127 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުން އެޕްރީލު 19 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގަ މާލެ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެ ކަމަށް އެމްއެންޑީފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނިކުމެ އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް ގޮސް، މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުގެ ދެކުނަށް އަޅައި އަމީނީ މަގުން އިރަށް ގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް، ކަޅުތުއްކަލާ ކޮށްޓަށެވެ.

ޝަރަފުގެ ހިނގާލުން މަޑުކުރުމަށް ހަމަޖެހިފައިވަނީ މުލިއާގެ ކައިރި، ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި، މަޖީދީ މަގާ ފާށަނާ ކިލޭގެ މަގު ގުޅޭ ކަންމަތި، މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި އަދި އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމަތީގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑުގައި ރީތި އެކި ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީވެސްގައުމެއް؟

    ކަންކަންމަތީގަ ހިނގަން ވަރަށް ކުޅަދާނަވާނެ ސިފައިންވެސް، ސަޅި ފަޔަރ ވެހިކަލްތައްވެސް ، އިންވެސްޓިގޭޓކުރަންޖެހިޖެއްޔާ ދެފައިދަންޑިޔަރެވޭނީ، ކިތައް ދިވެހިދަރީންގެ މަރު ކިތައް އަލިފާންގަނޑު، ކިތައް ފުރާނަ

    7
    1
  2. ޖިންނި

    ކުޅަނދު ހަމަނުވާ މީހަކު ވަޒީރަކަށް ހުންނަ ތަނެއްގެ ކޮން ޝަރަފެއް އޮންނާނީ

    3
    4
  3. ދޮނާ

    ސަރަފުވެރި ބައެއް ނަމަވެސް ރަނގަޅު ހިންގަންށާ ފުމެންށާ.....

    4
    2