ސަޕޯޓަރުން އެދޭ ނަމަ، ޕްރޮގްރެވިސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ދުރަށް ވަޑައިގަންނަވާނެ ކަމަށާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޕީޕީއެމްގެ ސަޕޯޓަރުން ހިމެނޭ ގްރޫޕެއްގައި އެމަނިކުފާނު ލިޔުއްވި މެސެޖެއްގައި ވިދާޅުވީ ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުމަށް އާއިލާ އިން ވެސް އާދޭސްކުރާ ކަމަށާއި ސަޕޯޓަރުން އެދޭނަމަ ޕީޕީއެމްއާ ދުރަށް ޖެހި ވަޑައިގެންނަވާނެ ކަމަށެވެ.

"ތިކުދިން މިއަދުވެސް ނިންމާ. އަހަރެން ދުރަށް ޖެހިލާނަން. އަހަރެންގެ ފެމިލީ އާދޭސް ކުރޭ ދުރަށް ޖެހިލަން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ ގްރޫޕުގައި ރައީސް ޔާމީން އިތުރަށް ލިޔުއްވާފައިވަނީ، އިސް މަގާމުތަކަށް ބަދަލު ގެނެވިދާނެ ކަމަށާއި އަލަށް ހަވާލުވާ މީހުން ޒިންމާ ނަގަން ކެރެންވާނެ ކަމަށެވެ. އަދި ޕާޓީއަށް ފައިސާ ހޯދުމާއި މެމްބަރުން އިތުރުކުރަން ދަތުރު ވެސް ކުރަން ވާނެ ކަމަށެވެ.

ރައީސް ޔާމީން މިމޭމުރުން ވާހަކަފުޅު ދައްކަވާފައިވާއިރު، އެންމެ ފަހުން ބޭއްވި ތިން އިންތިޚާބު ޕީޕީއަށް އަށް ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތިގެން ކަމަށް އެޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުވެސް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. ހއ

    ދުރައްދާކަށް ނޭދެން. މަނިކުފާނުތީ މިޤައުމުގެ ތަރައްޤީގެ ބާނީއަކީ.

    96
    29
    • ގަމާރު މީހުން

      ލޮލް. ކޮރަޕްޓް ތަރައްޤީގެ ބާނީ. ކަލޭމެންކަލަ މީހުންނަށް އެ ތަރައްޤީގެ ގޮތުގަ ފެނުނަސް އަހަރުންނަށް ފެންނަނީ ބޮޑު ވަޅުގަނޑެއް

      52
      70
      • ..

        ޢެވަޅުގަނޑު ތެރޭން ހެލްމެޓް އަޅާފަ ބުރުޖަހަން ދޯ؟ އެވަޅުގަނޑު ތެރޭން ޑރ އަށް ދައްކަންދޯ؟ އެވަޅުގަނޑެއް ފަދަ ބަނދަރުން ރަށަށް ވެސް އެެރެނީ ދޯ؟ އެވަޅުގަނޑަށް ދަރި ގޮވައިގެން މަޖާކޮށްލަންވެސް ދޯ. ޝުކުރިއްޔާ ރޔ. ތިޔައަޅައިދެއްވީ ސަޅި ވަޅުތަކެއް

        36
        7
      • މަންޖެ

        ޢާދެން ކިބޫއެއްނުކާނެޔޯ ކިބޫ ފައިބާއިރު އެވަޅުގަޑުގާ ހުންނަނީ ރަންތަ ނުނީ ޖަވާހިރުތަ މިހާރުވެސް ސާހިދު އެދުވަނީ ސަލާންޖަހަމުން އަދި 5 މަސް ވީއިރު ކަމެއްނުކޮށްދެވެ. މިވެރިކަމުގަ ތަރައްގީގެންނާތީ ރައްތަކުން ކަރަންޓުދަނީ ގަމާރު މީހާއަށް ނުފެންނަނީ ހަމަ ގަމާރުކަމުން!!

        34
        1
      • ވަޅުބެ

        އާން މަ ވަރަށް ގިނައިން ވަޅުގަނޑު މަތިން ސައިކަލު ދުއްވަން! މާލެ ބޭރުމަގުގަ ވެސް ހުސް ވަޅުތާ! އެއާޕޯޓު ކައިރިވެސް ބޮޑުވަޅުގަނޑެއް އަޅާލަނީ ދޯ!

