ރޯދައާ ދިމާކޮށް އެސްޓީއޯއިން ފިޔާ އަލުވި އަދި ބިސް ރީޓޭލްކޮށާއި ހޯލްސޭލްކޮށް ވިއްކާނެ ހެޔޮ އަގުތައް އާންމުކޮށްފިއެވެ.

މިއަދުން ފެށިގެން އެކުންފުނީގެ ފިހާރަތަކުން ރީޓޭލްކޮށް ފިޔާ ކިލޯއެއް ހަތް ރުފިޔާއަށް ވިއްކާނެއެވެ. އަލުވި ކިލޯއެއް 8.50 ރުފިޔާއަށް ވިއްކާއިރު، ބިހެއް 1.50 ރުފިޔާއަށް ވިއްކާނެ އެވެ.

ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 140 ރުފިޔާއަށް ވިއްކާއިރު، އަލުވި ބަސްތާއެއް 180 ރުފިޔާ އަދި ބިސް ކޭހެއް 270 ރުފިޔާއަށް ވިއްކާނެއެވެ.

އެސްޓީއޯއިން ގަނޑުކޮށް 25 ބަސްތާއަށްވުރެން މަތިން ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 130 ރުފިޔާއަށް ވިއްކާނެއެވެ. 25 ބަސްތާއަށްވުރެން ގިނައިން އަލުވި ބަސްތާ ނަގާ ފަރާތްތަކަށް 170 ރުފިޔާއަށް ވިއްކާނެއެވެ. އަދި ބިސްކޭސް ގަނޑުކޮށް 25 ކޭހެއް ހަމަވާނަމަ 260 ރުފިޔާގެ ރޭޓުން ވިއްކާނެއެވެ.

އެސްޓީއޯ ސުޕަމާޓުން ރޯދައަށް ފިޔާ އާއި އަލުވި އަދި ބިސް ވިއްކަން ފަށާފައި ވާއިރު އެސްޓީއޯ ރީޖަނަލް ފިހާރަތަކުން މި ތަކެތި ވިއްކަން ފަށާނީ މި މަހުގެ 27 އިން ފެށިގެނެވެ.

ކިޔުންތެރިންގެ ހިޔާލު