ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދަކީ ގޮތް ނޭނގޭ ގޮތައް ގެއްލިފައިވާ މީހުންނާއި ހަޤީޤަތް ހޯދިފައި ނުވާ މަރުތައް ތަޙްޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ވެސް މެންބަރެކެވެ.
ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތަކާ މެދު ގޮތެއް ނިންމުނުގެ ބާރު އަލަށް ހުވާކުރާ މަޖިލީހަށް ދިނުމަށް މާލިއްޔަތު ކޮމިޓީއިން އިއްޔެ ފާސްކުރުމާ ގުޅިގެން ސުއޫދު ވިދާޅުވީ، ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރުމަށް ވުރެ ކޯޓު ތަކުގެ ވަސީލަތްތައް ތަރައްގީ ކުރުން މާ މުހިންމު ކަމަށެވެ.
ފަނޑިޔާރުނެގެ މުސާރަ އާ މެދު މަޖިލީހުން ގޮތެއް ނިންމައި ދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ މިހާރު ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާ މުސާރަ އަކީ ދިރިއުޅުމުގެ ހަރަދުތަކާއި އެބޭފުޅުންގެ މަސްއޫލިއްޔަތާ އަޅާބަލާއިރު، އެކަށީގެންވާ ވަރަށް ވުރެ ކުޑަ މުސާރައެއް ކަމަށެވެ. 28 ޑިސެމްބަރު 2010 ގައި ފަނޑިޔާރުންނަށް މުސާރައާއި އިނާޔަތްތައް ދިނުމަށް މަޖިލީހުން ނިންމި ނިންމުން މިހާތަނަށް އައި އިރުވެސް ރިވިއު ކޮށްފައި ނުވާކަންވެސް ޖޭއެސްސީގެ ސިޓީ ގައި ފާހަގަ ކޮށްފައިވެއެވެ.
މިހާރު އުއްތަމަ ފަނޑިޔާރަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު ޖުމްލަ 73،125 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ޖުމްލަ 71،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ހައިކޯޓުގެ އިސްފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވަނީ 56،300 ރުފިޔާއެވެ. އަދި އެކޯޓުގެ އެހެން ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވަނީ 54،300 ރުފިޔާއެވެ.
ކުރިމިނަލް ކޯޓުގެ އިސް ގާޒީއަށް މިހާރު 49،300 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އެ ކޯޓުގެ އެހެން ގާޒީންނަށް މަހަކު 48،300 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ސިވިލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީންނަށް 47،650 ރުފިޔާ ލިބިވަޑައިގަންނަވާއިރު އެ ކޯޓުތަކުގެ އެހެން ގާޒީންނަށް 46،650 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
ފެމެލީ ކޯޓުގެ އިސްގާޒީއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު ލިބިވަޑައިގަންނަވަނީ 47،375 ރުފިޔާއެވެ. އަދި އެ ކޯޓުގެ އެހެން ގާޒީންނަށް ލިބިވަޑައި ގަންނަވަނީ 46،375 ރުފިޔާއެވެ. މެޖިސްޓްރޭޓުންގެ މުސާރައާއި އިނާޔަތަށް ބަލާއިރު، ކޮންމެ ދާއިރާއެއްގެ އިސް މެޖިސްޓްރޭޓަށް 27،950 ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ކޮންމެ މެޖިސްޓްރޭޓް ކޯޓެއްގެ އިސް މެޖިސްޓްރޭޓަށް 25،600 ރުފިޔާ ލިބިވަޑައިގަންނަވާއިރު އެހެން މެޖިސްޓްރޭޓުންނަށް 23،450 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަން ޖެހެނީ މާލިއްޔަތު ކޮމެޓީގެ ލަފާގެ މަތިން މަޖިލީހުންނެވެ.
ސިވިލްސަރވަންޓުންގެ މުސާރަ އެންމެ ދަށްކޮށް ލިބޭ މުސާރަ ، މިހާރު 10000.00ރ އިން ދަށުން ލިބޭ މުސާރައިގެ 75 އިން ސައްތައަށް ބޮޑު ކުރުމަށް ފެނޭ އަދި 10000.00ރ އިން މަތިން ލިބޭ މުސާރަ އަށް 35 އިން ސައްތައިގެ ކުރިއެރުމެއް ދީ މުސާރަ ބޮޑު ކުރުމަށް ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލަން.