        26
        1
    • ސާ ލެމަން

      ރޮދިންގެ ބާނީ

      7
      25
      • އަސަރު

        އަސަރެކުރެޔޭދޯ ކީއްކުރާނީ ރޔާމީނަކީ ތަރައްގީގެބާނީި މިލަގަބެ ނުކެޑޭނެ އިބޫއަށް މިލަގަބެ ނުވެސްދެވޭނެ މިތަރައްގީ ނުވެސްގެނެވޭނެ.

        7
        2
  2. ސާ ލެމަން

    ކޮބާ ސަފޯޓަރުން ނަކީ

    39
    8
  3. އާސިމް

    ވީހާ ވެސް އަވަހަކަށް ފެއަށް ޖެހޭ. ރައްޔިތުންގެ ޚަޒާނާ ހަލާސްކޮށް ރައްޔިތުންގެ ނަފްރަތު މިހަރު މަނިކުފާނަށް އޮތީ. ތިއީ މި ރާއްޖެ މިހާތަނަށް ދުށް އެންމެ ކޮރަޕްޓް އިންސާނާ

    27
    84
    • ސޯދިގު

      ޔޫކޭފާދިރީންނާ އެއްޖިންސުން ގުޅުންހިންގާފަ އިނޑިއާ ބުއްދާ އާ ދެމީހުން ދެދަޑި ޖައްސައިގެން ބައްދައިގެން ދޮންނަގާފަ، ފައްޅިތަކުންނާ ބުއްދާއަތުން މިލިއަންޑޮލަރުގެ ރިޝްވަތު ނަގައިގެން 3 އަހަރުގެ ވަގު ވެރުކަމެއްގައި ބައިތުލްމާލް ކޮޅާލައި ބަނޑުއެޅި ބޮޑު ވަގު ތެޔޮބިޑި ޖަހައިގެން ސޮނި ބާލަން ޑެންމާރކަށް އެހެން ގޮތެއް ހޯދަން ގޮސްގެން މި އުޅެނީ.

      61
      5
    • ކޮރަޕްޓް

      ރައީސް ޔާމިނަށްވުރެ ކޮރަޕްޓްވާނެ މިސަރުކާރުގެ އިސްމަގާމް ތަކުގެ ވެރިން. ޓުއަރިސަމް މިނިސްޓަރަކީ މީގެ މިސާލެއް.

      64
      5
    • ސަޕޯޓަރެއް

      އަޅުގަނޑަށް ފެންނަނީ މިދުވަސް ކޮޅު މަނިކުފާނު ފްރަންޓް ލައިނުން ދުރަށް ޖެހިލައި ޕާޓީ ކުރިއަރުވަން ފަހަތުން މަސައްކަތް ކުރެއްވުން. ސަބަބަކީ ދިވެހިރާއްޖެ މިދަނީ ސިޔާސީ ގޮތުން ރާއްޖެއަށް ލިބޭނެ އެންމެ ނިކަމެތި ބަނަ ދުވަސްތައްގުނަމުން. މިވަގުތަށް އެންމެ ރަނގަޅުގޮތަކީ މަނިކުފާނުގެ ވިސްނުން ފުޅާއެކު އުމަރުމެން ކަހަލަ އެނާޖެޓިކް އަދި މޯޓިވޭޓެޑް ބޭފުޅަކު ފްރަންޓްލައިނަށް ނެރެ ޓާސްކްތަކެއް ހަވާލު ކުރެއްވުން.

      40
      7
  4. ޟައުގީ

    އަވަހައް ދުރައް ވަޑައިގަނެފަ އުމަރު އާ ހަވާލު ކުރައްވާ..

