އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރާ ނަމަ، ފިޝަރީޒް މިނިސްޓްރީން ދޫކުރާ ހުއްދައެއް ނުވަތަ ލައިސަންސެއް ނަގަން ޖެހޭގޮތަށް ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރާ މަސްވެރިކަމުގެ އިތުރުން އެކަމާ ގުޅުންހުރި ކަންކަމަށް ހާއްސަ ބާބެއް އެ ބިލުގައި ވަނީ އެކުލަވާލާފަ އެވެ.

މަސްވެރިކަމާ ބެހޭ ބިލު ފުރަތަމަ ކިޔުން އިއްވި ނަމަވެސް އަދި ބިލުގެ އެއްވެސް މަސައްކަތެއް މަޖިލީހުގައި ކުރިއަކަށް ނުދެ އެވެ. ބެލެވޭ ގޮތުން އެ ބިލުގެ މަސައްކަތް ކުރިއަށް ދާނީ އަލަށް އިންތިހާބުވި މަޖިލިސް ހުވާ ކުރުމަށް ފަހު އެވެ.

މި ބިލުގައި މިނިސްޓްރީގެ ހުއްދައަކާ ނުލައި ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖޭގެ ކަނޑުން ބޭރުގެ ފަރާތްތަކަށް ހުއްދަ ހޯދައިގެން މަސްވެރިކަން ކުރެވޭ ގޮތަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ދިވެހިންނަށް އަދި ބޭރުގެ ފަރާތްތަކަށްވެސް މަސްވެރިކަން ކުރުމަށް ހުއްދަދީ ލައިސަންސް ދޫކުރެވޭނީ ފީއެއް ދައްކައިގެން ކަމަށް ބިލުގައި ބަޔާންކޮށްފައިވީ ނަމަވެސް ފީއަކީ ކިހާވަރެއް ކަމެއް ބުނެފައެއް ނެތެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގައި މަސްވެރިކަން ކުރުން މަސްވެރިކަމާ ބެހޭ ބިލުން މަނާކުރެ އެވެ. މި ބިލު ގާނޫނަކަށް ވުމުން އެ ގާނޫނުގެ ދަށުން ގަވާއިދުތައް ހަދައި ފިޔަވަޅުތައް ބަޔާން ކުރުމުގެ ބާރު ބިލުން ވަނީ ފިޝަރީޒް މިނިސްޓްރީއަށް ދީފަ އެވެ.

މަސްވެރިކަމާ ބެހޭ ބިލު މިހާރު އޮތް ގޮތަށް މަޖިލީހުން ފާސްކޮށްފި ނަމަ ރާއްޖޭގައި މަސްވެރިކަން ކުރާ އޮޑިފަހަރަށް މަސްވެރިކަން ކުރެވޭނީ މިނިސްޓްރީން ދޫކުރާ ލައިސަންސެއް އޮވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    ދިވެހި މަސްވެރިންގެ ކައިރިން ވެސް އަނެއްކާ ލާރި ނަގާން ކުރާ ކަމެއް ތީ. އަދި ބޭނޭ މަސްކޮޅު ނުކިރިގެން އުޅޭ އިރު. އަނެއްކާ އަނެއް ޓެކުހެއް. މީ ދިވެހި މަސްވެރިން ނައް ކުރާ މަލާމާތެއް.

  2. އަލިބެ

    ތިޔަށްވުރެ މާތާހިރުވީސް މަސްމާރުކޭޓުގަ ކުނިވެފަ ހުރި މަސް ނުއަގުގަވިއްކަންތިބޭ ދަމާކަޑާ ބައިގަނޑު ބޭރުކޮށް ރައްހިތުންނަށް ތާޒާ ރަނގަޅު މަސްލިބޭނެ ގޮތެއް ހެދުން ދަމާކަޑާމީހުން ހަދާގޮތަކީ ފަޅުގަ އިންޖީނެއްނެއް އޮޑިއެއްގެތެރޭ ފޮއްޓެއްބަހައްޓާގެން ކުނިވެފަހުރިމަސް ކޮންމެދުވަހަކު މާރުކޭޓަށް ވައްދަނީ ނުވިކި ހުރިމަސް ގެންގޮސް އަނެއްކާ އެފޮއްޓަށް އަޅާ އަނެއްދުވަހު އެވިއްކަނީ މީ ހަގީގަތަކީ މިވާހަކަ މިހެން ދައްކާތާ ކޮޅުންލާފި އެއްވެސް ސަރުކާރަކަށް ހައްލެއް ނުކުރެވުނު އަޑެއްވެސް ނީވުނު ރައްޔިތުންނަށްހެޔޮ އެދިގެނޭކިޔާ މޮޔަ ހެއްދުން ނޫންކަމެއް ނުކުރޭ

  3. ސާބަހޭއިނގޭ

    ޖަޒީރާ ދިރިއުޅުމުގައި ލައިސަންސް ޓެކްސް ދައްކަން މިޖެހެނީ އަނބިދަރިންނަށް ކާންދޭން ތުނޑިކޮޅަށްގޮސް މަހެއްބާނާ ނިކަމެތި މީހާ. އިނގިރޭސި ރީނދޫ ޑިިމޯކްރަސީގައި އިންކަމްޓެކްސް ދައްކަނީ މުއްސަނދިންކަން ނޭނގޭކަމަށް ހަދަނީ ކަމެއް ފޮރުވަނީ ކަމެއް މަށަކަށް ނޭނގޭ! އަދިވެސް ސުމާރަށް 19 އޭ ކިޔާފައި ވޯޓު އަޅާތި!!!!! ދެންތިބޭ ޖަޒީރާ މަސްކައިގެން