ރައްޔިތުން މަޖިލިސް އިންތިޚާބުގައި ތ.އަތޮޅު ގުރައީދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޣައްސާން މައުމޫން ޕީޕީއެމްގެ ނައިބު ލީޑަރުކަމަށް ގެންނަން، ރޭ އެޕާޓީގެ ޕީޖީ ލީޑަރު ކަމުން އިސްތިއުފާ ދެއްވި އަހްމަދު ނިހާން ހުސައިން މަނިކު ދެކޮޅު ހައްދަވައިފިއެވެ.
ޣައްސާން ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ކަމަށް ގެންނަން ރަނގަޅު ވާނެ ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެމުން ނިހާން ކުރި ޓްވީޓެއްގައި ވިދާޅުވީ ޣައްސާން ޑެޕިއުޓީ ލީޑަރުކަމަށް ގެންނަން "ކަމަކުނުދާނެ" ކަމަށެވެ. އިތުރު އެއްވެސް ވާހަކަފުޅެއް އެޓްވީޓްގައި އޭނާ ވިދާޅުވެފައެއް ނުވެއެވެ.
ޕީޕީއެމްގެ އިސް ސަފުން ދެން ފެނުން އެންމެ ފުރުސަތު ބޮޑު ބޭފުޅުންގެ ތެރޭގައި ޣައްސާން ހިމެނެއެވެ. އާއިލާގެ ހުރިހާ މެންބަރުން ރައީސް ޔާމީން ދޫކޮށްލުމަށް ފަހު ވަޑައިގެން، އޭރުގެ އިދިކޮޅު ފަރާތްތަކަށް ގުޅިވަޑައިގެންނެވި އިރުވެސް ޣައްސާން ރައީސް ޔާމީންގެ އަރިހުގައި ހުންނެވުމުން ޕީޕީއެމްގެ އާއްމު މެންބަރުންގެ މެދުގައި ޣައްސާންގެ މަގުބޫލްކަން ވަރަށް ބޮޑެވެ.
މިމަހުގެ 06 ދުވަހު އޮތް މަޖިލިސް އިންތިޚާބު ޣައްސާން ކާމިޔާބު ކުރެއްވީ ވެސް އެދާއިރާ އަށް ކުރީގެ ރައީސް މައުމޫންގެ ފަރާތުން ވެސް ކެންޑިޑޭޓަކު ނެރެފައި ވަނިކޮށެވެ. ގުރައިދޫ ދާއިރާއަށް މައުމޫން ކެންޑިޑޭޓަކު ނެރުމުން ގިނަ ބައެއްގެ ފާޑުކިޔުން މައުމޫނަށް އަމާޒުވިއެވެ.
ޕީޕީއެމްގެ ލީޑާޝިޕް އިސްތިއުފާދީ ޕާޓީ ހިންގުން އާލީޑާޝިޕަކާއި ހަވާލު ކުރުމުގެ ވާހަކަތަކުގެ އަޑުތައް ގަދަވެފައި ވާއިރު ޕާޓީގެ ލީޑާޝިޕަށް ދެން އަންނާނެ ކަމަށް ލަފާކުރެވޭ ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ހިމެނެއެވެ.
ޔާމީން ވަނީ ޕީޕީއެމް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން ޖަމީލާއި، އުމަރުގެ ޚިޔާލު ހޯއްދަވާފައެވެ. އަދި އެބޭފުޅުންނަށް ޕީޕީއެމްގެ ލީޑާޝިޕުން އިސް މަގާމެއް ދިނުމަށް ކައުންސިލާއި ވެސް ޔާމީން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރަގަޅުނިއްމުމެއް ޖަމީލްވެސް އުމަރުވެސްރަގަލުވާނެ އިންޝާﷲ
ޢައްސާނު އެއީ 2023ގަ ޕީޕީއެމްއިން ނެރޭ ރިޔާސީ ކެނޑިޑޭޓު..ރައީސް ޔާމީނުގެ ނިންމުމަކީއެއީ.. އައްސާނު ލައިގެނއ ލީޑަރޝިޕުން ޔާމީނު ނަމެއްގަ ދުރުވެފަ ޕަޕެޓުގޮތަށް ޢައްސާނުލައްވާ ޕާޓީ ހިންގާނި..
