ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމާއި ގުޅޭގޮތުން ދެމީހަކު ވާހަކަދެއްކި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މީގެ ދެދުވަސް ކުރިން ލީކް ވެފައިވާ އޯޑިއޯ އަކީ ތުޅާދޫ ދާއިރާގެ އިންތިޚާބާއި ބެހޭ ގޮތުން ދެމީހެއްގެ ދެމެދުގައި ކުރެވުނު ފޯން ކޯލެއްގެ ރެކޯޑިން އެކެވެ.

އޯޑިއޯގައި ވާހަކަދައްކަނީ ފަނޑިޔާރުންނަށް ނާޖާއިޒު ނުފޫޒެއް ފޯރުވުން ކަމަށް ބުނެ މައްސަލަ ތަހުގީގުކޮށްދޭން އެދުނީ ތުޅާދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި ގާނޫނީ ވަކީލް ހިސާން ހުސެއިންގެ ކެމްޕޭން އެޖެންޓު މުހައްމަދު އާދިލް އެވެ.

އާދިލް ވިދާޅުވާ ގޮތުގައި ތުޅާދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަކީ "ސުޕްރީމް ކޯޓުން ނިންމާފައި އޮތް ކަމެއް" ކަމަށް އޯޑިއޯގައި ވާހަކަދައްކާ އެކަކު ބުނެއެވެ.

ތުޅާދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ޤާނޫނީ ވަކީލް ހިސާން ހުސައިން އެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވީ ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި މުހައްމަދު އަތީފެވެ. ނަމަވެސް އިންތިޚާބުގައި ވޯޓް ލުމުގެ ކުރިން ޕީޕީއެމް އިން އޮތީ އަތީފް އަތުން ޓިކެޓް އަތުލާފައެވެ.

އެމްޑީޕީން މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކުރުމުން އިދިކޮޅު ފަރާތްތަކުން ކޯޓަށް ގޮސް އިންތިޚާބު ބާތިލް ކުރަން އުޅޭކަމަށް ވެސް މީސް މީޑިއާގައި އެމްޑީޕީ އެކްޓިވިސްޓުން ބުނެފައިވެއެވެ. ނަމަވެސް އެފަދަ ކަމެއް ހިނގާކަމުގެ އެއްވެސް މައުލޫމާތެއް ރަސްމީ ސިފައެއްގައި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ފުއްޕާ ހިސާން

  ޑިމޮކުރަސީ ދޮންވީދޯ ދެމީހަކު ކަރުކެހިލިޔަސް ފުލުހަށް ދުވަނީ. ފުލުހުންގެ ވެރިޔަކަށް ޅިޔަން ފަހަރިން ލާއިގެން ނުފޫޒުން މީހުންނަ އަދަބުދޭން އުޅޭނީ އަނިޔާވެރިން ހިސާން ކެރެންޏާ ކަލެއާ ދެކޮޅަށް ގެވެށިއަނިޔާގެ ތުހުމަތުކުރި މީހުންގޮވައިގެންދޭބަލަ ފުލުހަށް ނޫނީ ކޯޓަށް އެކަން ދޮގުކުރަން. ނުކުރޭނެ ދާކަށް.

  12
  1
 2. ފުއާދު

  މިއޮތީ އާ ކުކުޅަކައް ގާބިހެއް އެޅިފަ

  14
  1