ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އިންތިޒާމްކޮށްގެން ރަމަޟާން މަހު ބާއްވަން ގަސްތުކުރި "އެންމެ އަލިގަދަ ތަރި" މުބާރާތަށް ބޭނުންވާ ވަރަށް އެކަށީގެންވާ ބައިވެރިން ނުލިބުމުގެ ސަބަބުން ގުރުއާން މުބާރާތް ނުބާއްވާ ގޮތަށް ޕީއެސްއެމް އިން ނިންމައިފިއެވެ.

ޕީއެސްއެމްގެ ޑިރެކްޓަރު، އިސްލާމިކް ޕްރޮޑަކްޝަން އިބްރާހިމް އިގްބާލް ވިދާޅުވީ، "އެންމެ އަލި ގަދަ ތަރި" އަށް ބޭނުންވާ ވަރަށް ބައިވެރިން ނުލިބުމުގެ ސަބަބުން މި އަހަރުގެ ރޯދަ މަހު އެ މުބާރާތް ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި އެ މުބާރާތް ބޭއްވުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އޮންލައިން މެދުވެރިކޮށާއި އެސްއެމްއެސްގެ ޒަރިއްޔާއިން ނަން ހުށައެޅުމަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ޖުމްލަ 24 ބައިވެރިން ކަމަށެވެ. އަދި މީގެ ތެރެއިން 15 ފަރާތެއް ވީޑިއޯ ހުށަހަޅާފައިވާ ކަމަށާއި، އޮޑިޝަންތަކަށް ފަހު ޖުމްލަ 12 ބައިވެރިންނާއެކު ކުރިޔަށްދާ މި މުބާރާތަށް މިފަހަރު ހުށަހެޅި ވީޑިއޯތަކުން ފެނިގެން ދިޔައީ މުބާރާތަށް ކުރިމަތިލުމުގެ ފެންވަރު ހަމަވާ ތިބީ ހަތަރު ވަރަކަށް ބައިވެރިންކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މުބާރާތް ބޭއްވުމަށް އޮޑިޝަން ބާއްވާ ގިނަ ތައްޔާރީތަކެއް މިއަހަރުވެސް ޕީއެސްއެމްއިން ވި ކަމަށެވެ.

މިއަހަރުގެ މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް 3 ލައްކަރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އެންމެ އަލިގަދަ ތަރީގެ ލަޤަބު އެރުވުމަށް ޕީއެސްއެމްއިން ވަނީ ނިންމާފައިވެއެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލީ

    އެނގޭ ނުބުންޔަސް އެކަހަލަ ރަނގަޅުކަމެއްވީޔާ ކެންސަލްކުރާނެކަން. ބޮޑުބެރު ބާއްވާނަން ދޯ. މޯލްޑިވިއަން އައިޑިއޮލް އަށް ސަރުތުހަމަ ނުވިޔަސް ބާއްވާނެ

    134
    5
    • މޯ

      ހަމަ ތެދެއް ތި ބުނީ

      51
      4
  2. Anonymous

    ކުޑަކުދިންނަށް ބޭވިދާނެ ދޯ!!

    45
    3
  3. ދޮންބެ

    ކުރިމަތިލީ އެންމެ 24 މީހުންނޭ ބުނާ ބުނުމަކީ ހަމަސީދާ ކަނޑައެޅިގެން ދޮގެއް. ތީ އެޖެންޑާ 19 އިގެ ފުރަތަމަ އެޕިސޯޑު. އަދި އެބައޮތް ނަމާދުކުރާނެމީހުން ނެތޭ ކިޔާފަ މިސްކިތްތަށް ތަޅާލުންވެސް އެޖެންޑާ 19 އިގެ ތެރޭގައި.

