ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖީރިޓީ އެއް ލިބި، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު އެއްބަޔަކަށް ލިބުނީމަ، އެ ބާރުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފުމަކީ ޠަބީއީ ގޮތުން ބައެއް ފަހަރު ދިމާވާނެ ކަމެއް ކަމަށް، ކެންދޫ ދާއިރާގެ މެމްބަރ އަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.

އަލީ މިހެން ވިދާޅުވީ، ވީޓީވީން ރޭ ގެނެސްދިން "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބަކިބަޔަކަށް މަޖިލީހުގެ ބޮޑު މެޖޯރިޓީ އެއް ލިބުނީމަ އެކަމުގެ ކަންބޮޑު ވުންވެސް އެބަހުރި. އަދި ހަމަ އެހެންމެ، އުންމީދުވެސް އެބަ އޮތް. ވަކި އެއްޗެއް ދަންނަވަން އެނގޭނީ މަޖިލިސް ކުރިއަށްދާ ގޮތް ފެނުނީމަ. ރިޔާސީ ނިޒާމެއްގައި ސަރުކާރު ހިންގަން އުނދަގޫވާނެ ރައްޔިތުންގެ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ ނެތިއްޖެއްޔާމު. އެހެންނަމަވެސް ބޮޑު ސިންގާ، މާސިންގާ މެޖޯރިޓީ އެއް ލިބުމަކީވެސް އޭގެ ޒާޒުގައި ރަނގަޅުކަމެއް ނޫން. ބާރުތައް ލިބުނީމަ އެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ޠަބީއީގޮތުން ބައެއް ފަހަރު ދިމާވާ ކަމެއް." އަލީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އަލީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލިސް ތެރޭގައި ކުރަންޖެހެނީ މައިގަނޑު ދެ މަސައްކަތެއް ކަމަށާއި، އެއީ ސަރުކާރު ހިންގުމަށް ބޭނުންވާ ޤާނޫނުތަކާއި، ރައްޔިތުންނަށް ބޭނުންވާ ޤާނޫނުތައް ހެދުމާއި، ސަރުކާރު ހިނގާ ނުހިނގާގޮތް ބަލައި، ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކަމަށެވެ. އަދި މަޖިލިސް މެމްބަރުންނަކީ ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރަށްވުރެ ޤައުމީ ފިކުރު އިސްކޮށްގެން މަސައްކަތްކުރަންޖެހޭ ބައެއް ކަމަށްވެސް އަލީ ވިދާޅުވިއެވެ.

"ކޮންމެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްވެސް އޮންނާނެ ދެ ޒިންމާއެއް. އެއް މަސައްކަތަކީ ޤާނޫނު ހެދުމުގެ މަސައްކަތް. އެއީ ސިޔާސީ ގޮތުން ގޮތުން ކުރަން ބޭނުންވާ ކަންތައްތައް، ނުވަތަ ޤައުމަށް ގެންނަން ބޭނުންވާ ބަދަލުތައް، ނުވަތަ ސަރުކާރުން ކުރަން ބޭނުންވާ ކަންތައްތަކަށް ޤާނޫނީ ސިފަ ނުވަތަ ޤާނޫނީ ބާރު ގެނެސްދޭ ފަރާތަކީ ރައްޔިތުންގެ މަޖިލިސް. ދެވަނަ މަސައްކަތަކީ ޖަވާބުދާރީ ކުރުމުގެ މަސައްކަތް. ސަރުކާރު ހިނގަނީ ރަނގަޅަށްތޯ ބެލުމާއި، މިނިވަން މުޢައްސަސާތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ބަޖެޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަކީވެސް ޖަވާބުދާރީ ކުުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަން." އަލީ ވިދާޅުވިއެވެ.

އަލީ ހުސައިން ވަނީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މަޖިލިސް ގޮނޑިވެސް ކާމިޔާބު ކުރައްވާފައެވެ. ކެންދޫ ދާއިރާގެ ވޯޓު ފޮއްޓެއްގެ ނަތީޖާ ބާޠިލްކުރަންވެސް އެމްޑީޕީން ހުށަހެޅިއެވެ. ނަމަވެސް އެ ދާއިރާގެ ވޯޓު ފޮއްޓެއްގެ ނަތީޖާ ބާޠިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދެރަ

  ޢެއްޕާޓީ އަކަށް މެޖޯރިޓީ ދިނީ އޭ ކިޔައިގެން ކޮންވާހަކައެތް ދައްކާކަށް ކަލޭވެސް ހޮވެން
  ބޭނުންވީމަ ވީ ރައީސް ސޯލިހުގެ ކުޑަ ގޮހޮރަށް

  19
  4
 2. ޙެ ހެ

  އެކަން ގޯސްވާތީވެ ދޯ ވެރިކަން ބަދަލުކުރީ

  16
  2
 3. މުސްލިމް މީހާ

  ސުބުޙާނަﷲ.
  ތޮބީޢީ ކަމެއްނޫން އެއީ އެއީ ޖާހިލުކަން.

  21
  1
 4. ޢިޔާބު

  މީނަ ބުނި ހޮވުނީމާ މޑޕ އަށްސޮއެކުރާނަމޭ.

  11
  4
 5. ޢޙ

  ކަލޭ ތިކަން ކުރި

  15
  2
 6. ރައްޔިތުމީހާ

  ގާމީނުވެސް ބުނި ވައްކަން ކުރުމަކީ ތަބީޢީ ކަމެކޭ.

 7. އަލީ

  އަލީ ހުސައިން ބުނި ނަމަވެސް މިފަހަރު ތި ބުނެވުނީ ނާޖައިޒު ގޮތުގައި ބާރުގެ ބޭނުންކުރުން އޯކޭ ވާހަކަ. ވަރަށް ދެރަކަމެއް ތީ

  6
  1