ނިހާނުމެން އިސްސަފުގަތިބެގެން ޕާޓީ ބަނގުރޫޓްވެގެންދާއިރު ހަރުދަނާ ބޭފުޅުން ލީޑަޝިޕަށް ގެންނަން ދެކޮޅުހަދަނީ އަޑިނޭނގޭ ސިއްރުތަކެއް ފޮރުވިފައިވާތީދޯ؟ ޢުމަރުވެސް ޖަމީލުވެސް، ޣައްސާނުވެސް މިއީ ހަމަ ރަނގަޅު ބޭބޭފުޅުން އެހެންނޫންތޯ؟ މިހާރު ނިހާނުމެން ބަލައިނުގަންނަކަމާ، އަދި ނިހާނުމެންނަށް ތާއިދެއް ނެތްކަންވެސް މިފަހަރު މަޖިލިސް އިންތިޚާބުންވެސް އެއޮތީ ސާފުކޮށް އެނގެންދޯ؟ އެހެންވީމާ އަޅުގަނޑު ޕީޕީއެމް ދެކެ ލޯބިވާ މީހެގެއް ޙައިޞިއްޔަތުން ބުނެލަންއޮތީ ނިހާނުވެސް ޕީ.ޕީ.އެމް ދެކެ ލޯބިވާނަމަ ޕާޓީގެ ލީޑަރ ޝިޕް ހަރުދަނާކުރުމަށް ފުރުސަތުދޭށޭ!!
ޖަމީލު ކަމަކު ނުދޭ ސާބިތުވެ ނުހުރެވޭ މީހެައް ޖަމީލަކީ
ރަނގަޅުވާހަކައެއް ގައްސާނަކީވެސް ޔާމިނު ގޮތަށް ވ.ފުއްޕާފަ އުޅޭމީހެއް. އެކަމު ހަޤީޤަތަކީ ތީ ހަމަ ރިހަގަނޑެއް.
ގައްަސާނަކީ ދިވެހިން ބަލައިގަންނާނެ މީހެއް ނޫން. ފައިސާ ދީފައި ކުޑަ އަތޮޅެއްގެ މެމްބަރުކަން ގަނެލެވިދާނެ. އެނޫން ވަރެއް އޭނައަކަށް ނުވާނެ. މައުމޫނު އާއިލާގެ މީހަކަށް ވެރިކަން އަދި ކިއެއްތަ އެހެން ކަމެއް ވެސް ދި ނުމަކީ ބުއްދިވެރިކަމެއް ނޫން. ދިވެހިން އެކަމެއް ނުކުރާނެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދު އަދި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވަރުގެ ކޮލިޓީ ދެމީހުނެއް ނުފެނޭ. ތިޕާޓީ ލީޑުކުރައްވަން އެންމެ ރަގަޅީ އެދެބޭފުޅުން. އޭގެ ތެރެއަށް އުމަރު އަދި ޖަމީލު ހިމެނުމުން ވަރުގަދަ ހަރަކާތްތރި އިދިކޮޅު ޕާޓީއަކަށް ވާނެ.
އަޅުގަނޑު ޣައްސާނަށް ތާޢީދު %100
ހީ ނުކުރާ ގޮތައް އިދިކޮޅަށް ކާމިޔާބު ލިބުން އޮތީ ބަޔަކު މޮޅުވެ ބޮޑާ ވީމަ ފަހުންއޭގެ ޝަޒާ މި ސަރުކާރަށް ވެސް ގާތް...