    66
    7
  4. ޖާހިލު

    މަށަކައް ހަތިމުން ބަލައިގެން ގުރުއާން ކިޔަވާކައްނޭގެ! އެހެންވެ މަ ކިޔަވަނީ ތާނާތްލިޔެފަ އޮތް އަރަބި ތަރުޖަމާ މަގޭ ދޭކޭގޮތުގަ އެކެއްޗެއް އެކިޔެނީ ތަފާތަކީ މަށައް ކިއޭޢެތި މަށައް އެގުން! އެކަމަކު ހިތައް އަރާ ދުވާލަކު ފަސްފަހަރު އަޅުކަންކުރާ ކަލާންގެ ނައްފުޅު ތާނައިން ނާޅަނީ އަރެމެންގެބަސް ނަޖިސްވެފަ މުޑުދާރީ ބާވައޭ

    1
    12
    • އެދުރު

      ކަލޭ ޤުރުއާން ތިކިޔަވަނީ ކަލޭގެ އަމާ ބުނީމަތަ؟ ޤުރުއާނަކީ ކިޔަވާ ހިތުން އެކަމަށް ޝައުގުވެރިކަން ބަހައްޓައިގެން ކިޔަވަންޖެހޭ އެއްޗެއް. ޤުރުއާން ހަތިމުން ނުކިޔެވެންޏާ ފުރަތަމަ ޤުރުއާނުގައިވާ އަރަބި ދަސްކުރަންވީ. އަރަބި ފިލިފޮތެއް ކިޔަވައިގެން އެއްމަސް ނުވަތަ ދެމަސްތެރޭ އަރަބި ބޭސިކް ދަސްކުރެވޭނެ. މަޚްރަޖް ފޮތެއް ކިޔަވައިގެން އަރަބި ބަސްތައް ކިޔަންވީ ރަނގަޅުގޮތް އެނގިގެން ދާނެ. މިގޮތަށް ކަންތައް ކުރެވޭނީ ކަލޭ ޤުރުއާން ކިޔެވުމަށް ޝައުގުވެރިކަމެއް ހުރިއްޔާ. މިކަންތައް ކުރަންވެސް އުދަގޫވެއްޖެނަމަ ޑައުންލޯޑް ކުރަންވީ ޤުރުއާނުގެ އޯޑިޔޯއެއް. ރަނގަޅުވާނެ ޤުރުއާނާއި ދިވެހި ތަރުޖަމާގެ އޯޑިޔޯއެއް. މިއޯޑިޔޯ އަޑުއަހައިގެން އަޑުދަށުން ޤުރުއާން ކިޔެވިދާނެ.
      މިހާރު އުޅޭ ގިނަ ދިވެހި ޒުވާނުން ކޮންމެވެސް އެކްސްކިޔުޒްއެއް ދީގެން ނަމަވެސް ދީނާ ދުރުވާން މަސައްކަތް ކުރޭ. މިކަހަލަ ޒުވާނުން އިސްލާހުވަންދެން މިކަހަލަ ޒުވާނުންނާ ދުރުވުން ބުއްދިވެރި.

  5. ޢަލީ

    މި ސަރުކާރުން މާ މުހިއްމު ކަން ދޭ ކަންކަމެއް ނޫން ތިޔަކަހަލަ ދީނީ މުބާރާތް ތަކަކީ...އެކަން އެނގޭ

  6. ޖިންނި

    އެލެކްސް ގެ ބޯންބެ ހާޑިންހަމް ނުރުހޭކަމެއް ނުކުރާނެ މިސަރުކާރަކުން

  7. އަޙްމަދު

    އިންސާފްވެރި ނުވާތީ މީހުން ކުރިމަތިލާން ބޭނުންނުވަނީ. ގާބިލް މީހުންނެތީކީ ނޫން.

  8. ހަސަން ނުވަވަނަ

    ޗިޗަންޑާ 19 ތަންފީޒްކުރުމުގެ ގޮތުން ދެއްތޯ

  9. ތެދު ބަސް

    އެޖެންޑާ 19 ގަ ނީންދޭ ދީނުގެ އެއްވެސް ކަމެއް ...

  10. ޢާއިޝަތު

    މިހާރު ތަރުހީބް ލިބޭނީ ބިރަކާނުލާ މަޖާކުރެވޭ ގޮތަށް އިންތިޒާން ކުރާ މުބާރތްތަކަށް