ހުޅުމާލޭގައި ހުސްބިމުގައި މިއަދު މެންދުރު ރޯވި އަލިފާންގަނޑު އަދިވެސް މުޅިން ކޮންޓްރޯލްވެފައެއް ނުވެއެވެ. މިއަދު މެންދުރު 13:20 ހާއިރު ހުޅުމާލޭ ފެރީ ޓާމިނަލްއާއި ސެންޓްރަލް ޕާކާ ދެމެދު އޮންނަ ހުސް ބިމުގައި ހިނގި އެ އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވީނަމަވެސް، މިހާރުވެސް އެތަނުގައި ރޯވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މަންޒަަރު ދުށް ބައެއް ފަރާތްތަކުން ބުނިގޮތުގައި، މިހާރުވެސް އެ ސަރަަހައްދުގައި އަލިފާނުގެ އަސަރު އެބަހުއްޓެވެ. އަދި ވަރަށް ބޮޑަށް ދުން އަރަމުން ދެއެވެ. އަދި އެ ސަރަހައްދުގައި އަލިފާން ނިއްވާ ލޮރީތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދު ވަނީ އާއްމުންނަށް ނުވަދެވޭނެހެން ބަންދުވެސްކޮށްފައެެވެ.

އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ، އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިވިފައިވާކަމަށެވެ. ނަމަވެސް ހޫނުގެ ސަބަބުން އަދިވެސް ދުން އަރަމުންދާތީ ދޭތެރެ ދޭތެރެއިން ފެން ޖަހަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

އަލިފާން ރޯވެފައިވަނީ ހުސް ބިމުގައި ހުރި ވިނަތަކެއްގައެވެ.

އެ ހާދިސާގައި ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑޮބާ

  މިދުވަސްވަރު ވަމުންދާ ހޫނުގެ ސަބަބުން ރޯވީހެން ހީވަނީ!

  1
  2
 2. އަފްލާ

  ދިރި ތިބީންނައް ޢިބްރަތެއް

  2
  1
 3. އ. ޖ. އ

  އެތާ އަޑީގަ ވަޅުލާފަވާ އެއްޗެހީގެ ހޫނުކަން ކަމަށް ވާނި

 4. ކަންކަންމަތީ

  ކަންކަންމަތީގަ ހިނގަން ވަރަށް ކުޅަދާނަވާނެ ސިފައިންވެސް، ސަޅި ފަޔަރ ވެހިކަލްތައްވެސް ، އިންވެސްޓިގޭޓކުރަންޖެހިޖެއްޔާ ދެފައިދަންޑިޔަރެވޭނީ، ކިތައް ދިވެހިދަރީންގެ މަރު ކިތައަ އިފާންގަނޑު ކިތައް ފުރާނަ