ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ ފައިސާ އިން ބައެއް ލިބުނު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން ވެސް މިއަދު އުވާލައިފި އެވެ.

އޭސީސީ އިން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ބެހުމުގައި ހަރަކާތްތެރިވި އެސްއޯއެފް އިން އަކްރަމްގެ އެކައުންޓަށް 30000 އެމެރިކާ ޑޮލަރު (ހަތަރު ލައްކަ ފަސްދޮޅަސް ދެހާސް ރުފިޔާ) ޖަމާކޮށްފައި ވެއެވެ.

އަކްރަމްގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ފައިސާ ޖަމާވިކަން ބޭޒާރު ވުމުން އޭނާ ސަސްޕެންޑް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. އެދުވަހު ސަސްޕެންޑް ކުރި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ ސަސްޕެންޝަން ވެސް މިއަދު ވަނީ އުވާލާފައެވެ.

ސަސްޕެންޑްގައި ހުރި ނަމަވެސް އަކްރަމަށް ވެސް ފާއިތުވި ދެމަސް ދުވަހު މުސާރަ ދީފައިވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އިން ބައެއް ލިބުނު އަކްރަމް އަކީ އެފައިސާ ލިބުނު އިރު "ރާއްޖެޓީވީ" ގެ ޗެއާމަނެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވެމުން ދަނިކޮށް މަހްލޫފާއި އަކްރަމްގެ ސަސްޕެންޝަން އުވާލުމުން މިއަދު މީސް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މަހްލޫފާއި އަކްރަމްގެ މައްޗަށް ތުހުމަތު ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ދެބޭފުޅުން ސަރުކާރުން އިސްތިއުފާ ދެއްވަން ޖެހެއެވެ. ނުވަތަ ރައީސް ޞާލިހް އެބޭފުޅުން މަގާމުން ދުރުކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކެޔޮޅު

    މިހާރު ހާދަހާ އިންސާފޭދޯ؟ ހޯރައިއްބެ ވަރައްސާފު މަހުލޫފު އެޔައްވުރެސާފު އަކުރަމު ކަމާލުއްދީނު އަދިމާސާފު އުމަރުގެފާނު ވެރިކަމާ ވައްތަރު ގޮތެއް ހުރޭދޯ؟؟؟

    23
    1
  2. ކައްޕިތާން

    އެމްއެމްޕީއާރްސީގެ ފައިސާ އިން ބައެއް ލިބުނު އަކްރަމް އަކީ އެފައިސާ ލިބުނު އިރު "ރާއްޖެޓީވީ" ގެ ޗެއާމަނެވެ.މިހެންވީމައޭ ކޮމިޝަނެއްހަދއިގެންނޭ ތަހުގީގުކުރާނީ ބާރުލާފަ އެގޮވަނީ ބައިކުދިންކޮޅުގެ ލޮލުގައި އަޅުވާ އަދުން އެއީ އެކްޓިވިސްޓުން އެކިޔަނީނު ކިހާ އިންސާފުވެރިހޭ މަޖްލިސް ރައީސް އާހެދިޔޭ ތަހުގީގު ކުރިޔަށްނުދަނީ މިއަނބުރާ ގޭސްގަނޑު އެނގޭ ގައުމުގެ އެންމެންނަށްކަހަލަ ގޮތަކަށް ކޮންޒީރޯއެއްތޯ ވެވޭނީ ރަށްޔަތުންގެ ޓެކްސްޕޭ ރުފިޔާކޮޅުން މުސާރަ ނަންގަވައިގެން 3 މަސްދުވަހު ކެންޕޭނު ކުރެއްވީ އެއްވެސް ލަދުވެތި ކަމެއްނެތްތާގައި މާތްﷲ އަށްބިރުވެތިކަމެއް ނެތި ދެންކޮން 0 ޓޮރޮލެންސް އެއްތޯ އޮންނާނީ

    27
  3. މުޒައްފަރު

    ގަދަ!!!! ރައީސް ޔާމީނަށް ހަޑިހުތުރު ގޮވައިދީ ، ދައުލަތުން ވައްކަންކުރި އާލާތުންނަށް އިނާމަކަށް ހަމަމުސާރައާއެކު ޗުއްޓީ ދީފަ ޗުއްޓީ ނިންމާލީ!

    28
    1
  4. އެމް ޑީޕީ

    މަނަމަ އަކުރަމް ދެން ވަޒީފާއަކަށް ނުދާނަން. ދޭނީ ހަމަ އިސްތިއުފާ! ރީތިގޮތަކީވެސް އެއީ! ތުހުމަތު ކުރެވުނު މައްސަލަ އަދިވެސް އޮތީއެގޮތަށް!