    16
    50
  5. ބުރޯ

    ޕީޕީއެމް އިން ދުރަށް ވަޑައިގަންނަވާ . ޔާމީނުގެ ސަޕޯޓަރުން ނެތްކަން ޕީއާ އުފައްދައިގެން ވީދުވަސަ ތަކުގަ ވެސް ޔާމީނަށް އެގެންވާނެ. ރަނގަޅު ސަޕޯޓްތަކާ ރަނގަޅު ކަނޑިސަނެއްގާ އޮތް ޕީޕީއެމް ހަލާކުވީ ޔާމީނާއި ނަމަވެސް މެޑަމް ކުޅުއްވި ރޯލުގެ ސަބަބުން ފާތުމަ ބޭނުންވި ގޮތަށް ކަންކުރެއްވުމަށްޓަކާ މައުމޫީނާ މައުމޫނުގެ ދަރީން ޕާޓީން ބޭރުކުރީ . އަނބިކަމަނާ ވިދާޅުވީ ތިމަންނައޭ ކުރިންހޮވީވެސް . އެ ވިދާޅުވުން ޔާމީނު ގަބޫލު ކުރެއްވުން ހުރިހާގޯހަކީ . މިހާރު ދުރަށް ވަޑައިގަނޭ ވަގުތު ތަނަވަސް ވާނެ. އޭރުން އަލުންގުޅޭނީ ، ދިވެހިރައްޔިތުންނަށް ފާގަތި 5 އަހަރު ޔާމީން ވަނީގެނެސް ދެއްވާފަ. ޑޮލަރު ނުލިބިގެން އުޅެނިކޯށް އޭޓީއެމިން 1600 ނެގުމުގެ ފުރުސަތު އެއީ ޔާމީނުވެ ވިސްނުމާ ކުރިއެރުން . އަދިރައްޔިތުންނަށް ޔާމީން ބޭނުންވާނެ. ނަމަވެސް މިވަގުތު ދުރަށް ވަޑައިގަތުންބޭނުންވޭ.

    18
    46
  6. ކުރަނގި

    ރައީސް ޔާމީން ޕީޕީއެމް އާއި ދުރައްޖެހިވަޑައިގަނެގެން ނުވާނެ ސަބަބަކީ މިގައުމު ގައުމަކަށް ހަދައިދިނީ މަނިކުފާނު މަނިކުފާނުގެ ޒައާމަތުގައި މިގައުމު ކުރިއަރާ ދިޔަކަން މުޅި ދުނިޔެ ދަނޭ އަޅުގަނޑުމެން ބޭނުންވަނީ ރައީސްޔާމީން ޕީޕީއެމްގައި ހުރުމަށް.

    62
    17
    • ގަމާރު މީހުން

      ކުރިޔަށް ދިޔަ ގޮތް ކަލޭ ކަހަލަ ގަމާރުންނަށް ނޭނގުނަސް ގިނަ މީހުންނަށް އިނގޭ.

      5
      33
  7. ގަމާރު

    ބޭނުމީ ރައީސް ޔާމީން. އެވަރުގެ ގަޓެއްހުރި ވެެރިޔަކު މިޤައުމަކަށްދެން ނުލިބޭނެ. ޤައުމަށް ބޭނުންވަނީ ރައީސް ޔާމީންފަދަ ލީޑަރެއް. ހަރުދަނާ ޝަހްސިއްޔަތެއް. މަނިކުފާނު ޕޕމ ދޫކޮށްފިނަމަ މަމެންވެސް ޕޕމ ދޫކޮށްލާނަން.

    59
    14
  8. ތެދު

    މިގައުމަކީ ކުޑަލާރިކޮޅަކައް ގައުމުވިއްކާލަން އެއްވެސްޖިހިލުމެއްވާބަޔެއްްނޫންކަން މިދިޔަ 2 އިންތިހާބުންވަރައްރަނގަޅައް ސާބިތުކޮއްދީފި..؟! އިންޑިޔާފަދަގައުމުތައް ބޭނުންވާހާގޮތެއް ހަދާލަންދޫކޮއްލީ..؟! ﷲގެދީނައްފުރައްސާރަކުރާމީހުން މިނިވަންކަމާއެކުމިއޮއްނުޅެނީ ޕޮލިހެއް ސިފައިންނެއް އަޅައެއްނުލާ..!!!!؟ﷲގަންދީހުވާކޮއްގެންތިބީ..؟! ސޭހުންތައް، އިލެކްސަންކޮމިސަން، ކޯޓްތައް، މަޖިލިސްމެމްބަރުން ވިކިހުސްވެފަ..؟! މިހާރު އީހޫއަށްވެސް، ކޮމަންވެލްތައްވެސް، އެމެރިކާއަށްވެސް..މިހާރުއޯކޭ...ނޫސްޓީވީތައްވެސް ހަމަބަހެއްވެސްބުނެލަން ނުކެރިފަ ވިކިފަ..؟! މީބައެއްގެލީޑަރސިޕްގަހުރި މައްސަލައެއްނޫން..މީވެރިކަމާހެދިއުޅޭ ބައިގަނޑެއްގެ އަދި ރައްޔިތުންގެ ޖާހިލްކަން..

