ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލާފައިވަނީ ކުށެއް ކޮށްގެން ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން ހައްޔަރުކުރީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތުތަކެކެވެ.

ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ރައީސް ސާލިހުގެ ސަރުކާރުގައި މިނިވަންކޮށްފައެވެ. މިއަދު މައުމޫން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ ޖަލަށްލީ އޭރުގެ ސަރުކާރުން ކުރަމުންދިޔަ ކަންތައްތަކާ ދެކޮޅަށް އަޑުއުފުލައި ހެދުމުން ކަމަށާއި އެއްވެސް ހާލެއްގައި ކުށެއް ކޮށްގެން ނޫން ކަމަށެވެ.

އަދި ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމާ ގުޅިގެން އެކަމާ އެމަނކިފާނު އެކަމާ ދެކޮޅަށް އަޑު އުފުއްލެވިކަން ފާހަގަކުރައްވަމުން މައުމޫން ވަނީ އެކަން ކުރެއްވީ ވެސް ގައުމީ ވާޖިބު އަދާކުރުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު އެކަންވީ އެމަނިކުފާނާ މެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުއްވި ކަމަކަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު ވެސް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    އެހެބްވިއްޔާ ބެއްޔަގެ ވެރިކަމުގެ 30 އަހަރުގައި ނިކަމެތި އެތަކެއް ރައްޔިތުންނެއް ޖަލަށްލައި ދީނަށް ލޯބިހުރި މީހުންގެ ތުނބުޅިތައް ޗިލީސޯސްލައިގެން ބާލައި އެތަކެއް ބަޔެއް ވީނުވީތަނެއް ނޭގިގެއްލި މި ހުރިހައި ކަމެއް ދެއްކީ އެމީހުން ކޮން ކުށެއް ކޮށްގެން.......... ދެން ބުނެ މަށެއްނޫނޭ އެކަން ކުރިއްޔެއް. އެކަން ކުރީ ނަޞްރީނާގެ ފިރިމީހާއޭ!

    21
    1
  2. އިންސާފު

    ކަލޭގެ 30އަހަރުގައިވެސް ކުށެއްނެތި އެތައްބަޔަކަށް ނުހައްޤުން އަދަބު ލިބުނު ވާހަކަތައް އެހުރީ ދިވެހި ތާރީޚުގަ ލިޔެވިފައި، ކަލޭގެ ވެރިކަން ދިފާއުކުރަން ހިތުހުރިބަޔަކަށް ދިންގޯތިތައް އެހުރީ ބުރުޒުމަގުން ދެކުނަށް މީވާ ކަލޭ ތީމުގެ ހަދާ ނިންމާފަ އެގޭގަ އުޅެމުން، ބުނީ ރައްޔިތުންގެ ރުހުންނުހޯދާ އެވަރުގެ ކަމެއްކުރެވުނީމަ އެއީ އެހާ ރަނގަޅުކަމެއްނޫނޭ. ކަލޭވެއްޖެއެއްނު މަޑުންހުންނަން،

    39
    3
  3. އިންސާފު

    ތިޔަބޭފުޅާ، ހޭބަލިފުޅުވީތޯ؟. ދެންފަހެ، މަނިކުފާނުގެ ރަން ތިރީސް އަހަރުގަ ވީ ކިހިނެއްކަން ،ހަފްތާ، ދުވަހުގެއަލި، ސަންގު، ހުކުރު، މިނޫސްތަކުގައި އެހުރީ، ތާރީޚުގައި ލިޔެވިފައި،

    37
    2
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިކަހަލަ ކުށެއްނެތް ކިތައްމީހުން ކަލޭގެ 30 އަހަރުގެ ވެރިކަމުގަ ހައްޔަރުކޮށް ޖަލަށްލިން؟ ކަލޭ ހައްޔަރުކުރީމަ ވަރަށް ބޮޑުކަމަކަށް ވެއްޖެދޯ؟

    19
    1
  5. ގޮޅާބޯ

    ކަލޭވަރުގެ ދޮގުބުނާ މީހަކު ހިޔެއްނުވެ މިއުޑުދަށުގަ ހުންނާނެހެނެއް މިހާރުދެން ވަރައް މޮޅުވެއްޖެ އެއްނުން ވަރައް ރީއްޗައް މެންބަރު ކަމައް ހޮވިއްޖެއެއް ނުން މިހާރު ތިތިބީ ދެބަފައިން ނައް އަލަކެވިފަ ދެންވެސް މަޑުން ހުރެވޭތޯ ބަލާބަލަ

