އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލައިފިއެވެ.
މީގެ މަހެއްހާ ދުވަސްކުރިން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޝިފާޒް ހައްޔަރުކުރީ އެމްޑީޕީގެ ހަރުގެ ތެރޭގައި ހުންނަވަނިކޮށެވެ.
ޝިފާޒްގެ އިތުރުން ވެސް ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި އެމްޑީޕީގެ ބައެއް އިސް ފަރާތްތައް މިއަދު ވަނީ ދޫކޮށްލާފައެވެ.
އެގޮތުން މިއަދު ދޫކޮށްލި ފަރާތްތަކުގެ ތެރޭގައި ލެކިއުޓް ހިންގާ ކުންފުނީގެ އެއް ހިއްސާދާރު އަބްދުލް މާޖިދު (ލެކިއުޓް މާޖިދު) އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ކަމަށްވާ އިލްޔާސް ލަބީބު އާއި މުހައްމަދު ވަހީދު (ވައްޑެ) އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ފިރިމީހާ އަހުމަދު ޝާހިދު (ސާބެ) އާއި އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އިލްހާމް އާއި ހަސަންޓޭ ހިމެނެއެވެ.
މި ފަރާތްތައް މިހާރު ވަނީ ދޫނިދޫ އިން މާލެ އައިސްފައެވެ.
ކުއްލި ހާލަތުގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ނަމަވެސް އޭގެތެރެއިން ބައެއް ފަރާތްތަށް މިހާރު ވަނީ ދޫކޮށްލާފައެވެ.
މާލެ ސަރަހައްދަކީ އެއީ ރާއްޖޭގެ އިގްތިސާދުގެ ހިތެވެ. އެކަން ބަދަލު ނުކުރެވޭނެ އެކަކަށް ވެސް އަދި އެކަމާއި ނުރުހޭ ބަޔަކު ޖެހޭނީ މަހަށް ދާން. މާލެ ސަރަަހައްދު ތަރައްގީ ކޮށްފާނެތީވެ ދަ ރާއްޖެތެރޭ މީހުން ޖެލަސް ވިނަމަވެސް ދަ ރާއްޖެތެރެއަށް ވުރެން ހުރިހާ ގޮތަކުން ވެސް ޑިމާންޑް ބޮޑުވެފައި ޕޮޓެންޝަލް ބޮޑީ މާލެ ސަރަހައްދުގައެވެ. މަމެން މީ ސަރުކާރުގައި ތިބި ނަމަ ކުޅި ދައްކާލާނަން މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅު ތައް މަމެންގެ ވެރިކަމުގެ 5 އަހަރު ދުވަސް ތެރޭ އެއްކޮށް ވިއްކާ ހުސް އަރުވާލާނަން އެއިރުން ލާރޖް ކޮށް ރިސޯރޓްސް ތަކާއި މޮޓެލްސް ތަކާއި އަދި އިންޑަސްޓރިއަލް ޕާރކް ތައް ތަރައްގީ ކުރުމުން މާލެ ސަރަހައްދުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރި އަރައިގެން ގޮސް އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދާ މަމެން ރާއްޖެ އަކީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު ކަމުގައި ވެގެން ދާނެއެވެ. ސަރުކާރުން ހަމަ ކުރަންވީ މިކަން ކެރިގެން. ކޮށްބަލަ ހެޔޮ ނުވާނެ ދެން. ކޮށް ނިންމާލާ އަވަހަށް.
މިބައިގަނޑު މިރޭ ނިކުންނަން ތައްޔާރު ވާނެ
ހުރިހިތާމައެއްގެ ބޮޑުކަމާއޭ ހިފެހެއްޓޭނެގޮތެއް ނެއްތޯ