ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިހާރު ފުވައްމުލަކު ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ ޑެންޓަލް ކެއަރ ޔުނިޓް ހުޅުއްވައިދެއްވައިފިއެވެ. މި ޔުނިޓަކީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތް ފަށައި، އަދި ސަރުކާރު ބަދަލު ވުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިމިފައި ހުރި ޔުނިޓެކެވެ.

ޑެންޓަލް ކެއަރ ޔުނިޓް ރަސްމީކޮށް ހުޅުވަން ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުން ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށެވެ. އެގޮތުން، ދިވެހި ރާއްޖޭގެ އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތެއް ތަފާތު ކުރުމެއް ނެތި މުޅި ދިވެހިރާއްޖޭގެ ޞިއްޙީ ކަންތައްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަންމަތީގައި ދިރިއުޅުމަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކުރެއްވުންކަން ފާހަގަކުރެއްވިއެވެ.

މިގޮތުން، ކުރިއަށް އޮތްދުވަސްތަކުގައި ދެމިތިބޭނީ ރައްޔިތުން ސަރުކާރާ މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގައި ކަމަށާއި، ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރު ޚިދުމަތްތައް ފަށައި، މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ގަދަ އަޅައި މަސައްކަތް ކުރައްވާނެކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި ޔާމީންގެ ސަރުކާރުން ޤާއިމްކޮށްފައިވާ ފުވައްމުލައް ހޮސްޕިޓަލުގެ ޑެންޓަލް ޔުނިޓް ހުޅުވައި ދެއްވުމުގެ އިތުރުން ޔާމީންގެ ސަރުކާރުން އަމަލީ މަސައްކަތް ފައްޓަވާފައިވާ ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫއު އަލުން ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް މިއަދު މާލެ ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މިއަދު

    ކުރީ ސަރުކާރުން ކުރިއެއްވެސްކަމަކީ އިންސާނުންނަށް ކަމުދާގޮތަކަށް ހުރިތަންތަނެއްނޫން އެގޮތުން ފުލެޓުގެބަދަލުގައި އަޅަންފެށީ ކޮތަރުކޮށިތަކެއް އެއާޕޯޓުގެބަދަލުގައި އަތުރަންފެށީ ތާރުތަކެއް މިހެންގޮސްކިޔާނެކަމެއްނެތް ތިހުޅުވިތަންހުރީ އިންސާނުންގެ ދަތަށްފަރުވަލިބިދިނުމަށް އަނގަހުޅުވަންކެރޭހަލަތުގަބާ

    8
    23
  2. ހިހި ހިހި

    ޙިހިހިހި

    10
    1
  3. ލަދު#

    ކޮބާ ހޭ މިވެރިންގެ ލަދު؟ މީހަކު މޮޑެދިނީމަ ކާން މިވެރިން ނަށް އިނގޭނީ. އެއްވެސް ބުރަދަނެއް ލަދެއް ނެތް ބައެއް. 5 އަހަރު ވަންދެން ތިހެން ރިބަން ކަނޑާލަ ކަނޑާލަ ތިބޭ.ތީ ތިވެރިން ނަށް އިނގޭނެ ހާ ވެސް ކަމަކީ. ތަރައްގީ ގެ އެންމެ ބިންގަލެއްވެސް އަޅާކަށް ނޭގޭނެ.

    29
    2
  4. ކުޑަބަޖަރާ

    ތިތަން ހަދާފާހުރި ދަތުގެ މަސައްކަތް ކުރެވޭގޮތަށްބާ؟ މިހެން މިއަހާލީ ޔާމީނުގެ ސަރުކާރުން ކުރާކަންތައްތައް ކޮށްފާހުރީ އެއްވެސް ތާކުންތާކު ނުޖެހޭގޮތަށްކަމަށް ރައީސް ސޯލިހު ބުނާތީ.

    26
    3
  5. ޝަރީފް

    މުޅިންވެސް މި ފެންނަނީ ރައީސް ޔާމީން އިންދެވި ތަރައްޤީގެ ގަސްތަކުން ވަގުން މޭވާ ބިންނަތަނެވެ. އަދި މި ގަސްތައް މިލާ މޯޅިވާތަންވެސް ފެންނާނެއެވެ.

    29
    2
  6. އަހުމަދު

    ކެރެޑިޓް ނަގްން ހާދަމޮޅޭ... ފައިސަލް އަކީ ވަގެއް އަދި ގަސިމް ގެ ރިސޯޓްތަކުން ވައްކަން ކޮށް އަދި ސުޕާތަކުގަ އުޅޭ އަންހެންކުދިންގާތައް ކޮންމެރެޔަކު ވަންނަ މީހެއް

    28
  7. Anonymous

    އަދަބު އަޚުލާގު އަދި އިޚުލާސްތެރިކަމުގެ ކަންފުޅެއްވެސް ނެތީމަނޫން ރައީސު ޔާމީނުގެ ވެރިކަމުގަ ގައުމުގެ ސިއްޙީދާއިރާ ކުރިއަރުވާފައިވާފައިވާ މިންވަރު ލޮލުންފެނި އަތުން ހިފެވުނު ވަގުތުގަވެސް އެމަނިކުފާނަށް ޝުކުރުގެ ބަސްފުޅެއްވެސް ތިޔަނާއިބުރައީސަށް ވިދާޅުވާން ނުކެރުނީ ، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވިއިރު ރައީސު ޞޯލިހުވެސް ވަރަށް ކުޑަގޮތަކަށް ނަމަވެސް ޙަގީގަތް ގަބޫލުކުރާކަން އިނގޭވަރުގެ ބަސްފުޅެއް ރައީސު ޔާމީނަށް ވިދާޅުވި، އެވަރުވެސް މިނާއިބު ކަލޭގެއަށް ކޮށްލަން ހަޖަމުނުވިއެވެ.

    18
  8. ހެހެހެ

    100 ދުވަހުގެ ވައުދެކޭ ނުބުނޭތަ މިކަލޭގެ؟