ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަކީ ހަގީީގީ ނަތީޖާއެއް ނޫންކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ލަންޑަން ޕޯސްޓް ކިޔާ ނޫހަކުން ޕީޕީއެމްއާއި ހަވާލާދީ މިހެން ބުނެފައިވާއިރު ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި އެޕާޓީން ބުނެފައިވަނީ އިންތިޚާބުން މޮޅުވެ، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ވަނީ ގާނޫނާއި ޚިލާފަށް އެޕާޓީގެ އެކައުންޓްތައްވެސް ފްރީޒްކޮށްފައިކަމަށެވެ.

ޕީޕީއެމްއިން ވަނީ މި ސަރުކާރުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއަށް ނުރަނގަޅު ނުފޫޒު ފޯރުވައިގެން ރައްޔިތުންގެ އިންތިޚާބަށް ނޭދެވޭ ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށްފައެވެ.

" ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ކުރި ހޯދާފައިވަނީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރ އަދި ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށްގެން،" މި ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ.

މިމަހުގެ 14ވަނަ ދުވަހު ނެރުނު މި ބަޔާނުގައި ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ނަތީޖާއަކީ ދިވެހި ރައްޔިތުން އެދޭ ހަގީގީ ގޮތް ހާމަކޮށްނުދޭ ނަތީޖާއެއްގެ ގޮތުގައި ސިފަކޮށްދީފައެވެ.

ޕީޕީއެމްއިން ބުނީ އިދިކޮޅު ލީޑަރ ޖަލަށްލައި، ޕާޓީ ބަލިކަށިކޮށްލައިގެން ނެރޭ ނަތީޖާއަކީ ހަމައެކަނި ވެރިކަންކުރާ ފަރާތް ރުއްސުލްމާލަށްށްޓަކައި ނެރޭ ނަތީޖާއެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްދު

    6 އޭޕްރީލްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ
    އިންތިޚާބަކީ މަކަރާއި އޮޅުވާލުމާއި ސަރުކާރުގެ
    ބާރާއި ނުފޫޒް ބޭނުންކޮށްގެން ކުރިއަށްގެނދިއަ
    އިންތިޚާބެކެވެ އެހެންކަމުން އެ އިންތިޚާބުގެ
    ނަތީޖާ ބަލައި ނުގަންނަމެވެ

    13
  2. ހުސޭނުބޭ

    އިންތިޚާބުގެ ވޯޓު ލީގޮތަށް ނަތީޖާ އޮތީ ފެންނާށެވެ. ޞައްޙަނޫން އެއްޗަކީ ވޯޓުގެ ކުރިން އެ ހިންގި ކަންކަމެވެ. މުޅި އިންތިޚާބު ދިޔައީ ފައިސާއަށެވެ. މިކަމުގެ ހެތްކަކަށް ކާށިދޫ ދާއިރާގެ ގޮނޑި ފުދޭނެއެވެ. ވޯޓު އޯކޭއެވެ. ގޯހީ ވޯޓުގެކުރިން ކުރި ކަންތައްތަކެވެ.

    12
    1
  3. ފާތުމަ

    މިޔޮތް ހުރިހާ ދުވަހު ތިބީ ނިދާފަތަ

    3
    8