    45
    9
  9. ކަދުރު

    ކަލޯ ފައިސާގަނޑު އެބަހުއްޓެންނު. ޚޮން ދުރަކަށްދާކަށް، ދެން ތި ޕާޓީއަށް ސަޕޯޓުކުޜާނެ މީހެއްނެތް، އަނެއްކާ ދެން ތިފާވަނީ ހަރުގަނޑު އުމަރާ ޖަމީލު، ނުވާނެ ތިކަމެއް.

    12
    47
  10. ބުއްޅަބޭ

    މައުމޫނު ހެދިގޮތަށް ވެރިކަމުން ފައިބާފަ އަނެއްކާ “ވެރިކަމުގަ” ހުންނާނެކަމެއްނެތް! މިވަގުތު އެއްމެ ރަނގަޅޫވެސް ރީތިގޮތުގައި ދުރުގަ ހުރިއްޔާ!

    8
    41
  11. ނަޢީމު

    ބަހާނޭ ފައިސާ ނެތުމާ ، ކެމްޕެއިން ކަޑަވުން ހުރިހާވެސް މައްސަލައަކީ!

    29
    7
  12. ތަހުތަ

    ނޯމަނިކުފާނުތީތަރަށްގީބާވީމާމަނިކުފާނުހުންނަންވާނީހަމަ ޕީޕީއެމްގަ އިބައުޅޭގައްދާރުން ގައްދާރުންދުރައްލާ

    41
    9
  13. ބާނީ

    ނޯނޯނޯނޯނޯ. ހިތްވަރު ދައްކަވާ މެމްބަރުންނާއެކު ކުރިއަށް ވަޑައިގަންނަވާ...

    39
    12
  14. މަހޭޝް

    އަޅުގަނޑުމެން ބޭނުމެއްނޫން ރައީސް ޔާމީން ދޫކޮށްލާކަށް ރައީސް ޔާމީނަކީ މިރާއްޖޭގެ ތަރައްޤީގެ ބާނީ. އަދި ގައުމު ނުދެކޭފަދަ ބަތަލެއް ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން
    ޖަމީލާއި، އުމަރުފަދަ ބޭފުޅުން ގާއިތްކުރަން ފެނޭ .....

    41
    11
  15. ޒާ

    ޔާމީނު ޕާޓީން އިސްތިޢުފާ ދޭންޖެހޭކަމަށް ނުދެކެން. ނަމަވެސް އެބަތިބި ޕާޓީން އިސްތިޢުފާ ދޭންޖެހޭ ބަޔަކު. ޔާމީނުގެވެސް މައްސަލަ އެބަހުރި، މެޑަމްގެ މައްސަލަ އަދި މާބޮޑު. އެއްމެ ގޯސްތި ތަނަކީ އެމްޑީޕީގައި އޮންނަކަހަލަ ގުޅުން ރައްޔިތުންނާމެދު ދަމަހައްޓަން ނޭނގުން. އެންމެ ފޫހިވީ ބޮޑާކަމާއެކު ކިބުރުވެރިކަމުގެ ސިފަ އަށެގަނެފައިވާތީ. މަށަކީ ޕީޕީއެމްގެ މެންބަރެއް. ތިޔަ ބޭފުޅުންނާ ބައްދަލުވެލަން 12 ސިޓީ ރައީސް އޮފީހަށާއި، މުލިއާގެއަށް ލީން. އެކަމަކު އެންމެ ފުރުސަތެއް ނުދީ އުޅެނިކޮށް ވެރިކަމުން ފައިބަންޖެހުނީ. މަށަކީ ރަޙްމަތްތެރިއެއްގޮތުގައިވެސް ވަރަށް ކުރިން ފެށިގެން އެކުގައި އުޅުނު މީހެއް. ނަމަވެސް ވެރިކަން ލިބުނީމާ އެކަން ހަނދާންނެތް.

