ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ކޯލިޝަނުގެ ބަދަހިކަން ދެމެހެއްޓުމަށް ރައީސް ސޯލިހު ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އެ ކަންތައްތަކުގައި ދެ ފަރާތުގެ މެދުގައި އެއްގޮތް ހިޔާލުތަކެއް ހުރުމުން އެކަމާ އުފާކުރައްވާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު މައުމޫން ރައީސް ސޯލިހާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣަމްރު

    ފާރިޝްއަށް ވަޒީފާއެއްދޭތޯ ދެފައިގަ ދޫލީ. ޢަދި ގޭ ކުދިންކޮޅުގެ ވަޒީފާ ޙިމާޔަތްކޮށްދޭތޯ އާދޭސްކުރީ. ޙުވާކުރުމާއެކު ހޫރާލަންވާނެ ޢެންމެން. ބަލަމީ ރީދޫ ކުދިންގެ އެއްޗެއް. ޢެހެން ކުލައެއްގެ މީހަކު ވަޒީފާއެއްގަ ހުރެގެން ނުވާނެ. މޮޔަވީތަ. ބެއްޔާ.

  2. ހަސަން ނ

    ވެރިކަމުގެދިގުމުއްދަތުގެތެރޭގައިނުހައްގުން
    އެތައްސަތޭކަބަޔަކަށްއަނިޔާކުރެވިފައިވާކަން
    ގަބޫލުކޮށްއެއަނިޔާލިބިފައިމިވަގުދުނިޔޭގައިތިބިމީހުންގެކިބައިންިމައާފައްއެދުންބުއްދިވެރި

  3. ހަސަން ނ

    އުމުރުންއަށްޑިހައިގެއަހަރުތައް
    ގުނެމުންދާއިރުވެސްމަސައްކަތް
    ކުރަނީސިޔާސީމޭޒެއްގެދޮށުގައި
    އިދެފޮޓޯއެއްނެގޭތޯ

    2
    1