ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ދެ މިލިއަން ޑޮލަރުގެ ތަކެތި ހަދިޔާކޮށްފިއެވެ.

ޖަޕާނުން ރާއްޖެއަށް ހަވާލުކުރި އުޅަނދުތެކެވެ. އޭގެ ތެރޭގައި.28 ކާރާއި، ލޯންޗަކާއި، ވައިޖަހާ ވައްތަރުގެ ދެ ބޯޓް (ރިޖިޑް ހަލް އިންފްލޭޓަބަލް ބޯޓް) ހިމެނެއެވެ.

މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތީގެ ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރާ ކެއިކޯ ޔަނާއީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެލެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ ވަނީ، ޖަޕާނުން ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން ފުލުހުން ކުރަމުން ގެންދާ މަސައްކަތަައް އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.

ޖަޕާން ސަރުކަރުން ހަދިޔާ ކުރި ވެހިކަލްތައް - ފޮޓޯ: ޕޮލިސް

ސަފީރު ކެއިކޯ ޔަނައީ ވިދާޅުވީ ފުލުހުންނާއި ހަވާލުކުރެވުނު މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ރާއްޖޭގެ އަމަން އަމާންކަން ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގައި މި ވަސީލަތްތަކުގެ ބޭނުން އޭގެ އެންމެ ހެޔޮގޮތުގައި ހިފާނެކަމަށް އުއްމީދުކުރައްވާކަމަށެވެ،

އަދި މި ވަސީލަތްތައް ދިގު މުއްދަތެއްގައި ބޭނުންކުރުމަށްޓަކައި ފަރުވާތެރިކަމާއެކު ބަލަހައްޓާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތްތެރިކަމަށް ޖަޕާނު ސަރުކާރުން ވެދެއްވި މި އެހީތެރިކަމަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ދިވެހި ސަރުކާރު ކުރަމުންގެންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން އިސްކަންދޭކަމުގެ މިސާލެއް ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމް ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަަސައްކަތުގައި ޖަޕާނު ސަރުކާރުން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދުގެ އިތުރުން، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ ގިނަ އަދަދެއްގެ އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޔޭއްވޯއް

  ޖަޕާނުން ފުލުހުންނަށް ދެ މިލިޔަން ޑޮލަރުގެ ތަކެތި ދީފި ނަމަ އެއީ މަމެން އުފާކުރާ ކަމެކޭ އަދަކީ އެއީ މަމެންގެ ހޮރޮސްކޯޕް ބުނާ ގޮތުން ލަކީ މަންޑޭއޭ ޔޭއްވޯއް ހޫއް އާއު ވޭކްސް އަޕް މައި މައިންޑް އިން ދަ އީވްނިންގް ޖަޕާނުން ކޮލިޓީ ކާރުތަކެއް ޕޮލިހުންނަށް ހަދިޔާ ކޮށްފައިވާ ސެލްފީއެއް ފެނުމުން އެއިން ކާރެއްގައި ހުޅުމާލެ އަށް ދާހިތްވަނީއޭ ބްރިޖް ކްރޮސް ކޮށް އޯއް ޔޭއް ވޮޗް އިން ދަ ކްލޮކް އޮން ދަ ޑޭޝް ބޯރޑް ވޮޗް އިން ދަ ކްލޮކް އޮން ދަ ޑޭޝް ބޯރޑް ޔޭއްވޯއް.

  1
  5
 2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ޖަޕާނުވެސް އިންޑިޔާއަށްވުރެ ރަނގަޅު.. ކަންކަމަށް ޑިމާންޑުނުކޮށް ވެރިކަމުގެ ތެރެޔަށް ނުބޭނި މިލިޔަން ޑޮލަރުގެ ހަދިޔާ.. އިންޑިޔާއިން ނަމެއްގަ ތިދިން ލެޑްބޮކިކޮޅުގެ އަގާ މިކަމާ އަގު އަޅާކިޔާލާ!

  8
  2
 3. ފުލުސްމީހާ

  މިއީ ކަނޑައެޅިގެން ހިންގި ޖަރީމާއެއް. މިއީ މިސަރުކާރުން ހޯދި ތަކެއްޗެއްނޫން. މިއީ ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތްކޮށްގެން ލިބިފައިހުރި ތަކެތި. އަދި މިތަކެތި ބޭނުން ކުރަމުން އަންނަތާވެސް އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ. ސުޕްރީމް ކޯޓުގެ ބޮޑު ޙުމުން 2019 ފެބްރުއަރީ 01 ވަނަ ދުވަހު އައިއިރުވެސް މިތަކެތި ހުރީ ލިބި، އޭގެން ގިނަ ތަކެތި އިސްކަންދަރު ކޮށީގައި ޕާކު ކޮށްފައި. ދޮގު ހަދައި އޮޅުވާލިޔަސް ބޮޑުވަރު.

  9
  6
 4. ނަވްބެ

  ޖަޕާނު މުއްސަދި އަންހެންކުއްޖަކާ އިންނަންވީ އޭރަށް ލިބިދާނެ ކާރެއް ކިހިނެއް އިނގެނީ......

  1
  1
 5. ސުވާލު

  އެ ހަދިޔާކުރި ކާރަކި މިޤަރުމުގެ މިނިސްޓަރުން ދުއްވާ ފެންވަރުގެ ކާރު. ކޮލެޓީ ކާރު. ޖަޕާނުން ކަންތައްކުރަނީ ވަރައް ފުރިހަމައަށް!

  3
  1
 6. ބޮންދު

  ކުރީ ސަރުކާރުގެކާޅު ހާއްޔެއް،،، މިއަދު މި ބިސް އެޅީ މި ސަރުކާރުގެ ކޮވެލިތައް.