ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެދުނު ގޮތަށް އިންޓަނެޓްގެ އަގުހެޔޮ ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ދިރާގުން މިރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ، އިންޓަނޭޓްގެ އަގު ކުޑަކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކޮމިޔުނިކޭޝަންގެ އަގުތަކަކީ އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާ އަގުތަކެއް. އެހެން އެއްޗެތީގެ އަގުތައް މައްޗަށް ދިޔަކަމުގައިވިޔަސް، އަަހަރުން އަހަރަށް ދުވަހުން ދުވަށް ކޮމިޔުނިކޭޝަންގެ އަގުތައް ދަށަށް". އިސްމާއިލް ވިދާޅުވިއެވެ.

އެގޮތުން ދިރާގުންވެސް އެއް ދުވަހުން އަނެއް ދުވަހަށް އަގުތައް އެކަށިގެންވާ އަގަކަށް ބަދަލުކޮށް އެންމެ ކޮލެޓީގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާނެ ކަަމަށް އިސްމާއިލް ވިދާޅުވިއެވެ.

"އަދި ސަރުކާރުގެ އެދިވަޑައިގަތުމާއި އެއްގޮތަށް އެންމެ އަގުހެޔޮކޮށް ހިދުމަތް ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން އަބަދުވެސް މަސައްކަތް ކުރާނަން". އިސްމާއިލް ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގުހެޔޮކުރުމަށް ދިރާގާއި އުރީދޫއާއިއެކު ސަރުކާރުން ވަނި މަޝްވަރާތައް ފަށާފައެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    އިންޓަނެޓް އަގުހެޔޮކުރަން މަސައްކަތް ކުރަމޭ؟ ހުރި ލދ ހޔތ ކުޑަކަން ދެކިބަލަ ކަލޭމެން ކުރާނެހާވެސް ކަމަކީ ރައްޔިތުން ފެލުން

    10
    1
  2. މޯޑް

    "އެންމެ އަގުހެޔޮކޮށް ހިދުމަތް ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން އަބަދުވެސް މަސައްކަތް ކުރާނަން"

    2
    1
  3. ސައްޕޭ

    ކާރި ޤައުމުތަކުގެ ތެރެއިން އިންޓަރނެޓް އެއްމެ އަގުބޮޑީ ރާްއްޖޭގައި ސަރުކާރުގެ ވެސް އިހުމާލު އެކަމުގައި ވޭ....