ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުންނާއި އެކު ދެން ފެށޭނީ ބޮޑު ނަވާރަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރ ރީކޯ މޫސަ ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”ދެން ފެށޭނީ ބޮޑު ނަވާރަ. ބަޖެޓަށް ވާހަކަދެއްކުމާއި ބަޖެޓުގެ ވާނުވާވެސް އެނގޭނެކަމެއް ނޭނގެދެން. ރައީސްގެ ޤަރާރަކުންވެސް ބަޖެޓު ފާސްކޮށްފާނެ. އެގޮތަށް ރާއްޖޭގެ ކަންކަން ބަދަލުކުރަން މަސައްކަތް އެ ކުރަނީ.” މޫސަ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، ބަރުލަމާނީ ނިޒާމު ގެނައުމުގެ ވާހަކަ ދައްކަނީ އަނެއްކާވެސް ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ބޭނުމުގައި ކަމަށާއި، ދިގު 30 އަހަރުގެ ވެރިކަންވެސް ބަދަލުކުރީ އެގޮތް ބޭނުންނުވާތީ ކަމަށެވެ.

"ރައްޔިތުންލައްވާ ގަދަކަމުން ވޯޓު އަޅަން އެ މަސައްކަތް ކުރަނީ. ކަތީބުންގެ ބާރު ކަނޑުވާލާ ދިގު 30 އަހަރެއްގެ ވެރިކަންވެސް އަޅުގަނޑުމެން ނިކުމެ ބަދަލުކުރީ އެގޮތް ބޭނުންނުވާތީ. ދެން އަލުން އެ ސަކަރާތްޖަހަން މަސައްކަތް ކުރާނެ ކަމެއް ނެތް" މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ އަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ. މިއަދާއި ހަމައަށް އައިއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކަންކަން ނުނިމި ލަސްވެފައިވާތީ އެކަމާއި ކަންބޮޑުވާކަމަށް މިއަދުގެ ޖަލްސާގައި މޫސަ ވަނީ ވިދާޅުވެފައެވެ. އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާޙިމް އިސްވެހުންނަވާ އެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މޫސަ ކުރިމަތިލައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މޫސާ ދެން ލަލަލާ

    4
    7
  2. މާމިގިލީ މީހާ

    ދޭބަލަ ފިލްމު ކުޅޭން. ރައްޔިތުން މިހާރު ބަލައި ނުގަންނަ ބައެއް ތީ. ރައްޔިތުންނާ ދޭތެރޭ އޮންނަ މުވާސަލާތި ގުޅުން ކެޑިފަ ހުރި ބައެއް ތީ. ލަދު ގަންނާންޖެހޭ ރީކޯ މެން އަންގަ ހުޅުވާން. ބަލަ ކަލޭ މެންނަކަށް ތާއީދެއް ނެތޭ. މިގައުމަކު.

    4
    7
  3. ޝިޔާމް/މަނަދޫ

    ހަޖަމް ޕްލީޒް

    3
    8
  4. ކިބޫ

    ލާދީނީ

    6
    4