ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ ފައިސާ އިން ބައެއް ލިބުނު ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ ސަސްޕެންޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުވާލައިފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާ ބެހި ކުންފުނި ކަމަށްވާ އެސްއޯއެފް އިން މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސްލައްކަ ދިވެހި ރުފިޔާ) ޖަމާކޮށްފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ މަހްލޫފަށް ލިބުނު ކަން ބޭޒާރުވުމުން އޭނާ ސަސްޕެންޑް ކުރީ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ. މަހްލޫފްގެ ސަސްޕެންޝަން އުވާލާފައި މިވަނީ ސަސްޕެންޑް ކުރިތާ 61 ދުވަސް ފަހުންނެވެ. އެއްވެސް ރަސްމީ މަސައްކަތެއް ނުކޮށް ސަސްޕެންޑްގައި ހުރި ދެމަސް ދުވަހު ވެސް މަހްލޫފަށް މުސާރަ ދީފައިވެއެވެ.

ސަސްޕެންޝަން އުވާލުމުން މަހްލޫފް މިއަދު ވަނީ އޮފީހަށް ނިކުންނަވަން ފައްޓަވާފައެވެ.

ސަސްޕެންޝަން އުވާލުމުން މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭސީސީ އާއި ފުލުހުންގެ (އިދާރާ އިން) އެއްވެސް މައްސަލައެއް ނެތް ކަން ޔަގީން ކުރެއްވުމަށް ފަހު އޭނާ އަށް އިތުބާރު ކުރައްވާ އަލުން ރަސްމީ މަސައްކަތައް ނެރެދެއްވި ކަމަށްޓަކައި ރައީސް ޞާލިހްގެ ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ތެދުވެރިކަމާއި އެކު މަސައްކަތުގައި ދެމިހުންނާނަން. އިތުބާރު ކުރެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން." މަހްލޫފް ވިދާޅުވިއެވެ.

އެސްއޯއެފް އިން ފައިސާ ލިބުނު ކަން ބޭޒާރު ވުމުން މަހްލޫފް ވިދާޅުވީ އެއީ ޑޮލަރު ގަތުމަށް ހިންގަވާފައިވާ ސައްހަ މުއާމަލާތެއް ކަމަށެވެ. ޑޮލަރު ގަތީ އާއިލާގެ ވިޔަފާރިއަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެޑޮލަރު ޖަމާވެފައިވާ ކަން އެނގުނީ ވަރަށް ފަހުން ކަމަށްވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

އެސްއޯއެފް އިން މަހްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން ބޭޒާރުވުމުން ގިނަ ބައެއްގެ ފާޑުކިޔުން މަހްލޫފަށް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޚަދީޖާ

    ކޮބާ އިބޫ ސޯލިހުގެ ޒީރޯ ޓޮލަރެންސް

    57
    14
  2. ނިދުނީ

    ޒީރޯ ޓޮލަރެންސް ހައްދު ފަހަނަ އަޅާފަ

    23
    2
  3. ސަލީމް

    އެމްއެމްޕީއާރުސީގެ ފައިސާ މަހްލޫފަށް ނުލިބޭ ކަމަކަށް ނުވާނެ އެއީ ހަމަ ޔަގީން ކަން. އެންމެ ކުޑަކުއްޖާ އަށްވެސް އެގޭ އެއީ ހަމަ އެ ފައިސާކަށް...ދެން ކޯންޗަކަށް މިވީ...ކޮރަޕްސަނޭ ކޮރަޕްސަންގެ އެންމެން ބޭރު ކުރާނަމޭ ޒީރޯ ޓޮލަރެންސޭ ކިޔާފަ އައިސް...ތިޔަ ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ އިމޭޖް ރަގަޅު ވުމުގެ ބަދަލުގައި ގޯސްވާނެ...

    22
    1
  4. އިއްބެ

    މާކުރިންވެސް އިނގޭ މަޖިލިސް އިންތިހާބަށްފަހު ތިކަމެއް ވާނެކަން. ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ސާލިހު ކުރެއްވިކަމެއް އެއީ މަޖިލިސް ކާމިޔާބު ކުރަން. ކުރިންވެސް ދެންނެވިހެން އިބޫ އަސްލު އެހާ ސާލިހެއްނޫން. ވ ފޭކު.

    23
    2
  5. ކައްޕިތާން

    ޑޮލަރު ގަތުމަށް ހިންގަވާފައިވާ ސައްހަ މުއާމަލާތެއް ކަމަށެވެ. ޑޮލަރު ގަތީ އާއިލާގެ ވިޔަފާރިއަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެޑޮލަރު ޖަމާވެފައިވާ ކަން އެނގުނީ ވަރަށް ފަހުން ކަމަށްވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.ހަމަ އެފަދައިން ޑޮލަރުގަތްކަމަސް ބުނާ ސިލިޕް ގެނައީ އެމްއެމްޕީއާރު މަސްއަލާގައި ލަންޑަނު ހުރި މީހާހަދާފަފޮނުވި ފޭކްސިލިޕް ކޮޅުއްކަމަށްބުނޭ ލަންޑަނުގަ ހުރިމީހާގެ ބައްޕަގެ ވައިބަރއައފޮނުވާފައިވާ ސިލިޕް ޑޯންކެފޭތެރޭގައި ސައިބޯން އިނދެފައި އެތާތިބިމީހުން ނަށް ދައްކާފައި ފަޙުރުވެރިކަމާއެކު ބުނީ ތިމަންނަގެ ދަރިއޭ މަހުލޫފް އައް އެލިޔުންފޮނުވީ މިއޮތީއޭ ސިލިޕްކޮޕީ 0ޓޮރޮލެންސް