    26
    10
  16. ހުސައިނާ

    ސަޕޯޓަރުންނެއް ނުއުޅޭ ތީނަޔާހެދީއެއް ތީހީވާގޮތެއް

    14
    38
  17. Anonymous

    މިތިބެނީ، ލީޑަރުން. ގައުމުގެ ދަރިންނަށްޓަކައި ނިންމަވާ ނިންމެވުން. އެކަމަކު، މަނިކުފާނު އަޅުގަނޑު ދަންނަވަންތޯ؟ ތިޕާޓީ ހިންގާނެ ތެދުވެރި ގާބިލް މީހުން އަދި ނެތް. ފުރަތަމަ، ބައްލަވާ ޕޮލިޓިކްސް އިލްމާ ތަޖްރިބާ ހުރި، އިޙްލާޞްތެރި ތެދުވެރިން ތިބިތޯ؟ ތިބިނަމަ، އެބަޔަކު ކުރިއަށް ނެރުއްވަން ފައްޓަވަންވީ. އެމީހުންނަކީ، އިސްލާމް ދީނާއި ގައުމަށްޓަކައި މަސައްކަތް ކުރާ މުރާލި ކެރޭ ބަޔަކަށް ހައްދަވާފަ މަނިކުފާނަކީ ހަމައެކަނި ބޭނުންވާ ކަންކަމުގައި ލަފާ ދެއްވާ ބޭފުޅެއްގެ ގޮތުގައި ހުންނަވައި، ޕާޓީގެ މެންޑޭޓުގައި ޕާޓީ ޚަރަކާތްތެރިވޭތޯ ބެއްލެވުމުގެ ޒިންމާ އުފުއްލަވާ ބޭފުޅެއްގެ ގޮތުގައި ނަމަވެސް ހުންނެވުމަކީ، މިގައުމުގެ ހައްޤުގައި އަދި ވަރަށް މުހިންމު ކަމެއް.

    32
    7
  18. ބަނާނާ

    އަނހަ! ގަޓޭ ކިހިނެއްތިވީ.. ރަނގަޅަށް އިނދަޖައްސާލީމަ ފިލަން ހަރަށްވަނީދޯ.. އެހެންވެ ރައްޔިތުން ބުނަނީ ތީ ފިނޑި ސޮޑެކޭ!

    11
    42
  19. ޔާމިން

    ޕުރައިމަރީއެއްބާއްވާ ހުރިޔާފަރާއްތަކަސްވެސްފުރުސަތުދީގެންރަގަޅުފަރާތެއް ޔާމިން އަޅުގަޑުމެންނައް ދައްކަވާ

    14
    1
  20. ތުވާލި

    ދުރަށްދޭ މިދުވަސްކޮޅު، ދެން އަނެއްކާވެސް ޕާޓީއަށް ވެރިކަމަށް އާދެވޭނެހެން ހީވާއިރަށް އެނބުރި އާދޭ.

    4
    21
  21. Anonymous

    މަނިކުފާނު ޕާޓަިގެ ތާއީދު ގެއްލިފައިވާ މަދުބަޔަކު ލީޑާޝިޕްން އިސްތިއުފާދޭށޭކިޔާފަ ގޮވިޔަށް އެ
    މަނިކުފާނު މާޔޫސްވެ އުއްމީދުކަނޑާލާކަށް ނުޖެހޭ، މަނިކުފާނުގެ މިގައުމުގަތިބި ދޮޅުލައްކައަށްވުރެ ގިނަރައްޔިތުންގެ ސަޕޯރޓްގެއްލިގެންނުދާނެ މަނިކުފާނު ކުޑަދުވަސްކޮޅަކުން ގައުމަށްގެނެސްފައިވާ ކޮލިޓީ ބަދަލުތައް ފެނި އަދި އެތަރައްގީގެ ބޭނުންތައް ހިފަމުންދާހާހިނދަކު، އަމިއްލަ އެދުންބޮޑު ބަޔަކު ޚިޔާނާތްތެރިގޮތަކަށް ރިޝްވަތަށް ވެރިކަން ނިގުޅައިގަތީމަ މިހާރު މިގައުމުގެ ވެރިކަމަކީ ކަތްޗަން އެޅިފައިވާ ބިންގަލެއްވީމަ އެބިންގާމަތީގަ ސީދަލަށް ތަނބެއް ހަރުނުލާއިގެން އުޅެނީ، ޚިޔާނާތްތެރިންނަށް އުފާ ލިބެނީކަމަށް ހީވިޔަސް އެކަމުގެ ފަހަތުގައިވާ ހިތިނަތީޖާއެއްގެ ބޮޑުކަމާއެވެ، ކެތްތެރިންނަށްﷲގެ ގިނަގުނަ ނިޢިމަތް ހުއްޓެވެ.