މިހާރު އިހުލާސްތެރިންނެއް ނިހާނު މެންނަކައް ކަމަކު ނުދާނެ ނިހާނުއައް ނުލިބުނު މޮޅެއް އެހެން މީހަކައް ލިބޭކައް ނޭދޭނެ
މިޤައުމުގެ އޮޕޮޒީޝަންގައި މިއަދު ހުންނެވުމަށް އެންމެ ޤާބިލް ލީޑަރަކީ ޢުމަރު ނަޞީރު. ޢުމަރަކީ ވަރަށް ޘާބިތުކަމާއެކު މިއަދާަމައަށްވެސް ކަންކަމުގައި ކެރިގެން ކުރިމަތިލައްވާ ބޭފުޅެއް. މީ ޙަޤީޤަތަކީ، ޖަމީލް މެންނަކީ ކިތަންމެ ޢިލްމީ ބޭފުޅުންނެއްކަމަކު "ކަމަކާ ޖެހިއްޖެނަމަ އަގުޅިނެތް ކަންނޭލެއް" ފަދަބޭފުޅުން. ދިވެހި ރައްޔިތުން އެތަކެއްފަހަރު ތިޔަ ޖަމީލްމެން ތަޖުރިބާކޮށްފި.
ޢުމަރު ނަޞީރުއަކީ އެންމެ ޤާބިލު މީހާ... އެކަމަށް އޮތް ހުރަހަކީ ޢާއިލީ ވެރިކަން ދަމަހައްޓަން ކުރާ މަސައްކަތް.
ރާއްޖޭގައި ހުރި އެނެމެ ރަނގަޅު ސިޔާސީ ލީޑަރަކީ ޢުމަރު ނަޞީރު. އޭނާގެ ސްޓޭންޑް އަބަދުވެސް ވަރަށް ސާފުވާނެ. އިންޝާﷲ އަދި މިރާއްޖޭގައި ޢުމަރު ނަޞީރު ހެޔޮ ވެރި ކަމެއް ކޮށްދޭނެ.
ނިހާން. ޢެންމެ ފުރަތަމަ މަނިކުފާން. ޤަބޫލް ކުރައްވާ ތީ ފެއިލް ވެފަ ހުރި މީހެއްކަން. ޢިސްތިއުފާދެއްވާފަ ގެޔައް ވަޑާގަންނަވާ
ޕީ.ޕީ އެމް ބަލިވުމުގެ ޒިންމާ ނިހާނުވެސް ނަގަންޖެހޭ ކަމެއްދިމާވީމާ ބޮލުން ސޮއްސުވާލާ މަތިފަދިޔަށް، އެރުމަކީ ފިނޑިންގެ ޢަމަލެއް ޕީޕީ އެމް ގެ ލީޑަރޝިޕަށް،މިވަގިތު ހުރި އެންމެ ރަގަޅު 1 ބޭފުޅަކީ އޮނަރަބުލް، ޢައްސާނު މައުމޫން ޠާމީން ޢަދުރޭ މޫސާ ރަމީޒް،މިހާރުން މިހާރަށް އިސްތިއުފާދީ ޢުމަރު ނަޞީރާއި ޢައްސާނު މައުމޫނަށް ލީޑަރޝިޕް ހާވާލުކުރުމަށް ގޮވާލަން
ޤައްސާން އަކީ ވަރަށް ރަގަޅު މީހެއް ތިކަމަށް
