ކުރީގެ ރައީސް ނަޝީދު އާއިލާ އެކު ޗުއްޓީ ހޭދަކޮށްލުމަށް އިނގެރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފިއެވެ.

ނަސީދުގެ އޮފީހުން ބުނިގޮތުގައި މިއީ ނިމިގެންދިޔަ މަޖިލިސް އާންމު އިންތިހާބުގައި ވަރަށް ބުރަކޮށް މަސައްކަތުގައި އުޅުއްވުމަށްފަހު އާއިލާއެކު ވަގުތު ހޭދަކޮށްލުމަށްތަކައި ކުރައްވާ ކުރު ދަތުރުފުޅެކެވެ.

އިނގިރޭސިވިލާތުގައި ޗުއްޓީ ހޭދަކުރެއްވުމަށްފަހު މިމަހު 25 ވަނަ ދުވަހު ރައީސް ނަޝީދު ވަޑައިގަންނަ ވާނީ އެމެރިކާގެ ނިއުޔޯކްއަށެވެ. މިއީ ހޮލީިވުޑްގެ މަޝްހޫރު ފިލްމީ ތަރި ޖޯޖް ކްލޫނީ އަދި އަނބިކަނަބަލުން އަމާލް ކްލޫނީ އުފައްދަވައިފައިވާ ޖަމްއިއްޔާ ކްލޫނީ ފައުންޑޭޝަން ފޯ ޖަސްޓިސްގެ އިވެންޓެއްގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް ރައީސް ނަޝިދުގެ އޮފީހުން ބުންޏެވެ.

މި އިވެންޓްގައި ގާނޫނީ ވަކީލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މުހިއްމު އެކި އެކި ފަރާތްތަކުން ބައިވެރިވާނެކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުންޏެވެ.

ކްލޫނީ ފައުންޑޭޝަން އޮފް ޖަސްޓިސްއަކީ ހުދުމުހުތާރު ސަރުކާރުތަކުން އިންސާފުން ބޭރުން ޝަރީއަތް ކުރެވޭ ފަރާތްތަކަށް ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް 2016 ވަނަ އަހަރު އުފައްދައިފައިވާ ޖަމްއިއްޔާއެކެވެ.

އެ ފައުންޑޭޝަންގެ އެއް ފައުންޑާ އަމާލްވަނީ ރައީސް ނަޝީދު ރާއްޖޭގެ ޖަލުގައި ހުންނެވިއިރު އެމަނިފާނުގެ ވަކީލެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދުޢާ

  ލާދީނީ ޖައްބާރު ގޮއްސަ އެނބުރި ނާންނާނެ ގޮތެއް މެދުވެރި ކުރައްވާނެނަމަ ކޮންފަދަ..!

  29
  5
  • ނާ

   އާމީން

   9
   2
 2. ޑައެލޯގް

  އާމާލް ކުލޫނީއަކީ ބޭއިންސާފުން ޖަލަށްލާފައިވާ މީހުންގެ ހައްގުގައި އުޅޭތީޔޯ އަންނިގެ ދިފާއުގައި ރާއްޖެއައީ އެކަމު ތިކުލޫނީ ޔާމީންގެ ދިފާއުގައެއް ނާދޭ ޔާމީންވަނީ ބޭއިންސާފުން އެއްވެސް ސާބިތު ހެއްކެއްނެތި ޖަލަށްލާފަ އަންނިލީ ކޯޓުގެ ހުކުމަކާއެކު އަބްދުﷲ ގާޒީ ވަގަށްނެގި މައްސަލާގައި މިކަން ރާއްޖޭގެ އެންމެނަށް ސާބިތުވޭ

  27
  2
 3. އަނިޔާ

  ރާޖޭގެ ރައްޔަތުން ދީނަށް ފުރަސްތާރަކުރާ ހަޔޫދީނާގުޅިގެން ރާއްގެ އިސްލާމްދީންނައްތާލަންމަސައްކަތް ކުރާ މިނުލަފާ މީހާގެ ކިބައިން ސަލާމަތް ކުރައްވާދޭ

  11
  1
 4. އެފަކީރު

  ރޯދަ ނުހިފަން ވެގެން އެ ދިޔައީ،

  13
  1
 5. ދަރި

  ނަޝީދުގެއާއިލާއާއެކު ވަގުތުހޭދަކޮށްލުމަށްނޫންނަމަވެސް އިގިރޭސިވިލާތަށް ވަޑައިގަތުމަށްބޭނުންވެލައްވާނެ މީގެކުރިންވެސް ސިޔާސީހިމާޔަތް ހޯއްދެވުމަށް، މައިބަދައަށްފަރުވާކުރެއްވުމަށް ވަޑައިގެންފިއްލަވާފައިވޭ ދޮންމީހުންއުޅޭގޮތް އެހާކަމުދާބޭފުޅަކު އިގިރޭސިވިލާތްފަދަ ގައުމަކަށްވަޑައިގަތުމަށްބޭނުންވެލައްވާނެކަންއެގޭ އަދިއިގެރޭސިވިލާތުންވެސް ނަޝީދުފަދަލާދީނީކަންކަމަށްހިތްވަރުދެއްވާ ބޭފުޅަކުވަޑައިގަތުމަށްބޭނުންވެލައްވާނެމިހެންދަންނަވާލީ މީގެކުރިން ހިގާފައިވާކަންތަކުންއެއީ ނަޝީދު ވެރިކަމުގައި ފާޅުކަންބޮޑުގޮތަކަށް އަދި ކުށެއް ސާބިތުނުވާ ހާލުގައި ގާޒީއަކުހިފާ ހަށްޔަރުކޮށް އެކަހެރިކުރިމައްސަލާގައި 13 އަހަރުގެ ޖަލުހުކުމެއްއައިސް އެހުކުމް ސިޔާސީކަމަކަށްހައްދަވާ ކަންތައްކުރެއްވިގޮތުން އަދި މިއަދާ
  ހަމައަށްވެސް އެހުކުމްް ތަންފީޒްނުވެ މިހާރު މިިނިވަނެއްގޮތަށް އުޅުއްވާކަން އަދި އިގިރޭސިން
  ދިވެހިރާއްޖެބޭނުންވެ ރާއްޖެއަޅުވެތިކޮށް ރާއްޖޭގައި ފައިހަރުކުރުމަށް ބޭނުންވާކަން މާޒީގައި
  ހިގާފައިވާ ކަންތަކުންއެގޭތީ ވީމާ، އިގިރޭސިން ދިވެހިރާއްޖެއަށްހެވެއްއެދޭނެކަމަށް ބެލެވޭކަށްނެތް

  6
  1
 6. ވެރިން

  ހާޑިހަމް އާއެކު ވަގުތުކޮޅެއް ހޭދަކޮއްލާ ފައްޅިއަޅާނެ ތަންތަނާ ބެހޭގޮތުން މަޝްވަރާ ކޮއްލާ ސޫލާށަރާަބު ހިއްޕަވަންހެން ހީވަނީ

  11
  1