ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް ތަންތަން ބަލާ ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ "ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، މުވައްޒަފުންނަށް ފަސޭހަކަމާއެކު، ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނެތް ތަންތަން ބަލައި އެތަންތަނުގައި، ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި." ކަމަށެވެ.

ނަމަވެސް އެމަސައްކަތުގެ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓަރ ދެއްވާފައެއް ނުވެއެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ފެށިއިރު ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ވެސް ނަމާދު ކުރަން ކޮންމެ ނަމާދު ވަގުތެއްގައި 15 މިނެޓްގެ ހުސް ވަގުތުކޮޅެއް ދިނުން ޤާނޫނު ލާޒިމް ކުރެއެވެ. ސަރުކާރުގެ މުވައްޒަފުންގެ އިތުރުން އަމިއްލަ ތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނަށް ވެސް ހުސްވަގުތުކޮޅު ދޭން ޖެހޭނެއެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއިރު އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދެކޮޅަށް މިނިސްޓަރ އެއްވެސް އެއްޗެއް ވިދާޅުނުވާތީ މީގެ ކުރިން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މިނިސްޓަރަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ތުރާކުނު

    ވަރަށް ރަނގަޅު ކަމެއް

    18
    3
  2. ކާފަބޭ2019

    މިސްކިއްތައް ފަޅުކުރުމަށް ހުޅުވޭއިތުރުދޮރެއް ޖެހިޖެހިގެންމިސްކިއްތައްހުންނައިރު ބަންގިގޮވަން ފެށީމަ ގިނަމީހުންދަނީކޮފީއަށް ވީމާ އޮފީހުގަނަމާދު ކުރެވޭގޮތްހެދުމަކުން ނަމާދުކުރާމީހުން އިތުރުވާނެތޯ؟

    16
    9
    • މުދިމު

      ކޮފީއަށް ދިޔަޔަސް ނަމާދުވެސް ކުރެވިދާނެ. ބޮޑަށް ބޭނުން މިވަނީ ނަމާދުކުރުމާމެދު ހޭލުންތެރިކުރުވުން.

  3. އަހަރެން

    ފަސޭހައިން ފާޚާނާއަށް ވަދެވޭނެ އަދި ހަމަ ހަމަ އުސޫލަކުން ބްރޭކް ވެސް ހަމަޖައްސަންފެނޭ. ގަވައިދު އޮންނަނީ އޮންނާނެތާކު؟ އޮފީހަށް އައިއްސަ ޚަބަރުކިޔާފަ ސައިބޮވޭއިރު ހުންނަނީ 9:30 ވެފަ. ދެން މޭޒުދޮށުގައި ނުއިށިދެވެނީސް ޓިއުޝަނަށް އަދި ގުރުޢާންކުލާހަށް ލާން ނުވަތަ ބަލައި ދާންވެފަ. 12:00 ޖެހުމުގެ ކުރިން އަނެއްކާ ބްރޭކަށް ދާން ނިކުންނަގޮތަށް 1:15 ގެ ފަހުން އޮފީހަށްވަދެފަ ދެން އެވީ ހައިވެގެން ކާންއުުޅެން. ދެން މެންދުރާ އަސުރާ ނިންމާފަ މަސައްކަތެއްގަ އަތްލާނީ. 2:00 އިން 6:00 އަށް އިތުރުގަޑިޖަހާފަ ނިކުމެގެން ދާންވީ.

    17
    3
  4. ކޮރަލް

    ނަމާދު ވަގުތައް ވިޔަފާރި ކުރާ ތަންތަން ބަންދު ކުރަން ގާނޫނު ލާޒިމް ކުރެއެވެ. އެކަން ކޮށްދީ ބަލާށެވެ.

    25
    4
  5. ކަނބުލޮ

    ހަމައެކަނި މާލެއަށް އަމާޒު ކުރައްވައިގެން ކުރައްވާކަމަކަށް ނުހައްދަވާ މުޅި ދިވެގިރާއްޖެއަށް ތިޔަކަން ކުރެއްވިއްޔާ ރަގަޅުވާނެ މިހެންމިދެންނެވީ މުވައްޒަފުންނަށް އަމާޒު ކުރައްވައިގެން ކުރެވޭ ގިނަ ކަންތައްތަކަކީ މާލެ އާއި ރާއްޖެތެރެ މަޝްރިޤާ މަޣުރިބުހާ ތަފާތު ކޮށް ކަންތައްތައްކުރާ ތަން ފެންނަމުންދާތީ

