ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގައި ހިފައިގެންގުޅޭ ސާމާނު ތަކެއް ވަގަށް ނަގައިގެން އުޅުނު ދެމީހަކަށް މިއަދު ފުލުހުންގެ ކުރިމައްޗަށް އެރި، އެންމެ ފަހުން ފުލުހުންގެ ބަންދަށް ދާން ޖެހިއްޖެއެވެ.

ފުލުހުން ވިދާޅުވީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނު ތަކަކާއެކު ދެ މީހަކު މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ.

މިދެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު 09:35 ހާއިރު ޕޮލިސް ވެހިކަލް ގަރާޖު ކައިރިން ފޮށިގަނޑެއް ހިފައިގެން ދިޔައިރު މި ދެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި، އެ ފޮށިގަނޑު ބަލައިފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނުމާއި ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެމީހުން ހައްޔަރު ކުރީ މިއަދު ކަމަށް ވާތީ އަދި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސެއިޚް އިލްޔާސް ސެއިހް

    މާ ގިނައިރުވެއްޖެ އަވަހަށް ދޫކޮށްލާ އެއިރުން އަނެއްކާވެސް ހައްޔަރުކުރެވޭނީ ޕޮލިހުންގެ ލިސްޓް ދިގުވެންދާނީ ދޫކޮށްލާފާ ހައްޔަރުކުރީމާ

    8
    1
  2. ޖަހާންގީރު

    ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އަންޑަރ ސީރިއަސް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޓޮޕް ޕްރިއޮރިޓީ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން … ވާނެ ކަމެއް ޙަރާމް ފޮޓޯ ޖަހާލާކަށް ވެސް ނުކުރޭ

    6
    1
  3. ކުޑަބަޖަރާ

    ކޮބާ ފޭރިގަތް ދެމިލިއަން ރުފިޔާގެ މައްސަލަ. ދެމީހުން ހައްޔަރު ކުރިޔޯ. ނޫސްވެރިންވެސް މިކަންތައްތައް ހިނގާތޯ ބެލުމެއްނޯވޭ. ބަލަނީ ކޮމިޝަނެއް އުފައްދާތޯ؟

  4. ޖ

    ހައްޔަރުކުރެވިއްޖެ އެއްނުން ދެއްދޫކޮއްލާ މިއޮތީވާއިސްލާމީގައުމެކޯ ލަދުންބޯހަލާކު

    4
    1
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮބާހޭ ރިލުވާނު.. ވެރިކަމަށް ނާދެވިގެން މީހުންގެ ސިކުނޑި ދޮވެލިއިރު، ރިލުވާނު މަންމަވެސް ޑްރާމައިގަ މަގުމަތީގަ ދެމިތަން ފެނުނު.. މިޔަދު ވެރިކަންލިބުނީމަ އެކަންކޮބާ؟ ރިލުވާނުގެ މަންމަ މިކަމާ މިހާރުގެ ވެރިކަމާ ސުވާލުނުކޮށް ތިހުންނަނީ ކިހިނެއްވެފަ؟