ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާނީ އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާތައްކަމަށް ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

އައިބީ މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”މަޖިލިސް 19 ގައި ކުރިއަށްދާނީ އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާތައް. މަޖިލީހުގެ ރައީސަކަށް އަންނާނީ އެމްޑީޕީ މެމްބަރެއް. އުއްތަމަ ފަނޑިޔާރަކަށް އަންނާނީ އެމްޑީޕީ މެމްބަރެއް. ހިއުމަން ރައިޓްސް ކޮމިޝަންގައި ހުންނާނީ އެމްޑީޕީ މެމްބަރެއް. ދެން މަޖިލިސް ނަޒާހަތްތެރިވާނެތޯ. ތިންބާރު ވަކިވާނެތޯ.” އައިބީ ވިދާޅުވިއެވެ.

އިތުރަށް އައިބީ ވިދާޅުވީ، ރަށްރަށުން ކަރަންޓް ކެނޑުނީމަ މިހާރު ދައްކަނީ މުޅިން އެހެން ވާހަކައެއް ކަމަށާއި، ވޭތުވެ ދިޔަ 5 އަހަރު މި ރާއްޖެއަށް ގެނެސްފައިވާ ތަރައްޤީ އަކީ ދުވަހަކުވެސް މީގެ ކުރިން ގެނެވިފައިވާ ތަރައްޤީއެއް ނޫން ކަމަށެވެ.

“ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން ފުންނާބު އުސް މީހުން ދައްކާ މީހުންނަކީވެސް ރަނގަޅު މީހުންނަށް ވާން އެބަޖެހޭ. ހުރިހާ ކަމެއްވެސް ބޮންސުންލައިގެން މި ދަނީ އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ގޮތުން ލީޑަރުންނަށް ތިއްބަވާ ބޭފުޅުންގެ ޢަމަލުތަކާއި ކަންތައްތައް ހުންނަ ގޮތުން. ކަންތައްތަކަށް ރަނގަޅު މީހުން ދައްކަން އެބަޖެހޭ. މަޖިލީހަށްވެސް އަންނަންވާނީ ކަމަށް ޤާބިލް ބޭފުޅުން. ފޭދޫ ދާއިރާގެ ގޮނޑިއަށްވެސް ވީ ގޮތް އަޅުގަނޑުމެންނަށް ފެނިއްޖެ. އަޅުގަނޑު ހުރެގެން ގަޑިއަށް ނާންނަ ދުވަހެއްވެސް ނުހުންނާނެ." އައިބީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާއަށް އައިބީ ވާދަކުރެއްވި ނަމަވެސް، މިފަހަރުގެ އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރެއްވި މުޙައްމަދު ނިހާދުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިންބާރު ވަކިކުރި ގާ މިހާރު ކޮބައިބާ .... އެތާނގާ ނިދާ މަޖާކުރި މީހުން ކޮބައިބާ....... ފޭލިގެ ޖަހައިގެން އުޅުނު މީހުން ކޮބައިބާ.....

    14
    2
  2. ގުލްދަސްތާ

    100% ތެދު ވާހަކަ އެއް، 3 ބާރު އެއްކުރަން ވަގު ވޯޓުން އެ ނިންމީ، ދެން ތިބޭ މޑޕ ކުދިން ބާރަށް އަތް ޖަހަން، ދުވަސް ކޮޅަކުން ފެންނާނެ ތިކެނޑި ކަނޑޫގެ އަސްލު ހިތިރަހަ. ޢެދުވަހުން ނުރޯތި.

    3
    5
  3. ސިއްދީޤް

    ނިމިގެންމިދާ މަޖިލިސް އައިބީމެެން ހިންގީ ޕީޕީއެމްގެ ޤައުމީ މަޖިލީހުގެ ޖަލްސާގޮތައްކަމަށްވާތީ ހީކުރަނީ ދެންތިބި މީހުންވެސް ކަންތައްތައް ކުރާނީއެގޮތައްކަމަށްހެން، ވަގުންނަށް ހީވާނީދެނަވެސް ތިބޭނީ ވަގުންހެން

    4
    1
  4. ކެޔޮޅު

    ދެން ދެރަނުވޭ