ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީ އަށް ބަދަލުގެނައި އިރު، އެކަމާއި ދެކޮޅަށް ބަސް ވިދާޅުވާން ކެރުނު ހަމައެކަނި ލީޑަރަކީ ރައީސް މަޢުމޫނު ކަމަށް ނާދިރާ ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ނާދިރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ބިން މިލްކުކުރުމާއި ދެކޮަޅަށް ވަކާލާތުކޮށް، އެކަމުގައި ޤައުމީ ވިސްނުން ނެރެފައިވާތީ ޝުކުރު ދަންނަވާ ކަމަށާއި، ބިލް މިލްކު ކުރެވޭގޮތަށް ޤާނޫނު އަސާސީ ބަދަލުކުރަން މަސައްކަތްކޮށްފައިވަނީ ނާދިރާވެސް އެ ޕާޓީއަކަށް ނިސްބަތްވާ ޕާޓީންގެ ބަޔަކު އިސްވެ ތިބެ ކަމަށެވެ.

"އަޅުގަނޑުމެން އެ ޕާޓީއަކަށް ނިޞްބަތްވި ބަޔަކު އިސްވެ ތިބެ، ޤައުމުގެ ބިން ބޭރު މީހުންނަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ބަދަލުގެނައި އިރު، ފާޅުގައި އެކަމާއި ދެކޮޅަށް ބަސް ވިދާޅުވި، ހަމައެކަނި ލީޑަރަކީ ރައީސް މަޢުމޫނު. ޤައުމީ ވިސްނުމުގައި ރައްޔިތުންގެ ހައްޤަށް ވަކާލާތުކޮށްދެއްވީތީ، ޝުކުރިއްޔާ." ނާދިޔާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވާލަން މިއަދު ވަނީ ފާސްކޮށްފައެވެ.

މިއަދު ބާތިލު ކުރެވުނު މި އިސްލާހަކީ 2015 ވަނަ އަހަރު ވިލިމާލޭ ދާއިރާ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާހު ބާތިލު ކުރަން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި ފޭރާން

    މިގަމު ހަލާކު ކުރި މޭސްތިރި އަކީ ކާކުތޯ

  2. Anonymous

    މިގަމަކިީމަސްވެރިޖަޒިީރަާފިނޮލެ ބަޔަކުބުރަމަސަތްކަތުން މިގައުމު ގައުމެއްގެގޮތުގަާ ދުޔެއައްދައަާލިީ. ގައުމުގެހަާލަތު އެގެޭނިީއެއިރުގައުމުއޮއްގޮތް ދުއްބަޔަކައް. ސުވަާލަކިީ. ކިޔަވަާގެންތިބިީކިތައްމިީހުންތ؟...............