ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެމްޑީޕީ އަށް ލިބުނު ބޮޑު މެޖޯރިޓީއާއި އެކު، ހުރިހާ ބާރެއް އެ ޕާޓީ އަށް ލިބިފައިވާ ކަމަށާއި، އެ ހުރިހާ ބާރަކާއި އެކު ކަންކަން ކުރަމުންދާ ގޮތް ބައްލަވާނެ ކަމަށް، ކެލާ ދާއިރާގެ މެމްބަރ އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

އަލީ އާރިފް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކުރިންވެސް ވިދާޅުވެފަ އޮތީ، ތިމަންމެންގެ މީހުންނަށް ފްލެޓް ދީފަ ބާކީ ހުރިއްޔާއޭ އެހެން ބަޔަކަށް ފްލެޓް ދޭނީ. އެހެންކަންނޭނގެ މި ސަރުކާރުގަ އެބޭފުޅުން ޢަމަލު ކުރާނީ. ދެން ﷲ ގެ ރަޙްމަތްފުޅުން އެބޭފުޅުންނަށް މިފަހަރު އެ އޮތީ ހުރިހާ ބާރެއް އެއްކޮށް ލިބިފަ. ދެން އެނގިދާނެތާ." އަލީ އާރިފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އާރިފް ވިދާޅުވީ، ރައްޔިތުން ތިބީ ވަރަށް ފޮނި އުންމީދެއްގައި ކަމަށާއި، ދަތުލަތުގެ ކަންކަން ތަރުތީބުން ގެންގޮސް، އެޖެންޑާ 19 ގައި ހުރި ކަންކަން ފުރިހަމަ ކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ދިވެހި ރައްޔިތުން މި ތިބީ ވަރަށް ފޮނި އުންމީދެއްގައި. އަޅުގަނޑުމެންގެވެސް އުނމީދަކީ ތިިބޭފުޅުން ހަމަ ރަނގަޅަށް ސަރުކާރު ހިންގެވުން. ދަޢުލަތުގެ ކަންކަން ހަމަ ރަނގަޅަށް ތަރުތީބު ކުރެއްވުން. އަދި އެބޭފުޅުންގެ އެޖެންޑާގައި ކުރި ކަންކަން ފުރިހަމަކުރެއްވުން." އާރިފް ވިދާޅުވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެލާ ދާއިރާ އަށް ވާދަކުރެއްވި ނަމަވެސް، އާރިފަށް އެ ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަސަން ނުވަވަނަ

    މިކަހަލަ ކޮހުންނާ ހެދި އަހަރުމެންނަށް މެޖޯރިޓީ ނުލިބުނީ.

    31
    1
  2. ސާލެމަން

    ފެއިލްޑު ސްޓޭމް ޖަހާފަ ރިބޭ މީހުން މަޑުން ތީބޭ

    23
    1
  3. ާެައަލީ

    ރާއްޖެތެރެ ނިކަމެތިކޮށްލަނީ ދެންތިބެންޖެހޭނީ ކަނުއަދިރީގަ ގިނަރަށްރަށުގަ ތިބީ ނުކިޔަވާ ކައުންސެލަރުން ޖަނަރޭޓަރ ކިޔަންވެސް ނޭންގޭ މީހުން.

    19
    5
  4. ރައްޔިތު ބެއްޔާ

    ކަން ކުރާ ގޮތް ފެންނާނެ ! ކިތަންމެ އަދުލަށް ކަން ކުރިއަސް މަނިކުފާނު މެންގެ ޓީމަކަށް ހަޖަމެއް ނުވާނެ ! ދުއާ އަކީ ދުވަހަކުވެސް ތިބޭފުޅުން ނަށް ފުރުސަތު ނުދެއްވުން !

    24
    19
  5. ޢަލި

    ބަލިވީމަ ދެރަނުވާން ދެން ކޮން އެއްޗހެކިޔާކައް ހަހަހ ގައުމު ގެނދާނީ އުފަލާއި ހިތްހަމަ ޖެހޭ ފައްކާ މަންޒިލައް ބޯރިންކަން ކަނޑުވާލާ ވީކެންޑް ހެޕަނިންގ ވާ ގޮތްބޭނުން މީ ރައްޔިތުންގެ އެދުން

    15
    13
  6. ހެޔޮބަސް

    ނޫން ނޫން. ތިޔަ ބޭފުޅުން ކުރެއްވި ކަންކަން ތަޙްޤީޤްވެސް ކުރަންޖެހޭނެ

    26
    8
  7. ދސފސދފ

    ބަލަން ގޭގަ މަޑުކޮއްލައްވާ .

  8. ޙަބަރުގެ

    ރަގަނޅު ރަށަށްގޮސް ހޮޅުއަށީގެ އިނދެގެން ބަލާ މަޖިލީސް ތިބޭފުޅާއަށް ނިމިއްޖެ ތިއީ ހަމަ ބޮލެއް

  9. ޢުމަރު

    ރައްޔިތުންނަށް ކަންކަންކޮށްދިނުމުގެ ކުރިން ރައްޔިތުންގެ ފައިސާތައް ބަނޑުއަޅާލި މީހުން އަތުން އެފައިސާތައް އަތުލަންޖެހޭ ވާހަކަ އާރިފް ބުނެލިނަމަ ވަރަށް ސަޅިވީސް. ނުހައްޤް މުއްސަދިކަން ހޯދިމީހުންގެ މައްސަލަތައް ބަލާށޭބުނިނަމަ ވަރަށް ސަޅިވީސް

  10. އަލްޖިބްރާ

    ރައްޔިތުންނަށް ރަންއިލޮށިން ކަދުރު ކާން ނުދެވުނަސް ، މިސަރުކާރުން ޝަރުޢީ ނިޒާމުގެ ތެރެއަށް އަތެއް ނުބާނާނެ ! ތިޔަތިބީ ފޭލް ވެފަ ! ދެން ގެއަށް ދޭ !

    8
    1
  11. ގަމާރު މީހުން

    ކާކުތަ ބުނީ ބަލަން އިނުންފިޔަވާ ކަލެއަށް ކަމެއް ވާނެއޭ! ކަލޭ ތިހެން ނުބުންޏަސް ކަލޭ އިންނަން ޖެހޭނީ ހަމަ ބަލަން...

    8
    1
  12. ޒުހު

    ކޮސް ނުގޮވާ.. އަހަރުމެން ކަލޭ ބޭންދީ ހަމަ ބަލަން. ދެން ބަލަބަލާ އނދޭ.. ކިކިކި.. ހަމަ ހިނި އަންނަނީ.. ފެއިލްޑް ޕީޕަލް.. ލަލަލާ.. ދެންތިބޭ ރާޑިއަރާފަ

    3
    1
  13. ރޫ

    ސާބަހޭ އަލީ އާރިފް ތިބުނީ ހަމަތެދެއް

    2
    3
  14. ހިހި

    ޕީޕީ އެމް ލީޑަރ ޝިޕް ގަތިބީ އަމިއްލަ އަންބޮނޑި ބޮޑުކުރަން އުޅޭމީހުން. އެންމެ ބޮޑުމީހާ އަށް ދާންދެން އުޅެނީ އެހެން. ރައްޔިތުންނަށް ވާނުވާ ވ ސާފުކޮށް އިނގޭ

    3
    1
  15. ފފަތުހުﷲ

    ޢަލީއާރިފްގެބަހުރުވަބޭނުންނުކުރިއްާރަނގަލުކަމަށްނަސޭަހަތްތެރިވިނަމަ

    1
    1