    21
    1
  6. ހުސެއިނީ

    ކަލޭ ސަޖިދައިގަ އޮއްވާ ގެންދިޔައީ. މައުމޫން ކަލޭ އަނގައިން ތެދެއް ހަދާނެތަ؟ ޔާމިންގެ ވެރިކަން ވައްޓާލަން މެންބަރުންނަށާއި ފަނޑިޔާރުންނަށް ކަޅުފައިސާ ބެހީ ކަލޭގެ ރޭވުމާއި އެއްގޮތަށް. މީހަކު ހޭބަލި ނުވާނެތަ؟

    26
    1
  7. ނާޒުކު

    ތިޔާ ބޭއުޅާ ތިޔާހެން ވިދާޅުވިޔަސް ކާކުބާ އަޑުއަހާނީ. އައްނިވެސް ތިޔާ އަޑު މިހާރަކު ނާހަނެ. އެހެންވީމަތާ. ގޮޑި ނުލިބުނީ. ތިބާ ދުލުން ކިޔާތަކެތި ލިޔުއްވާ ފަރާތެއްވާކަން ގަބޫލުކުރަންތޯ. އެހެންވާނަމަ، ކޭތައެއްގެ ވާހަކަ ދެއްކެވިންތަ. އިންޑިޔާއަށް އަމިއްލަބޭނުމުގައި ކިތައްފަހަރު ދިޔައިންތަ، އަދި އެތަނުގެ ޔަހޫދީންނާ ބަދަލުކުރިންތަ. ދެންވެސް މަޑުން ހުރެވޭތޯ ބަލާ. ސަލާމް

    13
    1
  8. ދާއިމު

    މިހިރަ ދޮގުވެރި މީހެއް ނިކަން ދެކިބަލާށެވެ. ޤާނޫނީ ވެރިކަމެއް ވައްޓާލުމަށް ގޮވާ އެކަމަށް ހިތްވަރުދިނުމަކީ ޤާނޫނީ ކުށެއް! " ކީއްކރަންތޯ އިންތިޚާބަށް ލަސްކުރަންވީ؟ މހާރުންމިހާރަށް މިކަން ނިންމަންވީ!" މިއީ މީނަ ކީ ވާހަތަކުން ތަންކޮޅެއް! މީނަ ވަރަށް ފާޅުވާ އެގޮތަށް ގޮވައިލިކަން އެންމެންނަށްވެސް އެގޭނެ. މިފަދަ މައްސަލަތައް ފުލުންނަށް ހުށައެޅުމުން ފުރަތަމަވެސް ފުލުހުން އެދޭނީ ފޯނު ދިނުމަށް! މީނަ ފޯނު ނުދީ ހިފެހެއްޓި! އެއީ އަމުރަށް ނުކިޔަމަންތެރިވުން. އެކަމަށް ޤާނޫނުގައި އަދަބު ކަނޑައަޅާފަ އެބައޮތް! އެއީ މީނަޔަށް ދިން އަދަބަކީ! ކުށެއްނުކުރަމޯ ދައްޖާލު ބނެފިއެއްނު!

    13
    1
  9. ލަބީބު

    ނުފޮކާ ހުންނަވާ! ތިޔައީ މިހާރު އަންނިގެ އަޅެއް! އޭނަގެ ކޮންމެ ޢަމަލަކަށް ތަޢުރީފްކޮށްގެންނޫނީ އޭނަ ކައިރީ ނުހުރެވޭނެ! ތިޔައީ މިހާރު މީހެއްނޫންކަން އިންތިޚާބުން ސާފު! ރީތި ރާގަކުން ދާނޭމީހެއް ތިޔައީ!@

    13
    1
  10. ޒާ

    މައުމޫނުގެ ވެރިކަމުގައި ހައްޔަރު ކުރި އެންމެންނާއި ޖަލުގައި އަނިޔާކޮށް މަރާލި މީހުންނާއި ރަށްރަށަށް އަރުވާލި އެންމެންނަކީ ކޮން ކުށެއް އޮވެގެން އަނިޔާ ދީ މެރި ބައެއްކަން މައުމޫނު ބުނެދީބަލަ.

    3
    1