މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު މިރޭ އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އިއްޔެވެސް އަމީތު ފުލުހަށް ހާޒިރުވާން އެންގި އިރު ފަހުން ވަނީ އެކަން ކެންސަލް ކޮށްފައެވެ. އަމީތު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 10:00 އަށެވެ.

އަމީތުގެ ފުލުހަށް ހާޒިރުކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް މާލޭ މަގުތައްމަތީ މުޒާހަރާ ކުރަން ހިތްވަރު ދެއްވައި މުޒާހަރާއަށް ނުކުންނަން ގޮވާލެއްވި ކަމުގެ ތުހުމަތުގައެވެ.

އިއްޔެ އަމީތު ހާޒިރުވާން އެންގީ އެ މައްސަލާގައި އެންމެ ފުރަތަމަ ފުލުހަށް ހާޒިރު ކުރުމުން ދެއްވި ބަޔާާނުގައި އަމީތު ދެއްކެވި ވާހަކަތައް ފަހުމްނުވާތީއެވެ.

އަމީތު ވިދާޅުވީ އޭނާ ވާހަކަ ދެއްކެވީ ދިވެހި ބަހުން ކަމަށާއި އޭނާ ދެއްކެވި ވާހަތައް ފުލުހުންނަށް ފަހުމް ނުވީ ކީއްވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސީނާ

    ރަގަޅު ސުލޫކެއް ދައްކަމުން އައި އަމީތު މުޅިން ފަސާދަވެ އަޚްލާޤް ބޮއްސުންލައިފި! ކީއްކުރާނީ ! އެމްޑީޕީގެ ފިކުރާ ގޫލިގެން އުޅޭ އެންމެންގެ ޙާލަތަކި މިއީ!

  2. އަސްލަމް

    އޭނަ ވާހަކަދެއްކީ ރަށުބަހުން( ގައްދޫ ބަހުން) އެރަށުމީހުންގެ ވާހަކަ ދެއްކުމާއި މިލިޔާޅަމް މީހުންގެ ވާހަކަ ދެއްކުމާއި ދާދިއެއްގޮތެއް. މިހާ ފުއްޕާފައި އުޅުން މީހަކު ފުލުހަށް ގެންދިޔާމަ ދައްކާނެ ވާހަކައެއް ނެތީމަ އެވައްތަރަށް އުޅެނީ . ހަމަ ބަންދުން ދޫކުރާއިރަށް އަނގަ ލައްޕާނުލާނެ ދެން ހީވާނީ ތެއްޔަކަށް ފޯއް ގުނާހެން.