ޕްރޮސެކިއުޓަރ ޖެނެރަލް މަސައްކަތް ކުރަން ޖެހޭނީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

މިއަދު ކްރިމިނަލް ކޯޓް ކައިރީގައި ހުންނަވައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރަޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ މިނިވަން މުސްތަގިއްލު ޕްރޮސެކިއުޓަރ ޖެނެރަލް އަކީ ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރަން ހުންނަން ޖެހޭ މީހެއް ކަމަށެވެ.

" އަޅުގަނޑުމެންނަށް މިފެނިގެން ދިޔައީ ޕްރޮސެކިއުޓަރ ޖެނެރަލް ވަކި ފަރާތަކަށް ޖެހި ބަޔާން ނެރުނުތަން. ގާނޫން އަސާސީ ބުނާ ގޮތުން އެމީހެއްގެ މައްޗަށް ކުތް ސާބިތު ނުވާހާ ހިނދަކު އެމީހަކީ ކުށުން ބަރީއަށް ވެގެން ވާ މީހެއްކަން ވަނީ ބަޔާން ކޮށްފައި. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ ބަޔާނުގައި ވަނީ އެތަަށް ދިވެހި ރައްޔިތުންނެއް ބަދުނާމު ވާގޮތަށް ވާހަކަތަށް ހިމަނާފަ" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ކޯޓުގައި ދައްކަން ޖެހޭ ވާހަކަތަށް ޕީޖީ އަމިއްލައަށް ނިންމަވައިގެން ވާހަކަ ދެއްކުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

" އަޅުގަނޑުމެން މިކިޔަނީ މިނިވަންކަމާއެކު މައްސަކަތް ކުރަން ޖެހޭ މީހެކޭ ޕްރޮސެކިއުޓަރ ޖެނެރަލް އަކީ. ހުރިހާ ރައްޔިތުންގެ ހައްގުގައި ވަކި ފަރާތަކަށް ނުޖެހި މައްސަކަތް ކުރަން ހުންނަން ޖެހޭ މީހެއް އެއީ " އަލީ ހުސެއިން ވިދާޅުވިއެވެ.

ފަބްލިކް ޕްރިސެކިއުޓަރުންނަކީ އާއްމުންގެ ދިފާއުގައި ހުންނަ ފަރާތް ކަމަށް ވިދާޅުވެ އަލީ ހުސެއިން ވަނީ ޕީޖީ އަކީ ކުށުގައި ހައްޔަރު ކުރާ ފަރާތުގެ ދިފާއުގައި ވެސް ހުންނަ ޖެހޭ މީހެއް ކަމަށް ވިދާޅުވެފައެވެ.

ދާދި އަވަހަށް އުފާވެރި ހަބަރު ތަކެއް ލިބިގެންދާނެކަން ހާމަކުރަމުން އަލީ ހުސެއިން ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ސާބިތުކަން މަތީގައި ތިބުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ބެހޭ ކަންތަކާބެހޭ. ނުބެހޭ ކަންތަކާ ނުބެހި އަނގަ ނުބާނާ. ރައްޔިތުންގެ ހައްގުގައޭ ކިޔާކައް ލަދެއް ނުގަނޭތަ އައްޔާ. ކޮބާ ކެންދޫ ދާއިރާގެ ރައްޔިތުންގެ ހައްގު އެހައްގައް އަލީ ވަނީ އަރާގެންފަ. ދާއިރާގެ ރައްޔިތުން ވޯޓުދިނީ ލާދީނީ ބައިގަނޑު ބަލައިނުގަންނާނީ. އަލީ ހުސޭނު އިސްތިަުފާ

  2. ހުސައިން

    އެއީ ތެދެކެވެ. ވަރށް އަވަހަށް އުފާވެރި ޚަބަރުތަކެލިބޭނެއެވެ. ބްރިޖް ހުޅުވާ ޚަބަރެވެ. 25 ބުރީގެ ހޮސްޕިޓަލް ހުޅުވާ ޚަބަރެވެ. މިފދަ ގިނަ ޚަބަރުތަކެއް ޖުލައި 26 ގައި ލިބޭނެއެވެ

  3. ވަލީދު

    ރައްޔިތުން ސާބިތުކަންމަތި ތިއްބެވުމަށް އައްޔަ އެކުރި އިލްތިމާސަށް ތާއީދުކުރަމެވެ. އޭރުން ރައްޔިތުން ބޭނުންވާ ތަރައްގީ ފެންނާނެއެވެ. ރައިސް ޔާމީނާއެކު ސާބިތުވެ ތިއްބަވާށެވެ!