ޢަދިވެސް އެމީޙުންގެ މުސާރަ ކުޑަވެގެން އެއުޅެނީ، ނިކަން ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްބަލަ. ޢެވެރިންގެ މުސާރަ ކުޑަކަމުން ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސާނުލެވި ގަނައެތެޅެނީ
މިގައުމަށްލިބޭލާރި ހަމައެކަނި ފަނޑިޔާރުންނަށްދޭކަންނުޖިހޭނެ ރަތްޔެތުންގެސަރުކާރު އެންހެންވީމައި ހުރިހާމީހުންނަށްނަށް މުސާރަހަމަހަމަވާންޖިހޭނެ ހުސްނުއްސުއޫދު ތިކުރާމަސައްކަތައްސާބަސް
ސާބަސް ސުއޫދު ހަގީގަތާ ކުރިމަތިލާނީ ތިހެން
މުސާރަ ބޮޑުނުުރިޔަކަސް ހެޔޮ... މަޖިލީސް މެންބަރުންނާ ކައުންސިލަރުންގޮތަށް އަމިއްލައަށް ވިޔާފާރި ކުރެވޭނެގޮތް ހަދައިދީ... އެއްވެސް ވިޔާފާރިއެއް ކުރުމާ އެއްމެ ކުޑަވެގެން ލާރިއެއް ލިބޭގޮތަށް ޔުނިވާސިޓީއެއްގައި ގަޑިއެއް ނަގައިދިނުމަށްވެސް މަނާކުރެވިފައި މި އޮންނަ އޮތުން ނިމުމަކަށް ގެނެސް އެހެން މީހުންނެކޭ އެއްގޮތަށް އުޅުމުގެ މިނިވަންކަން ދީ... އޭރުން 10،000 ރުފިޔާ ދިނަސް އޯކޭ...
ސުއޫދަށް ތާއީދުކުރަން ، އެއްގޮތަކަށްވެސް މުސާރަ ބޮޑުކޮށްގެން ނުވާނެ ، މުސާރަ ބޮޑުވާންޖެހޭނީ ހަމަހަމަކަމައި އެކު އެންމެނަށް އެމީހެއްގެ ފެންވަރުން
ފަޑިޔާރުންގެ މުސާރަ ޖެހެނީ ކުޑަކުރަން. ދިވެހިރާއްޖޭގެ އިގްތިސާދުގެ ނިސްބަތުން ފަޑިޔާރުންގެ މުސާރަ މިޙާރުވެސް ބޮޑީ. ޜާއްޖޭގާ ފަޑިޔާރުގެ ކުޑކޮށް އާބިޓްރޭޝަނުން ވިޔަފާރި ޑިސްޕިއުޓުތަށް ހައްލު ކޮށް ކުރިމިނަލް ކޭސްތަކަށް ޖޫރީ ސިލެކްޓް ކޮށްގެން ނިންމާ އުސޫލަކަށް ފަޑިޔާރުގެ ބަދަލު ކޮށްލަން ޖެހެނީ
މިސޮރު މީ ސަރުކާރުގެ ކޮން މަގާމެއްަ ހުރި ސޮރެއްތަ؟
މިއީ ޖަހާ މަޅިއެއް މިސަރުކާރުން އުއްތަމަ ފަނޑިޔާރަކަށް މީނާ އިސްކުރާ ތަނުން ތިޔަ މައްސަލަ ފެންމަތި ކޮށް ބޮޑު ކުރާނެ.. އެއީ ރޭވުމެއް މަޖްލިސް ފެށޭތަނުން މިކަން ހިނގަން ފަށާނެ ބަލަން ތިބޭ ..... މަހާރު ތިޔަ ކަރުދާސް އޮންނަނީ ތައްޔާރު ކޮށްފައި ފަނޑިޔާރުން ރިސްވަތު ނުހިފާވަރުގެ މުސާރައެއް ދޭން ޖެހޭނެ ކަމަށް މީނާ ވަކާލާތު ކުރާނެ މީ ރައްޔިތުންގެ ރުހުން ހޯދާން މީނާ ޖަހާ ސަކަރާތެއް.......
