އެމްޓީސީސީން ފޯރުކޮށްދެމުންދާ ދަތުރު ފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ހއ އަދި ހދ އަތޮޅު ތެރޭގައި ސްޕީޑު ފެރީގެ ޚިދުމަތް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މި ޚިދުމަތް މިއަދު ފަށާފައި ވާއިރު، އަދި މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ޓްރިއަލް ކޮށެވެ. ޓްރިއަލް ކޮށް މި ޚިދުމަތް ދިނުމަށް ނިންމާފައިވާ އިރު، މި މުއްދަތުގެ ތެރޭގައި ހއ ދިއްދޫ، ހަނިމާދޫ އަދި ކުޅުދުއްފުށި ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރިއަލް މުއްދަތު ނިމުމުން، ދާއިމީ ގޮތެއްގައި މި ފެރީ ދަތުރު ކުރާނެ ރޫޓެއް ހަމަޖެހިގެންދާނެއެވެ. މި ފެރީގެ ޚިދުމަތް ބޭނުންފުޅު ކުރައްވާ ފަރާތްތަކުން 150 ރުފިޔާ އާއި 250 ދެމުދުގެ އަގެއް ދައްކަން ޖެހޭނެއެވެ.

ހއ އަދި ހދ ގެ އިތުރުން، އެހެން އަތޮޅުތަކުގައި އެމްޓީސީސީގެ ފެރީގެ ޚިދުމަތް ދެމުން ގެންދެއެވެ. އެހެން އަތޮޅުތަކުގައިވެސް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު