ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކު ދިވެހިންގެ އަތުން ކީއްވެތޯ ސުވާލު ކުރުމުގެ ހައްގު އޮންނާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެޑްވައިޒާ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ ރާއްޖޭގެ ބައެއްގެ ގޮތުގައި މަލިކު އޮއްވައި، އިންޑިއާ އިން އެރަށް ނަގަން ޖެހުނީ ކީއްވެތޯ ބަލަން ޖެހޭ ކަމަށާއި ، މަލިކު މައްސަލައިގައި ރާއްޖެ އާއި އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ކަމަށް ފިރިކަލުން ޖާބިރު ވިދާޅުވެފައިވަނިކޮށެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުން މަލިކުގެ ވާހަކަ ދެއްްކުމަކީ ރާއްްޖޭގެ އިސްތިގުލާލަށް ލޮޅުން އަރާނެ ކަމެއް ކަމަށް އިބްރާހީމް އިސްމާއީލް (އިބުރާ) ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައި ދިޔާނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަލިކަކީ މިހާރު އިންޑިއާގެ ބައެއް ނަމަވެސް ރާއްޖެ އަށް މަލިކު ގެއްްލުނު ސަބަބު އެގެން ޖެހޭނެ ކަމަށާއި އެ ސުވާލު ކުރެވޭނެ ކަމަށެވެ.

ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވެފައި މަޖިލިސް ތެރެއިން މަލިކާއި ލަކްޝަދްވީޕްގެ ރަށްތައް ރާއްޖެއަށް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަލިކާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެޑްވައިޒާ އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ރައްދު ދެއްވައިފިއެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ޖާބިރުގެ ވާހަކަ ސާފުކޮށްލަދޭން ބޭނުންވާ ކަމަށާއި، މަލިކާ ގުޅޭގޮތުން ޖާބިރު ޓީވީއެމްގައި ދެއްކެވީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އެ ވާހަކަތަކަކީ ސަރުކާރުގެ ވިސްނުން ނޫން ކަމަށާއި، އެއީ ޖާބިރުގެ އަމިއްލަ ވިސްނުމެއް ކަމަށް ހޫދު ވިދާޅުވެފައިވެއެވެ.

މަލިކު އަތޮޅަކީ، ކުރިން ދިވެހިރާއްޖޭގެ އަތޮޅެކެވެ. ނަމަވެސް ޖޯގްރަފީ އާއި އިޖުތިމާޢީ ޙާލަތު ނިޔާކުރި ގޮތުން އެ އަތޮޅު ވަނީ ދިވެހިރާއްޖެއިން ވަކިވެފަ އެވެ.

މިހާރު މަލިކަކީ އިންޑިއާގެ ލަކްޝަދްވީޕް ޖަޒީރާގެ ތެރޭގައި ހިމެނިފައިވާ ދެވަނަ އަށް އެންމެ ބޮޑު ރަށެވެ. މި ރަށް އޮތީ ދިވެހިރާއްޖެ އަށް ވުރެ އުތުރުގައެވެ. އިނގިރޭސި ބަހުން މިރަށަށް ކިޔަނީ Minicoy އެވެ. މަލިކާއި އެންމެ ކައިރީގައި އޮތް ރަށަކީ ދިވެހިރާއްޖޭގެ ރަށެއް ކަމުގައި ވާ ހއ. ތުރާކުނެވެ. އިދާރީ ގޮތުން މަލިކަކީ އިންޑިއާގެ ލަކްޝަދްވީޕް ޓެރިޓަރީގެ ދަށުން ހިނގާ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ދިޔާނާ ސައީދު

    މިއުޅެނީ ރާއްޖޭގައި މިހާރު ހުރި ރަށްތަކުގެ ރައްޔިތުންނަށްވެސް އެއްމެ ކުޑަވެެގެން އަސާސީ ހިދުމަތްތައްވެސް ފުރިހަމަ ނުކޮށްދެވިގެން މިފަދަ ހާލެއްގައި ރާއްޖެ އޮތް އިރު ކީކުރަން އިތުރު ބުރައެއް އުފުއްލަ އުޅެންވީ ރާއްޖޭގައި ރަށްރަށް ނެތީތަ މިތާ ތިބި މީހުންނަށް ރަގަޅު ހިދުމަތެއް ދެވޭތޯ ނޫންތަ ބަލަންވީ

    23
    52
  2. ތުވާލި

    އެބުނާހެން، ގިނަ ދިވެހިންތަކެއް ޓުރިވެންޑްރަމުގަ އުޅޭއިރު ޓުރިވެނއޑުރަމް ރާއްޖޭގެ ބަޔަކަށް ނުވާންވީ ކީއްވެތޯ ސަރުކާރުގެ ވެރިންނަށް ގައުމީ ޓީވީގަ ސުވާލުކުރެވެންވާނެތާ. އެއީތާ ސޮވެރެނިޓީއަކީ.

    30
    12
  3. ބުރޯ

    ދަިޔާނާ ވިދާޅުވަނީ ތދުފުޅެއް . މަލިކުގެއްލުނީ ކީއްވެތަ ؟ މަލިކު އިންޑިޔާގެ ދަށަށް ދިއުމަށް މެދުވެރިވީ ކޮންކަމެއް ؟ ތާރީހު ހެކިދޭގޮތުގާ މަލިކުމީހުން ވާހަކަދައްކަނީ ދިވެހިބަހުން . އައޑޫ ފޯއްމުލައް ހުވަދޫ ބަހުރުވަ އަސްވުރެ ބާލޭގެ ބަހުރުވަޔާ ގާތީ މަލިކު ބަހުރުވަ، މިއީހަގީގަތް ދިވެހި އާއީލާއާ ތިމާގެ މީހުން މަލިކުގާ އެބައުޅޭ މިއީވެސް ހަގީގަތް .އިގިރޭސިސަރުކާރުން މަލިކުގާ ނެރު ބައްތިއެއް ޖެހުމ،ަށް ދިވެހިރާއްޖޭގެ އޭރުގެ ރަސްގެފާނުގެ ހުއްދަ ހޯދަންޖެހުނީ ކީއްވެ ؟ މިއީވެސް ހަގީގަތް. އިގިރޭސި ދާރުލް އާސާރުގާ މިލިއުންތައް އެބަހުރި. މަލިކުމީހުން ވިޔަފާރިކުރަން އަންނަނީ މާލެ އާ ތިލަދުންމައްޗަށް . މީއީވެސް ހަގީގަތް . މީގެ އިތުރުން ދިވެރާއްޖޭގެ ދަކުނުން ދިވެހިރާއްޖެ އުފެދިފައިވާ ތުޑީގެ އެންމެ ދެކުނުގާ އޮތް އަތޮޅު ފޯޅުވެހި އިގިރޭސިންގެ މިލްކަކަށް ވީ ކީއްވެތޯވެސް ސުވާލުކުރެވެން ޖެހޭނެ. އެއިވެސް ދިވެހި ރާއްޖޭގެ ބައެއް ކަމާމެދަކު ސައްކެއް ނެތް. ދިވެހިރާއްޖޭގެ ހުވަދޫކަނޑުންދެކުނުގެ މީހުން ދަތުރުފަތުރުކޮށް ސިލޯނާ ބަންގާޅާ ކޮޗިން އާއި އިންޑޮނޭސިޔާއަށް ވިޔަފާރި ދަތުކުރު ކޮށް ކާބޯތަކެތި ރާއްޖެ އަށް އެތެރެ ކޮށް އުޅުނުފަދައިން ފޯޅުވެހީގެ މީހުން ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދިޔައީ މޮރިސަސް އިން މިއީވެސް ހަމަ ހަގީގަތަށް ވާއިރު ފޯޅުވަހީގެ ނަން ޑީއޯ ގާސިޔާ ގެ ނަމަށް އިގިރޭސިން ބަދަލުކޮށް އެތާގަ ތިބި މީހުން މޮރިސަސް އަށް ލުމަށްފަހު އެތަނަކީ އިގިރޭސީންގެ މިލްކަކަށް ހަދާލި ގޮތަށް މަލިކުވެސް އެއޮތީ ރާއްޖެއާ ތޮޅެމުންދިޔަ ވޯރާ އިން ނާ ގޯވާއާ ޕިޗޯރީން ހިފާ ފަ. ބާރު އޮންނަމީހުން ކުދި ތަންތަނަށް ވެރިވާ އުސޫލުން. ފޯޅުވެއްސާ މަލިކުވެސް ރާއްޖެއަށް އަބުރާ ލިބެންޖެހޭނެ.