ޕާޓީގެ ލީޑަރޝިޕަށް ޑޮކްޓަރ ޖަމީލާއި ޢުމަރު ނަޞީރު ގެނައުމަކީ ވަރަށް ރަނގަޅު ނިންމުމަކަށްވާނެއެވެ. އެއީ މިޒަމާނުގައި ވީހާވެސް ރައްޔުތުންނާ ގާތަށް ދާންޖެހެއެވެ. އަދި ނުބައިކަންކަމަށް ނޫނެކޭ ބުނަޖެހެއެވެ. އަދި ލާދީނީ ފިކުރުތަކަށް ނޫނެކޭ ބުނަންޖެހެއެވެ. މިހުރިހާ ކަމަކަާށްވެސް އެންމެ ރަނގަޅުވާނީ ހަމަ ޢުމަރާައި ޖަމީލެވެ. ޣައްސާނުމެންނަނީ ބައްޕަމެންގެ ރަންޒަމާނުންފެށިގެން މާ ތިއްތިކޮށް މީހުންނާ ދުރުގައި އުޅެން ދަސްވެފައިވާ ބައެކެވެ. އެމީހުން އަދި ޖެހޭނީ މީހުން ދަސްކުރަން ކޮޅުކޮޅަށް ދުއްވާލާށެވެ،
ނިހާނަކަށް ނޭގޭނެ ގައްސާނު ނާއިބު ލީޑަރަކަށް ބަރާބަރު. ކޮލިޓީ ފެންނާނީ ކޮލިޓީ މަގާމެދިނުމުން. ނިހާނުމެން ތަޖުރިބާ ކުރެވިއްޖެ. މިފަދަ މަގާމުތަކަށް ނިހާނުމެން ފިޓެނޫން އެކަމަކު ނިހާނާ ނުލާވެސް ޕޕމ ޕޕމ އަކަށްނުވާނެ. ނިހާނުމެން ތިބެންޖެހޭ އެކަމަކު ލީޑަރުންގެ ތެރޭގަ ގައްސާނަށް ފުރުސަތު ދޭންވެސްވީ ތަޖުރިބާ ބެލުމަށް. ގައްސާނަކީ ރޔާމީން ނެތްދުވަހަކުން ޕޕމގެ ނަން ދިރުވަދޭނެ ލީޑަރުކަމަށް ލަފާކުރެވެނީ. ގަޓްކަން އެބަހުރި.
ޕީޕީއެމްގެ ލީޑަރސިޕް ގާ ޔާމީން ހުންނަވައިގެނެއް ޕީޕިއެމް އަކަށް ތާޒާކަމެއްނާންނާނެ . ކައުސިލާ ރިޔާސީ ވޯޓާ މަޖިލިސް ވޯޓުން އެކަން އެގޭނެ ކަމަށް ދެކެން . 5 އަހަރު ދުއްވާލީ ޕިޕީއެމް އޮފީހުން މަސައްކަތް ނުކޮށް މެޑަމް އޮފީސް ޕްރޮމޯޓް ކޮށްގެން . ވީމާ ވާނެ އެތި ތިޔަވީ . ވީމާ ޔާމީޯނު ދުރުވެވަޑައިގެން ޕާޓީގެ އަސްލު ވެރިންނާ ޕާޓީ ހަވާލުކުރައްވާ .އެއީ މައުމޫނު ނުވަތަ ފާރިސް މައުމޫނު
މިއީ ކާމިނީގެ ޢާއިލާގެ ތަރިކަމުދާތަ!! ސައީދުވެސް، އާދަން ޝަރީފްވެސް، ވިސްނަންޖެހޭ މިކަމަށް ރައްޔިތުން ބަލައިގަންނާނެ ސައީދު، އާދަން ޝަރީފް، އުމަރު ނަސީރު ، ޝޭއިޙް ސަހީމް މެންފަދަ ބޭފުޅުން ތިޔަ ޢާއިލާއަށް ގުލާމް ނުކޮށް ނިކުންނަވާ ޤަޢުމާގެން ޢައްސާާންއަށް ދިނަސް ހަމަތިޔަ ހިތި އުފުލަން ޖެހޭނެ އަދި ތިޔަބޭފުޅޫންގެ ނަފްސުވެސް ކަތިލެވުނީ ސިށާސީ ގޮތޮން ސުއަސައިޑް ނުވުމަށް ގޮވާލަން " ވަގުތުން ނޫހުން މިކޮމެންޓް ޖަހާނެބާ"