    21
  6. ފުއާދު

    އަނެއްކާ ބަލާ ޖެހުނީ. އުވާ ނުލާ ކީއްކުރާނީ

    19
    1
  7. އަލީ

    މީމަޖުލިސްއިންތިހާބައް ތާއީދުހޯފުމައްޓަކާ ޖަހާލި މަޅިޔެއް

    21
    1
  8. ތާރީޚު ދިވެހި ރާއްޖެ.

    އެޖެންޑާ 19 އިންތިޚާބު ނިމެންދެން މަޑުކޮށްލީ! ޒީރޯ ޓޮލަރަންސް!!!

    21
    2
  9. ހަމަ

    ކާކުބާ އެސް އޯ އެފް އައް އެލާރިދިނީ

    12
    2
  10. ޙާޖީ ތުއްތު ދީދީ

    ކޮންމެ ގޮތަކަށް ވިޔަސް ކޮންމެއެއްޗެއް ބުންޏަސް ސަސްޕެންޝަން އުވާލިޔަސް ދެމެހެއްޓިޔަސް ތިކަން ނުވާކަމަކަށްނުވާނެ! ތިކަންތިއޮތީވާ ކިތައްމެހާވެސް ރަނގަޅަކަށްވެފައި. ގެއްލިއްޖެ އަބުރެއް އަނބުރައި ނުލިބޭނެ! ދެރަ މީހުންނަށް ދެރަގޮތް. ޅިޔަން ފަހަރިންނަށް މޮޅުގޮތް. ވާވާވާވާވާވާވާވާވާ!!!!!!!!!!!!!!!!!! މިއޮތީވާ ޤައުމެއް.

    18
    1
  11. ޢިޔާބު

    އިބޫ... ކީކޭތަ ހީވަނީ.؟؟؟؟؟

    17
    2
  12. ހުސޭނުބޭ

    ކަރަޕްޝަން މަރުވެ ޖަނާޒާ ބޭއްވީމާ ދެން ވާނީ ތިހެން!

    19
    1
  13. ާAhmed

    މަސައްކަތެއް ނުކުރުވާ ރައްޔިތުންގެ ފައިސާ އިން މީހަކަށް މުސާރައިގެގޮތުގައިވެސް ދިނުމަކީ ކޮރަޕްޝަން ނޫންތޯ؟ މަޖްލިސްގެ މެންބަރުން؟!!!

    18
  14. މޮޔަމީހާ

    އަކްރަމް އާއި މަހުލޫފުގެ މުސާރައަކަށް އެނގުމެއް ނައާދޭ! ގޭގައި ބެއިތިއްބީ ރައްޔިތުމީހާ ލޮލުގައި އެޅުވި އަނދުނެއް!! ކޮބާ! ހީވޭ ކަމެއްހެން! ނަޒާޙަތްތެރިކަމުގެ ލާމަސީލު ނަމޫނާއެއް!!!!!?☠

    19
  15. ހެހެހ

    ބޮޑު ވަގު މަހުލޫފު

    17
    1
  16. ދެނޯ

    ޔާމިންގެ ވެސް ހަމަތިގޮތަށް ނެތެއްްނުން މައްސަލައެއް

    9
    4
  17. ޒީރޯޓޮލަރަންސް

    މިކަލޭގެގެ ސަސްޕެންޝަން އޮވާލަންޔާ ޔާމީން އެކައުންޓް އަންފްރީޒް ކޮށްފަ މިނިވަންކުރަންޖެހޭ. އެއީ އިންސާފަކީ. އެކަމު ކަލޭމެން ބޭނުންއެއްޗެއް މިއަދުހެދޭނެ. ހަދާ! މާދަންއެއީ ރައްޔިތުންގެ ދުވަސް. މަގޭވެސް ދުވަސް. ހަދާންބަހައްޓާނެ ތިޔައީ ހަމަޖެހޭބައެއްނަމަ. މީވަރަށް ވާހަކަ ބޮސް....