    72
    1
  4. ހައްޤުބަސް

    ދިޔާނާ ފުރަތަމަ ސާބިތުކޮށްދީބަލަ މަލިކު ދިވެހި ވެރިކަމުގެ ދަށުގަ އޮތްކަން.. ސާފު ހެއްކާއެކު..ތޯތޯ ވާހަކައަށް ބަލައިގެނެއް ނޫން.. ވިސާނެތި ފާސްޕޯޓެއްނެތި ދުނިޔޭގެ އެއްތަތަނުން އަނެއްތަނަށް ދަތުރުކުރެވުނު ޒަމާނެއްގަ މަލިކަށްވެސް ދިވެހިމް އައިސް ގޮސްވުމަކުން އަދި މަލިކަކީ ދިވެހިންގެ ތަނެއްކަން ހާމައެއް ނުވޭ

    7
    55
    • ކިނބޫ

      ބޮޑެތި ގަމާރުން މިކަހަލަ ކަންކަމުގަ ވާހަކަ ނުދައްކާ. ދިވެހި ތާރީޚް ބަލައި ދަސް ކޮށްބަލަ ފުރަތަމަ. ތިމާއަށް ނޭނގޭ ކޮންމެ ކަމަކީ ނުވާ ކަމެއް ކަމުގަ ހީވާނީ ވަރަށް ބޮޑުތަނުން ގަމާރު ވީމަ.

      13
      1
  5. މިހާރު

    ހެޔޮ ވާހަކައެއް. ކަންހިގައިދިޔަގޮތް ވަކިން އެއީ މައްސަލެއްނޫންދޯ.

    33
    1
  6. ޢިންގިލާބް

    ކަމަނާ ތިޔަ ސުވާލު ނުކުރައްވާ. މިހާރު ހުންނާނީ އުބޫ ބިރުން މޭވިރިވިރި. މިއިން ޒަމާނެއްގައިވެސް ރާއްޖެ އަޅުވެތި ނުވާވަރަށް ރާއްޖެ މިއޮތީ އިންޑިޔާއަށް އަޅުވެތިވެފައި.

    58
    3
  7. ރައްޔިތުމީހާ

    މިސުވާލު ކޮށްބަލަ މައުމޫނާ.

    28
    5
    • ދދދދދ

      އަންޒަމާނުއްސުރެ ބަޣާވާތް ކުރަމުން އަންނަ ރަތްލާ ޖެހި ބާޣީ އާއިލާއާ ކުރަން ޖެހޭ ސުވާލެއް އެހެން މީހަކާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތް.

      7
      1
  8. ފިލާވަޅު

    އަޅުގަނޑު އިބްރާގެ ވާހަކަޔައް ތާޢީދު އަދި ދިޔާނާ އެބުނާ ވާހަކަ ޔައްވެސް މައްސަލަޔަކި ދިވެހިރާއްޖޭގައި ދިވެހި ތާރީޙް އަދި ޙަރިޖީ ދާޙިލީ ކަންކަން ސްކޫލްތަކުގައި ނުކިޔަވައި ދިނުން ޤައުމެއް ބިނާ ވަނީ ރައްޔިތުން ބިނާކޮށްގެން އަޅުންގެ ގޮތުގައި ތަރުބިއްޔަތުކޮށްގެންނެއް ނޫން

