އެމްޑީޕީ އަކީ ވައްކަމާއި ކޮރަޕްޝަން ފަދަ ޖަރީމާތަށް ހިންގާ މީހުން ދޮވެދޭ ދޮންނަ މެޝިނެއް ކަމަށް ވިލިމާފަންނު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ނިހާން މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ފައިސާތައް ބެހި އެސްއޯއެފް އެކައުންޓްތަކުން ފައިސާ ވަންކަމަށް އޭސީސީގެ ރިޕޯޓްތަކުން އެނގިފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމުމާ ގުޅިގެންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓު މިދިޔަ ފެބްރުއަރީ މަހު އާންމު ކޮށްފައިވާއިރު، އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ހިޔާނާތުގެ ފައިސާ އިން މަހުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު (539،700 ރުފިޔާ) ވަދެފައި ވެއެވެ. އަދި އަކްރަމްގެ އެކައުންޓަށް ވަނީ 30،000 ޑޮލަރު ވަދެފައެވެ.

ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ސިޔާސަތެއް މިސަރުކާރުގައި ގެންގުޅުއްވާނެ ކަމަށް ވިދާޅުވެ ރައީސް ވަނީ ފެބްރުއަރީ 14 ވަނަ ދުވަހު މަހްލޫފް އާއި އަކްރަމްގެ އިތުރުންވެސް ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި، ރިޕޯޓުގައި ޝާމިލްވާ ބޭފުޅުން ގޭގައި މަޑުކުރަން އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައިމީ

    ކަލޯމެންނަން ރާކަނި މަސްކެވުނީމަ ނޭންގޭނެ ކިޔޭ ނުކިޔޭއެއް. ކަލޭތީ ރޮލެކްސް ގަޑި އުފައްދާ ދޮންނަމެޝިން. ފެއިލްޑް ޕީޕަލް.. ލަލަލާ.. ދެންތިބޭ ރާޑިއަރާފަ.ސިޔާސީ ހަޔާތަށް ބާއިބާއި ކިޔާދެން..

    2
    9
  2. ޢަފްލާ

    ނިހާނު ބުންޏަސް ތެދެއްވާނީ ހަމަ ރެދަކައް ކިތައްމެ ނަޖިހެއް ފއންނަން ހުއްޓަސް އެމްޑީޕީ އައް ބައިއަތު ހިފާ ހިސާބުން އެސާފްވީ ދޮންނަމެޝިނައް 2 ފަހަރު ލައިގެންވެސް ސާފްކުރާނެ މަކްލޫފްވެސް އަކްރަމައްވެސް އެހެރީ ހަމަ ބްލީޗް އަޅާގެން ލައްފިލުވާފަ

  3. ކުރުކުރު

    ނިހާނު ތި ބުނީ ތެދުފުޅެށް.
    މިހާރު މަހުލޫފު ސާފު ހުދު ފޮތިކޮޅަކަށް ވެށްޖެ.

  4. ބިޖޫ

    މޮސަރުކާރަކީ ދޮގު ވައުދުވާ ސަރުކާރެއް

  5. އޭ ޑީޕޭ

    މިސަރު ކާރަކީ ވައްކަމާހީލަތްތެރި ކަމާ ފިތުނަފަސާދަކުރަމުންދާ ޔަހޫދީ ސަރުކާރެއް ބޮޑުވަގުންގެ ސަރުކާރެއް