ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ދެ ދުވަހަށް ސިޔާސީ ދާއިރާ އިން ދުރަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަދުރޭ އަށް ނާކާމިޔާބުވެ ވަޑައިގެންނެވި ފަހުން އޭނާ މީޑިއާގައި ސިޔާސީ ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ. މިދިޔަ ހަފްތާގެ ފަހުކޮޅު އަދުރޭ ވަނީ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ސީނިއާ މެންބަރުން ތިއްބެވި ގްރޫޕެއްގައި އޭނާ ސިޔާސީ މަސައްކަތުން ދުރަށް ވަޑައިގަންނަވަން ނިންމެވިކަން އިއުލާން ކުރައްވާފައެވެ.
ނަމަވެސް އެންމެ ދެދުވަސް ފަހުން އަދުރޭ ވަނީ އެ ގްރޫޕްގައި އަނެއްކާވެސް "ސިޔާސީ މަސައްކަތްތައް" ފައްޓަވާފައެވެ. ސިޔާސީ ކަންކަމާއި ބެހޭ ގޮތުން ޚިޔާލުފާޅުކުރައްވާ، ތަފާތު މެސެޖްތައް މިހާރު އެގްރޫޕަށް އަދުރޭ ފޮނުއްވަމުން އެބަގެންދަވައެވެ.
މިމަހުގެ 06 ވަނަ ދުވަހު އޮތް މަޖިލިސް އިންތިޚާބު އަދުރެއަށް ނާކާމިޔާބުވީ އަމިއްލަ ރަށް ހިމެނޭ ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވައިގެންނެވެ. މީގެ ކުރިން ދެ ދައުރު މަޖިލިސް މެންބަރުކަން ކުރެއްވި ނަމަވެސް މިފަހަރު އޭނާ އަށް ގޮނޑި ދިފާޢެއް ނުކުރެވުނެވެ.
މަޖިލިސް އިންތިޚާބުގައި ޕީޕީއެމް އަށް ލިބުނު ބޮޑު ނާކާމިޔާބުގެ ޒިންމާ އަދުރޭ ވެސް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ވަރަށް ގިނަ އާއްމު މެންބަރުން އަންނަނީ މީސް މީޑިއާގައި އަދުރެއަށް ފާޑުކިޔަމުންނެވެ.
އަދުރޭ އަކީ ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ މެންބަރެއްގެ ގޮތުގައި 2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ފުރަތަމަ ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން އޭނާ ފާހަގަ ކުރެވެނީ ކުރީގެ ރައީސް ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅާގެ ގޮތުގައެވެ.
އަދުރޭ މިހާރު ހުންނެވީ ކޮންގްރެސް ޕާޓީގެ ލީޑަރު ކަމުގެ މަގާމުގައެވެ. ކޮންގްރެސް ޕާޓީ އަކީ ޔާމީނަށް ޕީޕީއެމް ނުލިބިދާނެ ކަމުގެ ބިރު ހީވުމުން އުފެއްދި ޕާޓީއެކެވެ. ކޯޓުން ޔާމީނަށް ޕީޕީއެމް ލިބުމުން ވެސް ކޮންގްރެސް ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދަން ޔާމީން އޮތީ ނިންމަވާފައެވެ.
ނު ޖެހޭ ނަގާކަށް ވަހުސީ ސަރުކާރު ދައްޖާލު އީސީ އޮޅުވާލި ވޯޓް މިފަހަރުވެސް....
މީދެން މަށާ ބެހޭ ކަމެއް ތަ؟
ބޮޑުކަނޑާ ފޮނިއަނގަތަޅާ ކޮންމެމީހަކަށް ޖެހޭނެ ދަތުރު އަދުރޭ އަށް ޖެހުނީ... ރައީސް ޔާމީންވެސް ހަލާކުވެތިޔަދަނީ ތިޔަ ބޮޑާ މީހުންނާ ޖެހުނު ފަހުން ...ނިހާން އަކީވެސް އަދުރޭ އަކީވެސް ސިޔާސީ ޕާރޓީ އެއްގެ ވޮށު އައްޔަށްވެސް ކައިރި ކުރަން ހެޔޮވާވަރު ބައެއްނޫން ..
ވަރަށް ސަލާން ....
ދެދުވަހަކަށް ނޫން ދާންވީކީ އެއް ދެން ދުވަހަކުވެސް ސިޔާސީ ދާއިރާ އަށް ނާންނަންވީ.....
ހަޖަމް ކޮށްބަލަ، ކިހާ ދެރަކަމެއް، ރައްޔިތުން ނޫނެކޭ ބުނީމަ ދެން ކޮން ވާހަކައެއް
ގައުމައް ޖެހިފަ އޮއް ވަބާ އެއް
ހުރިހާ ތަނަކުން މޮޅުކާން އުޅޭމީހުން އަދުރޭމެން މިހާރު ތިތިބީ ފެއިލްވެފަ ރިޓަޔަކުރައްވާފަ މަޑޫންތިއްބަވާ. ޣައްސާންއަށް ތިޔަކަން ހވާލުކުރޭ ނިހާންވެސް އެހައްދަވާގޮތައް ޔާމީނާ މަޢުމޫނާ ރާވައިގެން ކަލޭމެން ގޮބޯހައްދަނީ ޖަމީލް އުމަރު ސައީދު ސަރީފް ވިސްނަވާތި
އަދުރޭއަކީ ޕީއެންސީގެ ރައީސް! އަހަރެންގެ ތާއީދު އަދުރޭއަށް އެބައޮތް! އަސްލު ރ.ޔާމީން އެއްދައުރަށްފަހު ފެއަށް ޖެހިވަޑައިގެން، 2018 ގައި އަދުރޭ ރައީސްކަމަށް ގެންނަން މަސައްކަތްކުރިނަމަ މިއަދަކު މިޙާލެއް އަހަރެމެންނަކަށް ނުޖެހުނީސް! ރ.ޔާމީންގެ ތާއީދުވެސް ވީހީ އިތުރު! ޙަޤީޤަތުގައި ރ.ޔާމީން މިހާރުޢަމަލު ކުރައްވާގޮތުން އެބޭފުޅާވެސް ކުރެވޭތުހުމަތުތަކަށް އެއްބަސްވާތަން ބޮޑަށްފެންނަނީ! އެގޮތަށް ކަންކުރީމަ އިތުރަށް ޕާޓީއަށްވާނީ ގެއްލުން! އަދި ސިއްދީޤަކީވެސް ހަމަ ވަރަށް ކެރޭ ރަނގަޅުބޭފުޅެއް! އުމަރު އަދި ޖަމީލަކީ މާދަމާވެސް ފިލާފާނެމީހުން!