ގއ.ކޮލަމާފުށިން ކަރަންޓް ކެނޑި މިރޭ އެރަށު ރައްޔިތުން ގިނަ އިރުތަކެއް ވަންދެން ކަނު އަނދިރީގައި ތިބެން ޖެހިއްޖެއެވެ.

ކަރަންޓް ކެނޑުނުތާ ދެތިން ގަޑިއިރު ފަހުން މިހާރު ވަނީ ރަށުގެ މަގުތައް ފިޔަވައި އެހެން ތަންތަނަށް ކަރަންޓް ދީފައެވެ.

ކޮލަމާފުށިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ކަރަންޓްގެ ޚިދުމަތް މިރޭ މެދުކެނޑުނީ ކަރަންޓް ދޭން ބޭނުން ކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ނިވިގެން ކަމަށެވެ.

"މަހެއްހާ ދުވަސް ވެއްޖެ އިރުއިރުކޮޅުން ކަރަންޓް ކެނޑެމުން އަންނަތާ. ވަރަށް ގިނަ ކަރަންޓް ސާމާނު ވެސް ހަލާކު ވެއްޖެ މި މަހެއްހާ ދުވަސް ތެރޭގައި. މިރޭ އެއް ޖަނަރޭޓަރުގެ ޓެމްޕަރޭޗަރ މައްސަލައެއް ދިމާވެގެން އެއްކޮށް ހުއްޓުނީ. މިހާރު އެއް ޖަނަރޭޓަރުން ކަރަންޓް ދީފައި އޮތް ނަމަވެސް އެއްވެސް ޔަގީންކަމެއް ނެތް ކުއްލިއަކަށް އެ ޖަނަރޭޓަރު ވެސް ނުނިވޭނެ ކަމުގެ." އޭނާ ބުންޏެވެ.

އޭނާ ބުނީ މިރޭ ކޮލަމާފުއްޓަށް މިހާރު ކަރަންޓް ދެމުންދާ ޖަނަރޭޓަރަކީ މިހާރު ވެސް ވަރަށް ގިނައިން މައްސަލަ ޖެހޭ ޖަނަރޭޓަރެއް ކަމަށާއި އެހެންކަމުން ދުވާލު ވަގުތު ކަރަންޓް ދެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ކޮލަމާފުށިން މިރޭ ދެ ގަޑިއިރަށް ކަރަންޓް ކެޑުނު ކަމަށް ދެކެވެމުންދާ ވާހަކަަތައް ކޮލަމާފުށީ ކައުންސިލް މެންބަރަކު ދޮގުކޮށްފިއެވެ.

" ވަގުތު" އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލް މެންބަރަކު ވިދާޅުވީ މިރޭ 2 ގަނޑި އިރަށް ކޮލަމާފުށިން ކަރަންޓް ކެނޑުނު ކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަ ތަކެއް ކަމަށާއި ރަށުން ކަރަންޓް ކެނޑުނީ 15 މިނެޓަށް ކަމަށެވެ. ނަމަވެސް މިހާރު ރަށަށް ކަރަންޓު ދެވިފައިވާ ކަމަށް އޭނާ ބުނިއެވެ.

"ރަށުން ވަރަށް ގިނައިން ކަރަންޓް ކެނޑެމުންދާ ކަމަށް ބުނެ ފެތުރެނީ ދޮގު ހަބަރެއް މިރޭ ކަރަންޓް ދިޔައީ އެންމެ 15 މިނެޓް އަށް މިހާރު ކަރަންޓް ވަނީ ރަށަށް ދެވިފައި " އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ކޮލަމާފުއްޓަށް ބާ ޖަނަރޭޓަރެއް ފެނަކަ އިން ގެންގޮސްފައި އެބަހުއްޓެވެ. ކޮންމެވެސް ރަށެއްގައި ކުރިން ބޭނުން ކޮށްފައިވާ އެޖަނަރޭޓަރު އަދި އިންސްޓޯލް ކުރުމުގެ މަސައްކަތެއް ނުކުރެއެވެ. އެއީ ބޭނުން ކޮށްފައި ހުރި ޖަނަރޭޓަރަކަށް ވާތީ އެޖަނަރޭޓަރުގެ ހާލަތު ވެސް މާރަނގަޅު ވާނެ ކަމަށް ނުބެލެވޭ ކަމުގައި މިރޭ އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ކަރަންޓް ކެނޑުމުގެ މައްސަލަތައް އަންނަނީ ދިމާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޯދީ

    ކޮބާތޯ ކޮލަމާފުށީ މީހުން ކަންބޮޑު ނުވޭ. ނަޒާހަތްތެރި މަޖިލީސް ހުވާ ކުރުމުން . އަދި ދެން ފެށޭ ކައުންސިލް އިންތިޚާބުގެ ހުރިހާގޮންޑި އެމް.ޑީ.ޕީ އަށް ކާމިޔާބު ކޮށްދީ އޭރުން ތިކަންތަށް ރަނގަޅުވާނެ.

    30
    1
  2. ޕޮފުބާ

    ބަރާބަރު ވާނެ އެޖެންޑާ 19 މަސްތުވާތަކެތި ވަރަށްމޮޅު ފިޔަފާރިއެއް ވަރަށް ފައިދާވާނެ.

    28
    1
  3. Anonymous

    މިއޮތީ ދިވެހިން ފޭހި އިލޮށި ހެރޭ ތާކަށް ހެރިފަ ވާނެ ކަމެއް ހަރާން، އަލިގަދަ ތަރިވެސް ދިޔައީ....ލޮލް، މޮޔައެއްގެ އަތަށް ކަނޑިއެއްދީފަ ތަޚުތަށް އަރުވައިގެން އެމްޑީޕީ ސަޕޯޓަރުން ހީހީފަ ބާރަށް އަތްޖަހާ

  4. 3ނިރު

    ކެއްކުރޭ އެޖެންޑާ 19 ހަނދާކޮއްލާ ހުރިހާކަމެއް ފުރިހަމަވާނެ އެމްޑީޕީ ގަ ތިބޭނީހުސްދަންނަ ބޭކަލުންނެ. ހުރިހާކަމެއް އެގޭނެ އެހާމޮޅުވާނެ

  5. ޒާ

    ގައީގާ ރީނދޫ ވަށައިގެން ނިކުމެ ހަތްޖަހާ މަގުމަތީ ނަށާހަދާލާ. އޭރުން ކަރަންޓް ލިބޭނެ

  6. މުހުންމަދު

    ރާކަނިމަސްކައިގެން ދެން އަމަލުވެފައި ތިބޭ. އަމަލުވުމުގެ ބައިއަދި ކުރިޔަށް އޮތީ. މިފަހަރުވާކަރަންޓު ކެނޑުނުކަން އެނގިއްޖެތާ! ކުރިޔަށްއޮތތަނުގައިގުނބޯތަށް ޝަކުވާނުކުރާ ވަރަށް އެޖެނޑާ ނައިންޓީން ދަށުން އަމަލު އަރުވާލާނަން

  7. އޮޅާލާ

    ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ފެލި ފެލިފައި ބުނިދޯ ތަމެންގެ ސަރުކާރުން ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލެރެންސޭ ކިޔާ މިނިސްޓަރުން އެއްކޮށްގެން ދަ ރާއްޖެތެރޭ މީހުންނަށް އޮޅުވާލާ އުސޫލުން އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން އެންމެ ފަހުން ޒީރޯ ލެވެލް ކޮރަޕްޝަން އެމްއެންބީސީން އޮޅާލާ ދައުލަތުގެ ޚަޒާނާއިން 35 ބިލިއަން ރުފިޔާ ދޯ ބަނޑުއަޅާލީ ތަމެން ދެން ޒީރޯ ޓޮލެރެންސް އޮޅާލަބަަލަ އޮޅާލާ އޮޅާލާ އޮޅާލާ...

  8. ކާށިމު

    އެޖެންޑާ 19 ތަންފީޒުކުރަންފެށީ ކޮލަމާފުށިންތަ؟

  9. ޖޮއްބެ

    24 ގަޑިއިރުގެ ކަރަންޓް ޔަގީންވާން ރާއްޖެތެރޭ އާލާތްވަރު ތައް ބޭނުންނުވާތީނު ރީނދޫމީހުނަށް ވެރިކަމާ މަޖްލިހާ ތިޔަ ދިނީ؟ ދެން އަނގަނާރުވާ ރީނދޫފޮތި ގައިގަ އޮޅައިގެން ތިބޭ......!!!