ޕީޕީއެމްއަކީ އެތައް ހާސް ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ޕާޓީއެއް ކަމަށާއި، މާދަމާ ޕީޕީއެމްގެ ޕީޖީ ލީޑަރުއަކަށް ހުންނަން އެންމެ ތާއީދު ކުރަނީ ނައިފަރު ދާއިރާގެ މިހާރުގެ މެމްބަރު، އަދި 19 ވަނަ މަޖިލީހުގައިވެސް އެދާއިރާ ތަމްސީލު ކުރައްވާ އަހުމަދު ޝިޔާމް ކަމަށް، ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން އެހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ނިހާން އެފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު، ނިހާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕުން ފެއިލްވި ހުރިހާ އެންމެން ދުރަށް ދާން ޖެހޭ ކަމަށެވެ.

"އާ ލީޑާޝިޕަކަށް ޖާގަ ދޭން ޖެހޭ. 2017 ކައުންސިލް އިންތިޚާބު އަދި 2018 ރިޔާސީ އިންތިޚާބުގެ އިތުރުން 2019 މަޖިލިސް އިންތިޚާބު ޕީޕީއެމް އަށް ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން. އެ އެންމެން އިސްތިއުފާ." ނިހާން ވިދާޅުވިއެވެ.

ނިހާން ވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު ކަމުން ވެސް ރޭ އިސްތިއުފާ ދެއްވާފައެވެ.

ނިހާން ރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އަކީ ވަރަށް ކުރު މުއްދަތެއްގައި ރާއްޖޭގެ ވެރިކަމާއި ހަމައަށް ދަތުރު ކުރި ޕާޓީއެއް ކަމަށެވެ. ޕާޓީ މިހާތަނަކަށް ހޯއްދެވި ހުރިހާ ކާމިޔާބެއްގެ ޙައްޤުވެރި ފަރާތްތަކަކީ އާއްމު މެންބަރުން ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

ނިހާނަކީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް އަށް ލިބުނު ބޮޑު ނާކާމިޔާބަށް ފަހު ޕާޓީ ރިފޯމް ކުރުމަށް ގޮވާލި އެޕާޓީގެ އެންމެ ސީނިއާ މެންބަރެވެ. ނިހާން ފިޔަވައި ޕީޕީއެމްގެ ސީނިއާ ބޭފުޅަކު އަދި މިހާތަނަށް ޕާޓީގެ ވެރިންގެ އިސްތިއުފާއަށް ގޮވާލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޮރުކޮށި

    ކޮބާ ބާރަށް ނޫނާރުނަގާ މީހުންގަޔަށް ކޯދޮވި ވިއްޖެއެންނު ތީއިންސާނުން ކަރާމަތް ނަގާލާ މީހެްއް ޔަހޫދީންނަށް ވުރެ ނުލަފާމީހެއް ދެންއަތްޖަހާ ދެންފައިޖަހާ ދެންބޯޖަހާ

    9
    2
  2. ސަދީ

    ނިހާނަކީ ވަރަޢްކިބުރުވެރި މީހެއް

    2
    1
  3. އަލީ

    ޕޕމ ގެ ޕީޖީ ލީޑަރުކަމަށް ސިޔާމް ރަގަޅު. ސިޔާޟާޚި ރައީސް ޔާމީނަށް ވަރަށް ލޯޔަލް ބޭފުޅެއް! އަދި ޕާޓީގެ މެމްބަރުން ބަލައިގަންނަ ބޭފުޅެއް!

    2
    1