    14
    3
  18. ހޭލުން

    ތިއީއެތަށްރަށްޔިތުން ހިއްސާވާ ފައިސާތަކެއް ވީމާ، ހުއްދަނޫންގޮތެއްގައި ފައިސާލިބިލެއްވިކަމަށް
    ޝައްކުވާ މިނިސްޓަރ މަޙްލޫފްގެ ސަސްޕެންޝަން އުވާލެއްވީ އެމައްސަލަ ރަގަޅަށް ތަހުގީގު
    ކުރައްވާ މަހުލޫފް އެކަމުގައި ބައިވެރިވެނުލައްވާކަމުގައިވާނަމަދެކެނީ މިހެންމިބުނީ ބައެއްމައްސަލަ
    ތައްނިންމާފައިވާގޮތުން ކޯޓުތަކަށް އިތުބާރުނުކުރެވޭތީ މިއީ ކޯޓްތަކުގެ ހުރުމަތްކެނޑުމަށްބުނާވާހަކަ
    އެއްނޫން ނަމަވެސް ފާޅުގައިކުރެއްވިކުށެއް ސާބިތުވެ 13 އަހަރު ގެޖަލުހުކުމެއް އައިސްފައިވާ
    ފަރާތެއްވެސް އެހުކުމުގެ ކުޑަދުވަސްކޮޅެއްވެސް ތަންފީޒްނުވެ މިހާރު މިނިވަންކުރައްވާފައިވާތީ

    5
    3
  19. ސފ

    މަހުލޫފްގެ ސަސްޕެންޝަން އުވާލައި މައުސޫމް
    މީހަކަށް އޭނާހެދުމަކީ ބަލައިގަންނަކަމެއް ނޫނެވެ
    ސަރުކާރުގެ މުދަލަށާއި ފައިސާއަށް އޭނާ ވެފައިވާ
    ޚިޔާނާތުގެ ބަދަލެއްގެ ގޮތުގައި އިނާމުދެވިގެން
    ނުވާނެއެވެ.

    7
    1
  20. ކިންގފިޝަރ

    ވައްކަންވެސް ކުރިކަމަށް މިވަނީ ވަކި ބަޔަކު.

  21. ސަންފަ

    ކިނބޫގެ ސަރުކާރުން މިފެންނަނީ މުޅިން އެހެން ގޮތްނޭގޭ މީހުން ޙިމާޔަތް ކުރާތަން

    7
    1
  22. علي وحيد ٢٠١٩ مجلس

    އެހެންތާވާނީ ނާއިބްރައީސްގެ ޅިޔަންސޮރުވިއްޔާ

    7
    1
  23. މުހައްމަދު

    ސާބަހޭ އިބޫޞާލިހަށް ތިވަރުވީމަ ނަމަށްވެސްހުތުރުދޯ! މިޔަށްކިޔަނީ ވައްކަންކުރުން ސާބިތުވެފައޮތް މީހަކު ތިޔަ ނިންމީ ވައްކަން ނުކުރާކަމަށް ވައްކަން ނުކުރާމީހުން ވަގުން ނަށްހަދާ އަބުރާ ހަސަބު ގެއްލުވާލާ ބޭއިންސާފުން އަނިޔާދީ ނުވި ތާކަށް އެމީހުންގެ އަސާސީ ހައްޤުތަކަށް ދަތިކޮށް އާއިލާ ޔަށް ދަތި ކުރުމުގެ ފިޔަވަޅުތައް އިންތިހާކޮށްފަ ނިމިގެން ދިޔަ ދެދައުރުގެ 10 އަހަރު ތެރޭގަ އުފެދުނު ރީލޯޑް ވަގެއް އެކިއެކި ގޮތްގޮތުން އެކިތަންތާގައި ކުރިކަން އެންމެން ދަންނަ ވަގަކު ތިޔަ ސާފުތޯހިރު ހުދުބޯކިރަށް ހަދާލީ އެއްވެސްޖެހިލުމެއްނެތި ތިކަމަށްވެސް ޖަވާބުދޭންޖެހޭ ދުވަހެއްވާކަން ހަނދުމަފުޅު ބަހައްޓަވާތި

    4
    1
  24. މިތުރު

    މަހްލޫފެއް ކަމަކު ތި ދައްކަނީ ކޮސް ވާހަކަ.އަމިއްލަ ޢާއިލީ ވިޔަފާރިޔަކަށް އެވަރަށް ޑޮލަރު ގަނެފަ ކާކު ހުންނާނީ އެ ވަގުތުން ނުލިބިއްޖެނަމަ ހޯދަން ނޫޅެ؟އެހެން ނޫނަސް އެ ޖަމާވާއިރަށް ވަގުތުން އެގޭނެ..ނޫނީ އެހާ ގިނަ ފައިސާގެ މުއާމަލާތްތައް ކުރައްވަނީތޯ އެގަހު ކޭލެއް މިގަހު ކޭލެއް ވަކި ނުވާވަރަށް؟ތީ އަހަރެންނަަށް ވަރަށް މަޤްބޫލު ފަރާތެއް..އެހެންވީމަ ދިވެހިންނަކީ ކޮސް ވާނުވާ ނޭނގޭ ބައެއް ކަމަށް ނުދެކި ތިވާހަކަ ނުދައްކަވާ ދެންވެސް މަސައްކަތާއިގެން ބާރަަށް ކުރިޔަށް ވަޑައިންނަވާ..އަމިއްލަ ހެއްހެއް އަށް ފައިން އެރިދާނެ..