    24
  5. މުހައްމަދު

    ހެހޭ މިހުރީ އިންސާފު ހުރިވަރަކީ މިމީހުން ކިތަންމެ ވައްކަމެއްކުރިޔަސް އެނުވާނެ ވައްކަމަކަށް ބަލަގަ ބައިރުފިޔާއެއް ކީއްކުރަން އެންމެލާރިއެއްވެސް ތިމާޔަށް ލިބެންޖެހޭ އެއްޗެއްނޫން ކަމަށްވެފައި އެނަގާ އަންބޮނޑިއަށް ލުމަކީ ހަމަވައްކަމެކޭ ހަތްފެނުން ދޮވެގެންވެސް ބޭނުންކުރިޔަސް ވައްކަމެއްވާނީ ވައްކަމަކަށޭ ސާބިތުއެޔޮތީ ކިތަންމެރަގަޅަކަށްވެސް ވެފަ ނަމަވެސް އެންމެ ހެއްވައީ ސާބިތުނުވާމީހުން ހައްޔަރުގަ ބައިތިއްބާފަ ސާބިތުވެފަތިބި މީހުންގެ ފާފަތަށް ވަގަށްނެގި ސަރުކާރުން ފުއްސަވާދެއްވި ފުރިހަމަކަމުން ހަމަ ހައިރާނުން އަންތަރީސްވެއްޖެ ނަމަވެސް ތިޔަކަމުގެ ހިތިވެސް ފެންނާނެ ދުވަހެއް އޮތްކަން ހަނދާންކުރާތި ހެހެހޭ

    8
    1
  6. ބުރާނތިބޭ

    މާފެއްނެތް.ރަތްޔިިތުން ބޮލައްތިޖެހީ ވަރުގަދަޗިޕެއް.ތީތިކަޑަ

    8
    1
  7. ދޮންއަދަރާދަ

    ވަރަށްލަދުގަނޭ. މާލޭގެ ގަދަރުވެރި ޢާއިލާއަކުން
    އައި ބޮޑުހުތުރެއް. މަޚްލޫފްގެ ސަސްޕެންސަން
    އުވާލީ މި އަކްރަމުގެ ސަސްޕެންސަން އުވާލަންވެގެން ކަން އެއީ އެގިނިމިފަ އޮތްކަމެއް.
    މިކަން އޮތީ މާލޭގެ ސައިހޮޓާތަކުގެ މޭޒުތައް
    ކައިރީ އެތައްބަޔަކު އިޢްލާނުކޮށްނިމިފަ. އޭގެފަހުން
    އަކްރަމުގެ ސަސްޕެންސަން ސޯލިހަށް އަބުރާ ތިގެންދެވުނީ. ތިޔަހަދާއެތި އެންމެއާދައިގެ މީހާއަށްވެސް މިހާރު އެބައެގޭ. ހަމައެކަނި އާކަމަކަށްއޮތީ މީހާގެ ފެންވަރެއް ނެތްކަން އިތުރު
    ބަޔަކަށް ހާމަވުން. މަސައްކަތެއް ނުކުރުވާ ރައްޔިތުންގެ ފައިސާއިން މުސާރަދިންމީހާ
    އަތުން ރައްޔިތުންނަށް އެފައިސާ ހޯދަދޭންޖެހޭ. ކޮބާ އެންޓި ކޮރަޕްޝަން ކޮމިޝަން، ކޮބާ ހިޔުމަންރައިޓްސް ކޮމިޝަން، ކޮބާ ނަޒާހަތްތެރިކަން ހޯދަދޭން މަސައްކަތްކުރާ ޓްރާންސްޕޭރެންސީ މޯލްޑިވްސް.
    އަގައިގަ ޓޭޕްއެޅުނީތޯ.

    8
    1
  8. ކާދަރޭ

    ވަރައް ކަމުނުދާ އަހުލާގީ ފެންވަރު ދައްމީހެއް ރައީސައް ގޮވާލަން ވަގުތުން އަކުރަމް ވަކިކުރަން އަޅުގަނޑުމެން އެމްޑީޕީ މީހުން ބޭނުމެއްނޫން ރައީސް މައުމޫން ވެރިކަމުގަވެސް އަކުރަމް ވައްކަންކުރީ މިހާރުވެސް އޭނަ މީދެން ބޮޑު ތަކުލީފެއް ނޫންތޯ...؟ މިރާއްޖޭގަ ތިމަގާމައް ގާބިލު ޒުވާނުން މަދެއްނޫން

  9. ނުރަބޯ

    އަނިޔާ ހުއްޓުވާ އިންސާފު ގާއިމުކުރަން އައި ސަރުކާރެކޯ މި ވަގުސަރުކާރަކީ. އެކަން މިހިރަ ފެންނަނީތާ ސާފުކޮށް. އިންސާފަކީ އެންމެންގެ މައްޗަށް ހަމަހަމަކޮށް ގާއިމުކުރަން ޖެހޭ އެއްޗެކަށްވީއިރުވެސް ރީނދޫ ލާދީނީ މީހުނަށް ވަކި އިންސާފެއް، މިބައިގަނޑު ނުރުހޭ މީހުނަށް އަނިޔާ އާއި ބޭއިންސާފު. މި ނުލަފާ ޖައްބާރުންގެ މުޅި އަމާޒަކަށް ހަދާފައިވަނީ ރައީސް ޔާމީން. ރައީސް ޔާމީންގެ ދުވަސް ދުއްވާނުލެވެނީހެއް މިމީހުން ހިތައްއެރިހާ ގޮތެއް މި ގައުމަކަށް ނުހެދޭނެނު.....؟؟؟