ވަކި ޝެޑިއުލްއެއްގެ ދަށުން ދަތުރު ކުރާ އެންމެހާ ފެރީތަކާއި ސްޕީޑްބޯޓުތަކުގެ މައުލޫމާތު ލިބޭ އެޕެއް ޓްރާންސްޕޯޓު މިނިސްޓްރީން ތައާރަފުކޮށްފި އެވެ.
"ނިއަމި" ނަމަކަށް ކިޔާ މި އެޕްލިކޭޝަން ލޯންޗުކޮށްފައި ވަނީ މިއަދު ޓްރާންސްޕޯޓު އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
މިވަގުތު ނިއަމި އެޕްލިކޭޝަން ލިބޭނީ ގޫގަލް ޕްލޭއިންނެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެޕަލް ސްޓޯރުންވެސް އެ އެޕްލިކޭޝް ލިބިގެންދާނެ އެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދެމުންދާ ކަނޑުދަތުރުގެ ހިދުމަތްތައް ފެނިގެންދާނެ ކަމަށް ޓްރާންސްޕޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވަނީ މިއަދު ވިދާޅުވެފައެވެ.
"ދައުލަތުން ދެމުންދާ ފެރީތަކުގެ ހިދުމަތުގެ ހުރިހާ މައުލޫމާތެއް މި އެޕްލިކޭޝަނުން ލިބިގެންދާނެ، މިވަގުތު އެޕްލިކޭޝަނުން ފެނިގެންދާނީ ސަރުކާރުގެ ތިން ކުންފުންޏަކުންދޭ ފެރީތަކުގެ މައުލޫމާތު ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަމިއްލަ ކުންފުނިތަކުގެ ފެރީތަކުގެ މައުލޫމާތުވެސް އެޕުން ފެނިގެންދާނެ " އޭނާ ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ ބޭނުންވާ ތާރީހެއްގައި ފެރީ ބޭނުންވާ ތަނަކަށް ދާން ޝެޑިއުލްކޮށްފައި ފެރީއެއް ނެތް ނަމަ އެކަން އެނގިގެންދާނެ ކަމަށާއި ނިއަމި އެޕްލިކޭޝަން އިން ބޭނުންވާ ތާރީހެއްގައި ބޭނުންވާ ތަނަކަށް ދަތުރު ކުރާ އެންމެހާ ފެރީތައް ފެނިގެންދާނެ ކަމަށެވެ.
އެޕްލިކެޝަނެއް މެދުވެރިކޮށް ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ވިއުގަ ފެންނަ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ތިނަންކިޔާ އެޕެއް ޕްލޭ ސްޓޯރުގައި އަދި ނެތް.
ސާބަސް ލޯބި މަށަ ވެސް އަމިއްލަ ރޭޑިއޯ ތާއާރަފް ކޮއްދީބަލަ މަޖާކުރަން