ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ބައެއް ދާއިރާ ތަކުގެ ވޯޓު ފޮށި ތަކުގައި މައްސަލަ އުޅޭ ކަމެއް ބުނެ، އިލެކްޝަން ކޮނިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ބަލާފައިވަނީ މަދު މައްސަލައެއް ކަމަށް، ފޮނަދޫ ދާއިރާގެ މެމްބަރ ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބައެއް ދާއިރާ ތަކުގެ ފޮށިތައް ގުނި އިރު އަނެއް ބައި ފޮށިތައް ނުގުނީ ކީއްވެގެންތޯ. ބާރަށު ދާއިރާގެ މެމްބަރ އިބްރާޙިމް ޝުޖާޢުގެ އެދުމުގެ މަތިން އެ ދާއިރާގެ ވޯޓު ފޮށި ނުގުނިފަ، މާވަށު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓުގެ އެދުމުގެ މަތިން އެ ދާއިރާގެ ފޮށި ގުނުނީ ކީއްވެގެންތޯ. މި މައްސަލަތައް އެބަ ޖެހޭ ބެލެން. އަޅުގަނޑު ގޮވާލަން، އިލެކްޝަން ކޮމިޝަންގެ ހުރިހާ މެމްބަރުން، ރައްޔިތުންގެ މަޖިިލީހުގެ މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޟިރުކުރަން. މިއީ މި ޤައުމުގެ މުސްތަޤުބަލަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް." ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓު އަދި ނުނިމޭ ކަމަށާއި، ނިމިދިޔަ އިންތިޚާބުގެ އޮޑިޓް ރިޕޯޓެއް ހަދަންޖެހޭ ކަމަށެވެ.

"ނިމިދިޔަ އިންތިޚާބުގެ އޮޑިޓް ރިޕޯޓެއް ހޯދަން އެބަ ޖެހޭ. ވޯޓުލީ ހުރިހާ ފޮއްޓެއް އޮޑިޓް ކުރަން ޖެހޭ. ބައެއް ދާއިރާ ތަކުގެ އަތޮޅުގެ ނަތީޖާ ލިބެންދެން މާލޭގެ ވޯޓު ފޮށި ނުގުނާ ބެހެއްޓީ ކީއްވެގެންތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ. އެ ފޮށި އަލުން ގުނަން އެދުނީމަ އެ ފޮށި ގުނާ ނުދިނީ ކީއްވެގެންތޯ ބަލަން އެބަޖެހޭ. މިއީ ތަޙުޤީޤުކުރަންޖެހޭ މައްސަލައެއް. އަޅުގަނޑުމެންގެ މެންޑޭޓު އަންނަމަހުގެ 28 އާއި ހަމައަށް އޮންނާނެ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑިއަށް ޢަބްދުއްރަހީމް ވަނީ ވާދަކުރައްވާފައެވެ. ނަމަވެސް، އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ފޮނަދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖެވެ. އަދުރޭ އަށް ލިބިވަޑައިގެންފައިވަނީ 963 ވޯޓެވެ. ސިރާޖަށް ލިބިވަޑައިގެންފައިވަނީ 1007 ވޯޓެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައްވާ

    ވޯޓުކަރުދާސް ނައްތާލެވޭނީ ޤައުމީ އަރުޝީފުން ހުއްދަދީގެން ކަން ހަދާނުގައި ބަހައްޓުން އެދެން

  2. ސިމެންތިބަސްތާ

    ޑާއިރާގެ ރައްޔިތުންނަށް ނަނާ ހުވަފެން ދައްކާފައި ވޯޓް ނުލިބުނީމާ ދެން ކޮން ބޭކާރު ވާހަކަ އެއް ތިބާގެ ދެ ދައުރުގައި ރައްޔިތުން ބޭތިއްބީ އަނދިރި ތާކިހާ އަޅުވާފައި އަދިވެސް ބަލިވީކަމަށް ޤަބޫލް ނުކުރަނީތަ؟ެކަމު ބުނަން މިހާރު ތި އޮތީ ބަލިވެފައި ދެން ނާދެވޭނެ މި މަޖިލީހަކަށް ހެޔޮ ްަބޫލުނުކުރެވެނނާމުން ފޮށި ނަގާ ބަނޑުގައި އައްސާގެން އުޅުނަސް ވޯޓެއް އިތުރެއް ނުވާނެ ވިއްޔާ ވާނީ މަދު ދެން ލަލަލާ

    2
    2
  3. އައި ޑީ

    އެއީ ގުނި އެއްވެސް ފޮއްޓަކުން ނަތީޖާ އަށް ބަދަލެއް އަންނާނެ އެއްވެސް ކަމެއް ނުފެނުނީމަ ދެއްތޯ

    4
    3