    21
    2
  22. ރަށްދު

    ސަޕޯޓަރުންނަކީ 96000 މީހުން އެކަނި މީހަކަށް މަދު ރިޔަަސީ އިންތިހާބު ތަކުގަ ބައިވެރިވި ލީޑަރުންނަށް ރާއްޖޭގެ ވޯޓްލާމީހުންގެ އަދަދު. ބަހާލަބަލަ މީހަކަށް 96000 ވޯޓް ލިބޭތޯ

    23
    3
  23. ާއދ.

    ދުރައްދާކަށް ނޭދެން. މަނިކުފާނުތީ މިޤައުމުގެ ތަރައްޤީގެ ބާނީއަކީ

    26
    1
  24. އަޒާ

    ރައީސް ޔާމީނަށް، ދަންނަވަންތޯއެވެ. ރައީސް ޔާމީން ސިޔާސީ ކަންކަމުން އެކަހެރިވެ ވަޑައިނުގެންނެވިޔޔަސް މަނިކުފާނުގެ ސިޔާސަތު ތަކަށް ބަދަލު ގެންނަވާށެވެ. އެހެންނޫނީ ތަހުޒީބު ވަމުން މިދާ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަޕޯރޓް ހޯދަން އުނދަގޫވާނެއެވެ. ރައީސް ޔާމީނަކީ މިރާއްޖެ ތަރައްޤީ ކުރަން އެއްވަނައެވެ. ނުހޯދުނު އެއްޗަކީ ރައްޔިތުންގެ ލޯތްބެވެ. ހާރޓްސް އެންޑް މައިންޑޑްސް ވިންކުރަން ޖެހޭނީ ރައްޔިތުންގެ ބަތްތަށީގެ އެއްފަޅިން ފަރިއްކުޅުއްވާށެވެ، ރައްޔިތު މީހާގެ ގޭގެ އޮޅިން އެތެރެއަށް ވަދެވަޑައިގަންނަވާށެވެ. ޕާރޓީތެރޭގައި ނުފޫޒްގަދަ މީހާވެސް ޤަވާއިދުތަކަށް ބޯލަނބަން ރުހޭށެވެ. އޯގާތެރިކަމާއެކު ރައްޔިތުންނާ މުޚާތަބުކުރަން ދަސްކުރާށެވެ. އެހެންނނޫނީޖެހޭނީ ރައްޔިތުންގެ ލޯތްބެއް ނުހޯދޭނެއެވެ. ވ ސަލާމް..

    16
    1
  25. އަފީ

    ރާއީސް ޔާމީނަކީ ޕޕމ މިވަރުން ފުދޭނެ.

