެވެ. ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ނުފަރިތަ ކަމަށް ބަލަން ޖެހޭ ކަމުގެ ވާހަކައެވެ. އެއީ އެކަން އޮތްވެސް ގޮތެވެ. އެކްސިޑެންޓްތަކުން ސަލާމަތް ހޯދުމަށް އޮތް އެންމެ މުހިއްމު ކަމަކީ، މަގުމައްޗަކީ ޗަރުކޭހުގެ ތަނަކަށް ނުހެދުމެވެ. ފިލްމް ފިލްމާ، ވީޑިއޯ ލަވަތަކުން ދައްކާ މޮޅެތި ސްޓަންޓުތައް އެތަކެއް ކުދިންނަކާއި އަންހެނުންނެއްވެސް ހިނގާބިނގާވެ އުޅޭ މަގުތަކުގައި ނުޖެއްސުމެވެ.
https://www.facebook.com/MaldivesViralVideos/videos/2319472998104364/?sfns=mo
މިއަދު މީސް މީޑިއާގައި ވައިރަލްވި ޕޯސްޓެކެވެ. އަންހެނަކާ ފިރިހެނަކު ދުއްވަމުން ދިޔަ ސައިކަލުގެ ކުރީގައި އިން އަންހެން މީހާ، ސައިކަލު ދުއްވަ ދުއްވާ އިންދާ ފަހަތަށް ބަދަލުވާތަން ވީޑިއޯގައި ފެނެއެވެ. އެހެން މީހުންގެ މަސްލަހަތަކަށް ބެލުމެއް ނެތި، އެ ކުޅެލަނީ ސީދާ ފިލްމެއްގެ މަންޒަރެވެ.
ސްޓަންޓް ހެދި މީހަކީ ވަރަށް ފަރިތަ މީހަކަށް ވެދާނެއެވެ. ދާދިފަހުން ކުއްޖެއް ވަށިގަނޑަށް ލައިގެންވެސް މީހަކު ދިޔައެވެ. އެހެން ނަމަވެސް، އެ ހުރިހާ ކަމަކުންވެސް އަނެކާއަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ވިސްނާލަން ޖެހެއެވެ. މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަދަ "ފިލްމީ" ކަންކަން މަގުތަކުން ބޭރު ކުރަން ޖެހެއެވެ. މި ދުއްވަނީ ޝޫޓިންއެއްގައެއް ނޫނެވެ. އެތަކެއް ބައެއް ބޭނުން ކުރަމުންދާ ބަންޑާރަ މަގެއްގައެވެ. ހަނދާނުން ފޮހެ ނުލާށެވެ. ތީކީ މޮޅުވުމެއް ނޫނެވެ.
ދެމީހުންވެސް ހައްޔަރުކުރުމައްގޮވާލަން
މީ އަދި އެމް އެން ޑީ އެފް ގައި އުޅޭ ސޮރެކޭ ފޮނި ތަޅުވަނީ މި
މި ކަހަލަ ޒުވާނުން ރާއްޖޭގެ ދިފާއީ ބާރަކަށް ބޭނުމެއް ނޫން
މީ މުޖުތަމަޢުގެ ހަލާކު
ލަނޑަޔާވާނީ ލަނޑަޔާ. ލަދުން ބޯހަލާކު މި 20 ވަނަ ގަރުނުގަ މި އުޅޭ ކުދިން އުޅޭވައްތަރުން... ފިލްމްތަކަކީ ބަޔަކު މީހުން ކާން ބޯން ކުރާ މަސައްކަތެއް. އެތަކެއް ސަލާމަތީ ފިޔަވަޅުތަކެއް އަޅައިގެން ކުރާކަމެއް. ކާރު ބާރު ބޮޑު ބޮޑެތިމަގުތަކުގައި އެމީހުންވެސް އެކަމެއްނުކުރޭ. އެމީހުންވެސް އެކަންކުރަނީ އެކަން ކުރަން އެމީހުން ހަދާފަ ހުންނަ ސެޓްތަކުގައި. މި އޮތީވާ ޒުވާން ޖީލެއް.
ތިޔަ ދޭތި ތަނަކަށް ޖެހުނު ނަމަ އޮންނާނެ ފޮނި ދެއްކިފައި. އަނެއް ދިވެހި ރާއްޖޭގައި އުޅޭނެ ގޮތް ތީ. އެއްވެސް ކަމެއްގައި ހަމައެއް ލަމައެއް ނޯންނާނެ. އެތަން ފެނިއްޖެއެންނު
5އަހަރާ10 އަހަރާ ދޭތެރޭ މުއް ދަތަކަށް މިދެމީހުންގެ ލައިސެންސު ހިފެހެއްޓުމުގެ އިތުރުން 1 އަހަރާ 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުގާ ބަންދު ކުރުމަށް ވެސް ފެނޭ
ފިލްމީ ސްޓަންޓެއް ނޫން ލަދު ހަޔާތް ކުޑަކަން އެހެންނޫނީ ދެން ކޮންކަމެއް އާއްމުންގެ ކުރިމަތީގަ ވެސް ފާޙިޝް އަމަލްތައް ތީދެން ބޮޑުވަރު
ވަރަށް ހަޔާތް ކުޑަ އަންހެންކުއްޖެއް ތީ!! ގޮތެއް ފޮތެއް ، ލަދެއް ޙަޔާތެއްވެސް ނެތް !! ދެން ވިސްނާލާ އަސްލު މިމީހުން އުޅޭނެ ގޮތް ، މިއީ ބަންޑާރަ މަގުމަތީގަ މިމީހުންގެ ހާލަތު!! سبحان الله
އަންހެން ކުއްޖާ އެކަނިތަ ހަޔާތް ކުޑަވެފަ ގޮތެއް ފޮތެއް ނެތީ؟ ފިރިހެން މީހާ ވެސް އެކަމުގަ ހަމަ އެއްވަރަށް ބައިވެރިވޭ އެބަ. ދެމީހުންވެސް ހަމަ އެއްވަރު.