    17
  6. ދޮން

    މީނަ އެބައުޅޭތަ؟

    7
    1
  7. Anonymous

    ސަތޭކަ ދުވަސްތެރޭ ރާއްޖޭގެ ހުރިހާމިސްކިއްތަކެއް އޭސީކޮށް ނިމިއްޖެ އަދި ރާއްޖޭގެ

    9
    2
  8. ރާއްޖެތެރޭ އޮފީހެއްގެ ޒިއްމާދާރުވެރިއެއް

    ސަތޭކަ ދުވަސްހަމަވިއިރު ރާއްޖޭގެ ނަމާދުކުރާ ހުރިހާމިސްކިއްތަކެއް އޭސީކޮށް ނިއްމައިފި އަދި ރާއްޖޭގެ ހުރިހާމިސްކިއްތަކެއްގައި ޤުރުއާން ކުލާސްތައްހިންގަންފަށައިފި ދެންމިނިއްމީ އޮފިސްތަކުގައި ނަމާދުކުރާތަންތަންހަދަން ޒާހިރައް އަޅުނޑު ގޮވާލާނީ އިސްތިއުފާދީފަގެއައްދިއުމަށް އަދިމިސަރުކާރުގެ އިސްލަމިކުމިނިސްޓްރީން ކުރިކަމެއނެތް.

    13
  9. އަހްމަދު

    އިސްލާމީ މަރުކަޒުގައި މިސްކިތެއް ހުންނައިރު އިސްލާމިކް މިނިސްޓްރީގެ މުއައްޒަފުންނާ، ޚާއްޞޮކޮށް މިނިސްޓަރ ޖަމާއަތުގެ ނަމާދުގައި ބައިވެރި ނުވަނީ އުނދަގޫ ބޮޑުކަމުން ދޮގެއްތޯ؟ އެންމެ ފަސޭހަވާނީ ވުޟޫ ނުކޮށް ގިބުލައަށް ކުރިމަތިނުލާ އެމުއައްޒިފަކު އިންގޮނޑީގައި އިނދެގެން ނަމާދު ކުރެވޭނެ ގޮތަށް ހަމަޖެއްސީމާ.

    10
    1
  10. އަލީރާޖާ

    އެކަމަކު އެއުރެން ބުނީ އެހެންނެއް ނޫން. އެހެންވެ މަ ހީކުރީ ފައްޅި ކަމަށް އަޅާނީ. ކިހިނެއް ތިޔަހެދީ؟

  11. ސައީދު

    މިސްކިތްތަކުގެ ފާހާނާތައް ރަގަޅުކޮށްދީބަލަ

  12. ތުރާފަ

    ފުރަތަމަ އެފަދަ ވަޞީލަތް ޤާއިމުނުވެހުރި އިސްކޫލުތަކަށް ތިޔަ ފުރުޞަތުފަހިކޮށްދެއްވާ.

  13. އަސްތާ

    ފުރަތަމަ ނަމާދުކުރާނެތަންތަންތަން ނެތްަިސްކޫލުތަކަށް ފުރުޞަތުދެއްވާ.

  14. ޖަބު

    ކުރިޔަށް ވުރެން ބޮޑަށް ހައްދުފަހަނަޅާނެގޮތް ތިޔަ މަގުފަހިވަނީ

    • ހައްދު

      ހައްދުފަހަނެޅުމަކީ ގަވާއިދުކޮށް ނަމާދުކުރުމެއް ނުވަތަ ނަމާދު ޤާއިމުކުރުމެއްނޫން! ހައްދުފަހަނެޅުމަކީ ނަމާދުނުކުރުން! އޮފީހުގައި ވިޔަސް ކުރަން ބޭނުންވާ އެހެންހުރިހާ ކަމެއް ކުރަމުން ދާއިރު، ނަމާދުކޮށްލާ ވާހަކަ އިވުނީމަދޯ ހައްދުފަހަނަޅާފާނެތީ މިހާ ބިރެއް މިގަންނަނީ.

  15. މުހައްމަދު

    މީހަމަޔަގީނުންވެސް މީހުން މަގުފުރައްދާ މީހެއްކަން ޔަގީން މިހާތަނަށް ދިޔައިރު ސިޔާސީކަންކަމުގައި ތާއަބަދު ހުރީ ބަލަތިޔަށްވުރެ ކުރަން ރަގަޅުކަމެއް ނެތީތަ މިތިބައުޅޭ ލާދީނީ ސިޔާސީ އާލާތުންނާ ޖިންސީމަހުނި އާލާތުންނާ ކުފުރީންތައް އަދި އެއްޖިންސުގެ ފާފަވެރިންނަށް ކޮންމެސް ގޮތަކުން މައިތިރިކޮށްބަލަ ތިޔަޒާތުގެ ބައިބައިވުން ނޫފައްދާ ކިހާބޮޑު ބަލާވެރިކަމެއް މިޔޮތީޖެހިފަ

  16. ކިޔުންތެރިޔެއް

    ފަސޭހައިން ނަމާދުކުރުމޭ ބުނާއިރު، ނަމާދުކުރާ މީހަކަށް ނަމާދުކުރުމަކީ އަބަދުވެސް ފަސޭހަ ކަމެއް. ހަމަޖައްސައިދޭންވީ ނަމާދުކުރެވޭނޭ ފަސޭހަ އިންތިޒާމުތަކެއް. ވަގުތުގެ ގޮތުންނާއި ޖާގައިގެ ގޮތުން!