ހެޔޮނުވާނެއެވެ. ސިވިލްސާވެންޓުންގެ މަސައްކަތު މީހަކަށް 5000ރ އެޑްމިން މީހަކަށް 6000ރ ދީފައި ފަނޑިޔާރުންނަށް 70000ރ ރިޓަރ މެޖިސްޓްރޭޓުންނަށް 17000 ރ 22000ރ ދިނުމުން ހަމަޖެހޭހެއްޔެވެ؟ އަބުރުވެރިކޮށް އަރާމާައި އުފަލުގައި އުޅުމުގެ ޙައްްޤެއް ސިވިލް ސަރވިސް މުވައްޒަފުންގެ ދަރިންނަކަށް ނެތްހެްްޔެވެ. 6000ރ އަކީ މިހާރު ކުޑަ އެލަވަންސެއްްނޫންހެްްޔެވެ. ސަރުކާރުގައި އުޅޭތާ 27 އަހަރުވަނީއެވެ. ދަރިން ނިދާލާނެ ގެދޮރުގަނޑެއް ނުހެދުނުނެވެ. ކުދިންނާއެކު ޗުއްޓީއެއް ހޭދަކޮށްލާ އުފާކޮށްލަން ތާކަށް ނުދެވުނެވެ. ދަރައިގެން ޒަރޫރީ ނބޭނުންތައްް ފުއްދަން ޖެހޭއިރު މިކަން ހަނދާންކުރާ މަޖިލިސް ބޭފުޅަކުވެސް ހުރިހެނެއް ހިއެއްނުވެއެވެ. 10 އަހަރުކޮށްފައި މުސާރައަށް ބަދަލުގެނައިއިރުވެސް އިދާރީ މުވައްޒަފަކަށް ބޮޑުކޮށްލީ އެންމެ 700ރ ގެ އެލަވަސްސެކެވެ. އެއީ މިޒަމާނުގައި ކޯއްޗެއްހެއްޔެވެ. 30000 މީހުން ސިވިލް ސާވިސްގެ ވަޒީފާގައި އުޅޭއިރު އިދާރީ މީހުންވަނީ އުފަލާ އަރާމުކުރުމުން މަޙްރޫމްވެފައެވެ. މިބުނީ އަބަދު ދަރާވިކުގެން އުޅެންޖެހޭ ވާހަކައެވެ. އެންމެ ދަށުގެ ވަޒީފާއަށްވެސް މިހާރު 10000ރ ލިބެންޖެހެއެވެ. ބޭކާރު ރައީސް ޞާލިޙް މިކަން ކޮށްދެއްވާނެކަމަށް އުއްމީދު ކުރަމެވެ.
ފަނޑިޔާރުންގެ މައްސަލައެއް ނޫން މިއުޅެނީ. ތިމާމެން ވަކާލާތުކުރާ މައްސަލަތަކާއި ދައުލަތުގެ މައްސަލަތައް ހެކިނެތަސް ތިމާމެންނާއި އެއްކޮޅަށް ނުނިމޭތީ އެ މައްސަލަ މިއުޅެނީ. ފަނޑިޔާރުގެ މިނިވަންކުރާ ވާހަކަ ކިޔާ ތަސްބީޙަށްވުރެން ގޮވަނީ ވެސް އެހެންވެ. މިހާރުވެސް މިބުނި ބީދައިން މައްސަލަތައް ނިމެންފަށާއިރަށް އެއަށްވުރެ އިންސާފުވެރި ތަނެއް އަދި ބައެއް ނުތިބޭނެ. މުސާރައާއި ހުރިހާ އެއްޗެއްވެސް ބޮޑުވާނެ ލިބޭނެ. ފުންނާބުއުސް ވެގެން އަނގަތަޅަނީ. ކިތައްމީހުންގެ މައްސަލަތައް ތޯ ފީނަގަފައި އެކަށީގެންވާގޮތަށް މަސައްކަތް ނުކުރަނީ
ރީނދޫ ބާގައި މީހުން ލާފަ ބޮޑު ކުރަން ޖެހޭނީ ދޯ؟ މިހިރަ އެއްޗެއް.