އަޒާބު ދެއްވުމުގައިވެސް އަންހެން ފިރިހެން ތަފާތު ވެގެންނުވޭ. އަންހެން ކުއްޖަގެ އެކަންޏެއް ނޫން ހަޔާތް ކުޑައި.
ކޮބާ މިދެމީހުންގެ ލަދުހަޔާްތް..ބޮޑުވަރުމީދެން...
މަހީކުރީ އަޖޭ ކާޖަލް ގޮވާގެން ދުއްވަނީ ކަމަށް ހާދަ ގަދަ އޭ ، ދުނިޔޭގެ ރެކޯޑު ފޮތަށް އަރާނެދޯ! ދެން ނަސީބު ވެއްޓި ޖަމާއަތްތެރިންގެ ލިސްޓަށް ނޭރިކަން ވެސް
ތިޔަކީ ފިލްމުކުޅުމެއް ނޫން. ތިޔައީ ބަދުއަޚްލާގީ އަމަލު ހިންގުން..ﷲ އަށް ބިރުވެތިވޭ... ފިޔަވަޅުއެޅުމަށް ގޮވާލަން
ބުރުގާނަގަން ފެންނަނީ
ޢާއްމު ތަންތާނގައި ފާހިސްއަމަލު ހިންގިކަމަށްބަލާ، އަދަބު ދިނުމަށް ގޮވާލަން
1 އަހަރަށް ލައިސަންސް ކެނސަލް..ހަހާހާ
ފަހުޒަމާނުގެ އަލާމާތް ތަށް މިފެންނަނީ . ވިސްނާބަޔަކަށް އިބުރަތެއް މީ. މިފަދަމީހުން ނަށް ﷲ ހެޔޮމަގު ދައްކަވާށި.
1 އަހަރަށް ލައިސަންސް ހިފަހަށްޓަން ގޮވާލަން
ތީ ސްޓަންޓެއްނޫން. އެހެންކަމެއް (ދެކުރިމަތިޖައްސައިގެންކުރާކަމެއް) ކުރަން އުޅެނިކޮށް މީހުނަށް ފެނުނީމަ ދެން އެހެންކަމެއް ކޮށްލީ ...ހައްޔަރުކުރޭ
ހަޔާތް ކުޑަކަން ! އަޅާފަ ހުރި ބުރުގާ އަށް ވެސް ހުތުރު.. ޗީޑީ! ... ފިލްމު ތަކުގަ ކާޖޮލް މެން ތިފާޑަށް އުޅެނީ އެއީ އެމީހުންގެ ޖޮބު! އަސްލު ދިރިއުޅުމުގަ ތި ގޮތަށް ލަދު ހަޔާތް ކެޑިގެނެއް ނޫޅޭ އެމީހުނެއް! ހާދަ ހުތުރު އަމަލެކޭ ! ބޯހަލާކު!
ލަދު ހަޔާތްކުޑަ ކަން!
ވަރަށް އުފާ ވީސް ރަނގަޅު ބޮނޑިއެއް ލިބުން ނަމަ
އެ ފިރިހެން މީހާ އެއީ އެމް.އެން.ޑީ.އެފް މެރިންސް ގަ މަސައްކަތް ކުރާ މީހެއް. ހަޑި ދޯ އެހެން މީހުންގެ ފުރާނަ ރައްކާތެރިކުރަން މަސައްކަތް ކުރާ މީހަކު މި ވައްތަރައް އުޅުނީމަ.
އެހެންނު ވާނީ ބޮޑު ވަޒީރުވެސް ޒިނޭކުރާހިތުން އަންހެނުން ނުވިހާ އޮޕްރޭޝަން ކުރަން ގޮވާލީ މި 100 ޕަސެންޓް މުސްލިމުންގެ އެންމެ ބޮޑު އާބާދީ އުޅޭ މާލޭގެ މަގުމަތީގަ ބޭއްވި ޖަލްސާއެއްގަ ވިއްޔަ. ދެން ބޮޑުވަޒީރުގެ ސަޕޯޓަރުން ހޭހުންނާނެތަ. މަގުމަތީގަ ހުރިހާ ކަމެއްވެސް ކުރަންވީނު
ހިންދީ ފިލްމް "ބޭންގް ބޭންގް"ގެ ސްޓަންޓް ހަދަން މޮޅޯ މިދެމީހުން!!