    23
    3
  26. އަހުމަދު

    ޕޕމ ރައްޔިތުންގެ ތާއީދު މަނިކުފާނަށް އެބައޮތް

    24
    2
  27. ވީނާ

    މަނިކުފާނު ޕާޓީން ފެޔަށް ޖެހެޖެހޭ ސަބަބަބެއް ނެތް

    24
    2
  28. ނުހާދު

    ކީއްވެތޯ ފެޔަށް ޖެހެންވީ، ތީ ޒައީމަކީ. ތީ ޕޕމ އަކީ މިތިބީ އެކީގަ

    9
    1
  29. ރައްޒާގް

    ޕޕމ ގެ ބާނީ އަކީ މަނިކުފަނު، މިތިބީ އެކީގައި

    9
    1
  30. ކުޑަސޮރު

    ހައްހައްހާ... ދައްކާނެ ވާހަކައެއް، ކުރާނެ ކަމެއް ނެތީމަ އެންމެފަހުން ސަޕޯޓަރުން އެދޭނަމައޯ. ކޮން ސަޕޯޓަރުންނެއްތަ ތިބީ ޔާމީނުއާއެކީ؟ މަ ނުދެނަހުރިން ޔާމީނުއާއި އެކީ ސަޕޯޓަރުން ތިބި ކަމަކަށް. ކަލޭގެ ސަޕޯޓަރުންނަކީ އަދުރޭ. ކަލޭ ދޭ އަދުރޭ ވެސް ގޮވައިގެން.

    2
    9
  31. މާފުށި

    ދުރަކަށް ނޫން.. ޖަލަށް ދާން ޖެހޭނީ ކަލޭ... ޖަރީމާ ހިންގަ ހންގާފަ، ބައިތުލްމާޅު ބަނޑުއަޅަގެން ދުރަށް ދެވޭތަ؟

    3
    10
  32. ޙުސައިން ޢަލީ

    މި ލިޔުންކޮޅުވެސް ބައްލަވާނެކަމަށް އުއްމީދުކުރަން (އަޞްލު މައްސަލައަކީ ތިޕާޓީގެ ލީޑަރޝިޕްގަ ތިއްބެވި ބޭފުޅުންނާއި، ސީދާ ރައީސް ޔާމީންގަވެސް ހުންނަ ކިބުރު ވެރިކަމާއި، ބޮޑާކަން) އެކަން މިހާރަކު މިރާއްޖޭގެ ރައްޔިތުން ބަލައެއް ނުގަންނާނެ؟ އަދިވެސް އިޞްލާޙުވެ ނިކަމެތި މީހާއަކީވެސް އިމާފަދަ މީހެއްކަމަށް ބަލައިގެން އުޅުން ބައްޓަންކޮށް ހިނިތުންވެފައިވާ މޫނަކާއިގެން ރައްޔިތުންނާއި ބައްދަލުކޮށް މާޢަފަށް އެދި ކުރިޔަށް ވަޑައިގަތުންމަށް ގޮވާލަން؟

    3
    3
  33. ޝަހީދު

    ރައީސް ޔާމީންގެ ލީޑަރޝިޕްގައި މެނުވީީ ކުރިޔަށް ދާކަށް ބޭނުމެއް ނޫނެވެ. އަޅުގަނޑު ޕީ.ޕީީ.އެމް ގައި ހުންނަނީ ރައީސް ޔާމީން މިޤައުމާއި ރައްޔިތުންނަށް ކޮށްދެއްވި އަގުނުކުރެވޭހާ ޚިދުމަތްތަކަށްޓަކައެވެ. މިއީީ ލީޑަރޝިޕްގައި ތިއްބެވި ބަރުހެލި ބޭފުޅުން އެއްކައިރިކޮށް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތަބާވާ ޢިލްމީީ ޤާބިލް ބަޔަކާ އެކު އަލުން ވެރިކަމަށް އައުމަށް މަސައްކަތް ކުރަންވީ ވަގުތެވެ. ހިތްވަރު ކޮށްފިއްޔާ ކާމިޔާބު އޮތީީ ދާދި ގާތުގައެވެ.