  4. ކޮލެޖް

    އަނެއްކާ އުފާވެރިޚަބަރެއް ލިބެނީ އިދިކޮޅު ލާދީނީ ބައިގަނޑު އަބަދުވެސް ގެނެސްދެނީ ދެއިރު ދެދަޅައަށް އުފާވެރި ޚަބަރުތަކެއް އެންމެފަހުން މިލިބުނީ ލާދީނީ އަންނިގެ ރޭވުމުގެ ދަށުން މައުމޫނު ޖަލައްލިޚަބަރު ވަރަށް އުފާވޭ މިއަދު.

  5. އަހުލާމު

    ކަލެޔަށް ތިނޫން ދުވަހެއް އާދޭތަ؟ ޢަބަދުވެސް ވ އަވަސް ވ އަވަސް ދުވަހަކުވެސް ނުވެއް ނިމޭ އަސްލު ކަލޭތީ އެމް.ޑީޕީ މީހެއް

  6. Anonymous

    ޕީޖީ ރައްޔިތުންގެ ހައްގުގަ. އަލީހުސޭނުއައްވެސް ހަވާލުކުރީމޭ ދާއިރާގެ ރައްޔިތުންގެ ހައްގު. ޢެހައްގު ކޮބާ

  7. Anonymous

    އަލީ ހުސައިން ކިޔެވީ ކޮންތާކުން؟ ސެޓްފިކެޓް ބާތިލް ކުރަންޖެހޭނެ. ޕަރޮސިކިއުޓަރ އަކީ ދައުލަތުގެ ފަރާތުން އާއްމުންނާ ދެކޮޅަށް ވަކާލާތު ކުރާފާތް. ޔައުނީ ކުއްވެރިންނާ ދެކޮޅަށް ދެންތިބި ރައްޔިތުންގެ ރައްކަލަށް ކުށްވެރިޔާ ޖަލު ގޮޅިއަށްކާން ވަކާލާތު ކުރާ ފަރާތް ޕީޖީ އަކީ. ޕްރޮސިކިއުޓަރ އެކިއުޒްއާ އެއްކޮޅަށް ވަކާލާތު ކުރަންޏާ ކުއްވެރިޔާ ވީ އޭނާއާދެކޮޅަށް ވަކާލާތު ކުރަންދޯ؟

  8. Anonymous

    އަލީހުސޭނުއައްވެސް ހަވާލުކުރީމޭ ދާއިރާގެ ރައްޔިތުންގެ ހައްގު. ޢެހައްގު ކޮބާ

  9. ތޫބާ

    ޕާޓީނޫންމީހަކުކަމަކުބުބުނެފީޔާތިމާގެ ނުލަފާކަންދައްކާލާނަމޭ ގައުމުގެރައީސުވިދާޅުވިހަނދާންއެބަހުރި ފުލެޓުދޭނީ މަސައްކަތްކުރިމީހުންނށޭބުަނިހަނދާންއަދނުނެތޭ

  10. ގާސިމޫ

    ހަމަ ރަނގަޅަށް؟ ޕީޖީ މަސައްކަތް ކުރަންޖެހޭނެ ވަކިވަކި ފަރުދުންނާއި ހާއިނުންގެ ކިބައިން ގައުމު ސަލާމަތް ކޮށްދޭންވެސް. ގާނޫނީ ވަކީލުންގެ ކަޅު ކޯޓުތަކުގައި ތިބި މުޖުރިމުންވެސް ހިމެނޭގޮތަށް.

  11. ޙަފްޞާ / މާލެ

    މިހާރު މިލިބޭ އުފާވެރި ޚަބަރުތައް މަދެއްނޫނެވެ. ހުރިހާ ބާޣީންގެމައްޗަށް ޝަރީޢަތްހިންގާތަން އެބަ ފެނެއެވެ. އިރާދަކުރެއްވިއްޔާ ދެން އެންމެ އަވަހަށް ލިބޭނޭ އުފާވެރި ޚަބަރަކީ ސްޕްރީމްކޯޓު މެދުވެރިކޮށް ގެންނަން އުޅުނު ބަޣާވާތް ، އިމަށް ފަޅާއަރާ އެ ބަޣާވާތުގެ އެންމެނަށް ޓެރަރިޒަމްގެ ކުށް ޘާބިތުވެ ކޮންމެ ބާޣީއަކު މަދުވެގެން 10 އަހަރަށް ޖަލަށް ޙުކުމް ކުރިކަމުގެ ޚަބަރެވެ. ކަލޭ ރައްޔިތުންނަށް ޙަރާމްކޯރުވެ ގޮނޑި ގެއލޭދުވަސް އެއީ އަނެއް އުފާވެރި ޚަބަރެވެ. ބޮޑަތި މަޝްރޫޢުތައް ނިމި އެތަންތަނުގެ ބޭނުން ރައްޔިތުން ހިފާތަން ފެނުމާއި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުވެ ހުވައިކުރުން އެއީ އަނެއް އުފާވެރި ޚަބަރެވެ. އިންޝާއަﷲ މި އުފާވެރިކަންތައްތައް ދިވެހިންނަށް ދާދި އަވަހަށް ފެނިގެން ދާނެއެވެ.

  12. ކަރާ

    ކަލެއަށްތަ އެގެނީ ޕީ.ޖީ ކަންތަށް ކުރަންޖެހެގޮތް، އެއީ ތިގޭބަދިގޭ ކައްކަން ގެންގުޅޭ މީހެއްތަ؟
    އަހަރުމެންނަށް ފެންގެން ދިޔައީ ކަލޭމެން ބަޣާވާތްކުރަން އުޅުނުތަން .... ދަޅުކަނޑި ދައްކާ ވާހަކަ

  13. ރުޒާނާ ޗޮއްޕަޓު

    އަނގަ ހޮހަޅައެއްހެން ހަދައިގެން ހުރެ ހަމަ ރަނގަޅަށޭ ތިބުނީ. މީހަކު ތިކަމަކާ ދެބަހެއް ވެއްޖެތަ؟ ކަލޭގެ ބައިގަނޑަށް ހޭހަން ކުރަން ޖެހޭނެކަމަށް ބުނަން އުޅެނިކޮށް ތިބުނެވުނީ ހަމަ ރަނގަޅަށޭ.

  14. ޝަރަފު އިބްރާހީމް

    އިންސާނުންގެ ބަލިފަޔަކީ ދޮގު ވާހަކަތަކަށް އިޙްތިރާމްކުރުމެވެ. އެފަދަ ވާހަކަތައް އަޑުއެހުމަށް ޝަވްޤުވެރިކަން ހުރުމެވެ. ނުބައި ޢަމަލުތަކަށް ހިތްދޫވެ ހެޔޮކަންތަކާ ފެޔަށް ދިޔުމެވެ. މިއީ އިންސާނީ ޠަބީޢަތެކެވެ. ކާލިގަނޑު ޓީވީން ގެނެސްދެނީ ދޮގުކަން އެންމެނަށްވެސް އެގެއެވެ. އެމީހުން ގެނެސްދޭ ވާހަކަތަކާ ފަހުން ވާގޮތާ މުޅިން ތަފާތުކަން އެނެމެނަށްވެސް އެގެއެވެ. ދާދިފަހުން ޔޫޓިޔުބާއި ފޭސްބުކްގައި ލީކުވި ފުލުހުންގެ އޯޑިޔޯ ބަލާލާށެވެ. ފަހުންވީގޮތް ދެން ބަލާލާށެވެ.

  15. ނިޝްމީ ޙާމިދު

    މިހިރ ގަމާރަކާމެދު ޢަޖައިބު ވެދާނޭނުންހެއްޔެވެ؟ ޕީޖީ އެ ބަޔާން ނެރުނީ ރައްޔިތު އެންމެންގެ ޙަޤުގައެވެ. އެފަދަ ކަންތައްތައް ފޮރުވުމަކީ ޕީޖީ ރައްޔިތުންނަށް ޙައްޤު ނުދިނުމެވެ. ޕީޖީ އެފަދަ ބަޔާނެއް ނެރޭނީ ކަމުގެ ޙަޤީޤަތް ބަލާ ދިރާސާކުރުމަށްފަހުގައެވެ. ވަރަށް ސާފްކޮށް އެ ބަޔާނުން އެގެނީ ސްޕްރީމްކޯޓުން ނެރުނު އެ އަމުރަކީ ޤާސިމަށް ވިޔަފާރިއުޞޫލުން ނެރެދިން ވިޔަފާރި އަމުރެއްކަމެވެ. އެކަމަށް ޤާސިމުވެސް ވަނީ އެއްބަސްވެފައެވެ. "އަޅުގަނޑުމެން ސްޕްރީމްކޯޓުން އަމުރެއް ނެރުނީމާ.........." މި ބުނެވުނީ ކީކޭހެއްޔެވެ؟

  16. އިބޫ

    ޑިމޮކްރަސީ ހަބޭސް