    20
    8
  9. އަބުއާ

    ކަމަނާއަށް ސާބަސް. މިސުވާލަކީ ކޮްމެ ދިވެއްސަކަށްވެސް އުފެއްދިާނެ ސުވާލެއް. އިންޑިޔާގެ ސިޔާސީ ލީދަރުންނަށް ރާއްޖެ ހިފަން ޖެހޭނެކަމަށް ވަންޏާ ދިވެއްސަކަށް މިސުވާކު ނުކުރެވޭނީ ކީއްވެ؟ ތިޔަ ދެމަފިރިކަނބަލުންނަށް ހަމަ އައްސަރިބަސް.

    41
    1
  10. ކޮރަލް

    ދިޔާނާގެ ވާހަކަ ރަނގަޅެވެ

    39
    1
  11. ރައްޔިތުން

    މަލިކު ސްކޫލް ތަކުން މިހާރުވެސް އެމީހުންގެ މާދަރީބަސް ދިވެހި ބަސް ކިޔަވަން މަޖުބޫރު. އެއީ ހަމަ ދިވެހިން އެމީހުން މޮށެ އުޅެނީ ދިވެހި ބަހުން ސައްލާކޮށް މައްލަވަ ކުރަނީ ވެސް.

    43
    1
  12. ކަނޑަައްމުގޫ

    މަލިކުއެއީ ދިވެހިރާއްޖޭގެ ރަށެއް މިކަމައްމުޅިދުނިޔެވެސް ހެކިވާނެ އެހެންވީމަ އެކަމާނޫޅެންވީ ސަބަބެއްނެތް ހަމަހޯދުނުގޮތަކުން ހޯދަންވީ ޖާބިރުބެސްޓް

  13. އިބޫ

    ދާހިލީ ހަމަނުޖެހުމެއް ގެ ސަބަބުން އޭރު އެކަން އެގޮތަށް ވެފަވެދާނެ މިހާރު މިވާގޮތް ބަލަމާ އަދި މިކަމަށް ބަސްކިޔަމާ ބަހީ މީ އެންމެންގެވެސް ޤައުމު އެލެކްސް ވެސް މޫން ވެސް މަގޭ ވެސް

    29
    1
  14. އާދަނު

    މަލިކަކީ ޖިއޮގްރަފީ ގޮތުން ރާއްޖޭއަށް ގެއްލިފަވާ ރަށެން ނޫން ރާއްޖޭގެ ވެރިޔެއް އޭނަގެ އަމިއްލަ ފައިދާ އަށް އިންޑިޔާއަށް ވިއްކާލި ރަށެއް.

    9
    1
  15. ދިޔާލޮލީ

    މަލިކު ގެއްލުނީ އެޒަމާނުގަ އުޅުނު ޣައްދާރު "ލޮލީ" ތައް ގައުމު ވިއްކައި ކެއިމައެއްނު. އަބަދުވެސް މި ގައުމުގަ އެބައި އުޅޭނު އެބަ.

    5
    1
  16. ދޮގެއް؟

    ދުވަސްކޮޅަކުން މުޅި ދިވެހިރާއްޖެވެސް އޮންނާނީ މަލިކު ފަދައިން އިންޑިއާގެ ބައެއްގެ ގޮތުގަ. ނިކަން ބަލަން ތިބޭ.

    10
    1
  17. ދދ

    މަލިކު އަތޮޅު ރާއްޖޭގެ ބައެއްގެ ގޮތުގައި ކުރިން އޮތްކަމަށްވާނަމަ މަލިކުއަތޮޅު އިންޑިއާގެ ސަރަހައްދެއްކަމުގައި ހަމަޖެހުނުގޮތުގެ ތަފްސީލް
    ތައް ދިވެހިންނަށް އެނގެންޖެހެއެވެ އަދި އެތަފްސީލްތައް ހާމަކުރުމަށް ސަރުކާރަށް ގޮވާލަމެވެ.

  18. މަލިކު

    މިއުޭޅޭ ޔާމީނު ކަހަލަ ވެރިއަކު އެރީމ