    8
    1
  34. ކު

    ޔާމީނު ދުރަށް ޖެހުމަކީ ހައްލެއްނޫން. ނަމަވެސް ޔާމީނުވެސް އަދި އެހެންހުރިހާ މީހުންވެސް މަހާރަށްވުރެ ޒިންމާވާންއެބަޖެހޭ! މިފަހަރުގެ ރައްޔިތުންގެ މަޖިލިސް ޕީޕީއެމްއަށް ގެއްލުނީވެސް ޒިންމާނެގުމުގެ ބަދަލުގައި ތިމާމެންގެ އަމިއްލަ އެދުން އިސްކުރުމުގެ ނަތީޖާ! ޚާއްސަކޮށް އަދުރޭއާއި ނިހާނުމެންފަދަ މީސްމީހުން މީޑީޔާތަކުގައި ދައްން ނުޖެހޭ ވާހަކަތައް ދެއްކުމާއި އިޚުލާސްތެރި ބައެއް ކެނޑިޑޭޓުންނަށް ޓިކެޓު ދިނުމަށްފަހު އެބޭފުޅުންގެ އެއްވެސް ކުށެއްނެތި ޓިކެޓުތައް އަތުލައި އެދާއިރާތަކުގެ ރައްޔިތުން މާޔޫސް ކުރުވުންފަދަ ކަންކަމަކީ މިފަހަރުގެ ނާކާމިޔާބީގެ އެއް އަސްލު. ޕީޕީއެމް އެނބުރި އަންނަން ބޭނުންވާނަމަ ސަޕޯޓަރުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ޕާޓީގެ ލީޑަރުންނަކީ ޢާންމު މެމްބަރުކަމުގައިދެކި މެންބަރުން ބޭނުންވާގޮތަށް ޕާޓީގެ އިންތިޒާމު އަލުން ރުކުރުވާލަންއެބަޖެހޭ. ފިނިކޮޓަރިތަކުގައިތިބެގެން ޕާޓީ ހިންގޭނެކަމަށް ޤަބޫލުނުރައްވާ! ރައްތަކަށް ދަތުރުކޮށްގެން ރައްޔިތުންނާއެކު މަސައްކަތްކޮށްގެން ޕާޓީހިންގައި ޕާޓީ އަލުން ކޮޅަޖަހަން މަސައްކަތް ފެއްޓުމަށް ޕާޓީގެ މިހާރުގެ ލީޑަރޝިޕަށް އަޅުގަނޑު ގޮވާލަން އެއިރުން އިންތިޚާބުތަކުގައި ލިބުނު ނާކާމިޔާބު ލިބުނު ސަބަބުތައްވެސް ވވވ ބޮޑަށް ސާފުވެގެންދާނެ!

    12
    1
  35. ބެއްޔާގެފުތާ

    މި ޤައުމުގެ ގިނަ ރައްއިތުންނަކީ ދެ ލޯ ކަނު ބަޔެއް އެމީހުންނަކަށް އެމީހުންގެ ދީނެއްވެސް މިނިވަންކަމެއްވެސް އަދި ޤަޢުމިއްޔަތެއްވެސް ބޭނުމެއްނުވޭ ބަލަ މި ޤައުމުގައި ވެރިކަންކުރަން އުޅޭމީހުން ހަލާކުވާނީ ރައީސް ޔާމީނުވެސް އަޅާނުލަން އަޅުގަޑަށް ފެންނަނީ . މި ޤައުމަކީ އިހްލާސްތެރިން ވަކިކުރަން އިގޭ ރައްއިތެއް އޮތް ޤައުމެއްނޫން

    12
    1
  36. އެޑަމް

    އަދި މިއުޅެނީ ދެތިން މަސް ނުވެގެން މިހާރު ޕާޓީގަނޑު ދޫކޮށް ބަޗަނީ، ބަލަ އެމްޑީޕީ މީހުން މިދިޔަ 7 އަހަރުގަ ކޮން ހާލެއްގަ އެއުޅުނީ، އެމީހުން އެކަމަކު ދެގޮތެއް ނުވޭ ހިތްވަރަކަށް ބަދަލެއް ނާދޭ، ކާމިޔާބު ލިބޭނީ ކެތްކޮށްލައިގެން

  37. ހުސެއިނީ

    ރައީސް ޔާމީން ދުރަށް ޖެހިވަޑައިނުގަންނަވާ، ތީ ތަރައްގީގެ ބާނީ. ހިއްތަކުގެ ރަސްގެފާނު. އަދިވެސް މިގައުމުގެ ރައީސެއްގެ ގޮތުގައި ހުންނަތަން ދެކެން ބޭނުން.

  38. ޢާއިޝަތު

    މަނިކުފާ ދުރައްވަޑައިނުގަނެ ޕާޓީ ގެ ލީޑަރޝިޕަށް ރަނގަޅު ގާބިލް މީހުން ގެނެސްގެން އިދިކޮޅު ލީޑަރއެއްގެ ގޮތުގައި ކުރިޔަށް ވަޑައިގެންފިނަމަ ވަރަށް ރަގަނޅުވާނެކަމަށް ފެނޭ