ހދ. ކުޅުދުއްފުށީގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އެކްސިޑެންޓްގައި ޒަހަމްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާގެ ހާލު
ސީރިއަސްކަމަށްވެސް މައުލޫމާތު ލިބޭއިރު، އެ މީހާ މާލެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އެ މީހާގެ މޭކަށިގަނޑުގެ ދެ ތަނަކުން ބިންދައިގެން ގޮސްފައިވާއިރު ވާތު ފައިގެ ކަށިގަނޑު ވަނީ ފްރެކްޗާރ ވެފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުންވެސް އެނޫންވެސް ޒަހަމްތަކެއް ލިބިފައިވާކަމަަށް މައުލޫމާތު ލިބެއެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ އެ ރަށު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރު ކުރިމަތިންނެވެ.

ދެ ސައިކަލު ޖެހިގެން ހިނގި އެ އެކްސިޑެންޓްގައި ދެވަނަ ސައިކަލް ދުއްވަން އިން މީހައަށް މާބޮޑެތި އަނިޔާތަކެއް ލިބިފައިނުވެއެވެ.