ތެދުވެރިކަމާއެކު މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާ ބެހި ކުންފުނި ކަމަށްވާ އެސްއޯއެފް އިން މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސްލައްކަ ދިވެހި ރުފިޔާ) ޖަމާކޮށްފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމު ކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ މަހްލޫފަށް ލިބުނު ކަން ހާމަވުމުން އޭނާ ސަސްޕެންޑް ކުރީ ފެބްރުއަރީ 14 ވަނަ ދުވަހުއެވެ. މަހުލޫފް ބުނެފައި ވަނީ އެއީ އޭނާގެ ވިޔަފާރިއަކަށް ޑޮލަރު ގަނެފައިވާ ފައިސާ ކަމަށާއި، ހިޔާނާތުގެ ފައިސާގައި ޖެހިައި ނުވާނެ ކަމަށެވެ. އަދި ފަހުން ފުލުހުންނާއި އޭސީސީން ވަނީ އެ މައްސަލައިގައި މަހުލޫފާ ސުވާލުކޮށްފައެވެ.

މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭސީސީއާއި ފުލުހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރެއްވުމަށްފަހު، އަލުން އިތުބާރު ކުރައްވާ އަލުން ރަސްމީ ވަޒީފާއަށް ނެރެދެއްވި ކަމަށްޓަކައި، ރައީސް ސޯލިހަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ތެދުވެރިކަމާއެކު މަސައްކަތުގައި ދެމިހުންނަވާނެ ކަމަށާއި، އިތުބާރު ކުރެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ ސަސްޕެންޝަން އުވާލާފައި މިވަނީ ސަސްޕެންޑް ކުރިތާ 61 ދުވަސް ފަހުންނެވެ. އެއްވެސް ރަސްމީ މަސައްކަތެއް ނުކޮށް ސަސްޕެންޑްގައި ހުރި ދެމަސް ދުވަހު ވެސް މަހްލޫފަށް މުސާރަ ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ރިލޯޑްވެސް ކުރަނީ ތެދުވެރިކަމާއެކު! އެމްޕީއާރުސީގެ ލާރިތައް ބޭނުންކުރީވެސް ހަމަ ތެދުވެރިކަމާއެކު: ދެތިކި ޕީ.

    9
    1
  2. ހަސަން ނ

    އެމްޑީޕީވެއްޖެތަ،އެމީހަކުސާފް

  3. ހަސަން ނ

    އެމްޑީޕީވެއްޖެތަ،އެމިހަކުސާފްހުދުފޮތިކޮޅެއް