ޤިޔާމަތާއި ހަމައަށްދާއިރު ތާޢީދު އިތުރުވާނީ އެންމެ މީހެއްގެ ކަމަށާއި، އެއީ މި އުންމަދުގެ ނަބިއްޔާ، މުޙައްމަދުއް ޞައްލަﷲ އަލައިހި ވަސައްލަމް ކަމަށް، މަޖިލިސް އިންތިޚާބުގައި މަައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރެއްވި އިބްރާހިމް މުޙައްމަދު (އިއްބެ) ވިދާޅުވިއެވެ.

އިއްބެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުޙައްމަދުގެފާނު ފިޔަވައި އެންމެންގެ ތާޢީދު ދާނީ ދުވަހެއް ދުވަހަކަށް ދަށްވަމުން ކަމަށާއި އެ ހަޤީޤަތް ޤަބޫލުުރުން މުޙިއްމު ކަމަށެވެ.

"ޤިޔާމަތާއި ހަމައަށް ތާޢީދު އިތުރުވެ ގިނަވާނީ ހަމައެކަނި، މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް އެވެ. އެނޫން އެންމެންގެ ތާޢީދު ދާނީ މަދުވެ ހުސްވަމުންނެވެ. މި ހަޤީޤަތް ޤަބޫލުކުރައްވާށެވެ." އިއްބެގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

އިއްބެ އަކީ މއ.ބާބުލް އަވާލީ، އައިމިނަތު މުޙައްމަދާއި، އައްޝައިޚު މުޙައްމަދު އިބްރާޙިމް، ގިނަ މީހުން ދަންނަ ގޮތުންނަމަ، ޖަނާބު ޝައިޚު، ނުވަތަ ބޮޑު ޝައިޚު، މި ދެބޭފުޅުންގެ ކައިވެންޏަށް ލިބިލެއްވި ނުވަ ބޭފުޅުންގެ ތެރެއިން، ދެވަނަ ބޭފުޅާއެވެ.

އިއްބެ ވަނީ، ޤާާނޫނީ ދާއިރާ އިންނާއި ޝަރުއީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައެވެ.

މަޖިލިސް އިންތިޚާބުގައި ނަޝީދާއި ވާދަކުރައްވާ އިއްބެ ބަލިވީ ވަރަށް ކުޑަ ތަފާތަކުންނެވެ. ނަޝީދާއި ވާދަކޮށް އިއްބެ ހޯއްދެވި ވޯޓްގެ އަދަދަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ވިދާޅުވެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރު ގިނަ ބޭފުޅުން ވަނީ އިއްބެ އަށް މަރުޙަބާ ވިދާޅުވެފައެވެ.

އިންތިޚާބަށް ފަހު ވެސް އިއްބެ ގެންދަވަނީ ސިޔާސީ ކަންކަމާއި ބެހޭ ގޮތުން ޚިޔާލުފާޅުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސުހައިލް

    ތެދު ވާހަކައެއް

    48
    1
  2. ހަނދާންވަނީއިބޫ

    އޮޅިގެން ތިއުޅެނީ، އިންތިޚާބް ނިމި ހިންގައްޖެ

    13
    55
  3. އިބްރާހީމް

    ތީ މިޤައުމުގެ ރައީސަކަށް އެންމެ ޤާބިލް ބޭފުޅަކީ.

    39
    8
  4. މިހ

    އިއްބެއަށް ސާބަސް. އިއްބެއަކީ ރަނގަޅު ޢާއިލާއެއްގެ ހެއުލަފާ ދަރިއެއް. ނަމަވެސް މިދިޔަ އިންތިޚާބުގައި ރަނގަޅު މީހާއަށް ރަނގަޅުފާހަގަ ޖެހުމުގެބަދަލުގައި ރާއްޖޭގެ ގިނަ ބަޔަކު މިވަނީ ނުބައިމީހުންނަށް ރަނގަޅު ފާހަގަޖަހާފައި! އެކަމުގެ ހިތި އެބައިމީހުންނާއި އެނޫންމީހުންވެސް ކޮންމެވެސް ދުވަހަކުން ދެކޭނެތެވެ.

    83
    10
  5. މޫސާ

    އަހަރެމެނަށް ތިކަން އިނގޭ.

    2
    2
  6. ވަރުވާ

    އިއްބެއަށް ސާބަސް. އިއްބެއަކީ ރަނގަޅު ޢާއިލާއެއްގެ ހެއުލަފާ ދަރިއެއް. ނަމަވެސް މިދިޔަ އިންތިޚާބުގައި ރަނގަޅު މީހާއަށް ރަނގަޅުފާހަގަ ޖެހުމުގެބަދަލުގައި ރާއްޖޭގެ ގިނަ ބަޔަކު މިވަނީ ނުބައިމީހުންނަށް ރަނގަޅު ފާހަގަޖަހާފައި! އެކަމުގެ ހިތި އެބައިމީހުންނާއި އެނޫންމީހުންވެސް ކޮންމެވެސް ދުވަހަކުން ދެކޭނެތެވެ.

    7
    4
  7. ހުސޭނާ

    ބަރާބަރު ވާހަކައެއް.ތާޢީދު

  8. މާރިޔާ

    މަ އިބޫމެން ދާއިރާ ނަމަ ވޯޓުލީސްކަން ކަށަވަރު..