ކުރީގެ ސަރުކާރު ވެރިކަމުގައި އޮތްއިރު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ ދަރަނިވެެރިވެފައި ނުވާނެ ކަމަށް ހުޅުމާލޭ ދާއިރާގެ އިންތިޚާބީ މެންބަރ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ޕީޕީީއެމްއަށް ފޯން ބިލް ނުދެއްކޭކަމަށް ބުނެ ޝާއިއުކޮށްފައިވާ ޚަބަރެއް ކުއޯޓް ރީޓްވީޓްކުރައްވަމުން ނިޔާޒް މިހެން ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރުވެސް އެއްވެސް ކަހަލަ ދަރަނި އެއް ނުވެ ޕާޓީ ހިންގާފައިވާ ކަމަށެވެ. ޝުކުރު އަދާކުރުމުގެ ގޮތުން ނިޔާޒް ވަނީ ޕާޓީގެ މެންބަރުންނާއި ގިނަ ޕާޓީތައް އެކުލެވޭ ވެރިކަމުގެ ނިޒާމަށް ތާާއިދުކުރި ހެޔޮއެދޭ ފަރާތްތަކަށް ޝުކުރުގެ ބަސްތައް ރައްދުކުރައްވާފައެވެ.

ނިޔާޒް އަކީ އެމްޑީޕީގެ އިދިކޮޅު ހަރަކާތްތައް އެންމެ ވަރުގަދަވި ދުވަސްވަރު، އެޕާޓީގެ ޗެއަރޕާސަންގެ ނައިބުކަން ވެސް އަދާކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކޮއްލެވެއެވެ.

ޕީޕީއެމްއަށް ލިބެންވާ ފައިސާ އިލެކްޝަނުން ހިފަހައްޓާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ބައެއް ކުންފުނިތަކަށް ފައިސާ ނުދެއްކި، ކެމްޕޭން ކުރަންވެސް ފައިސާ ނުލިބިވާކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެމަންޖެ

    ކްރިސްޓިއަން މިޝަން ތަކުން ފައިސާ ބޯކޮށް ލިބޭ....

    53
    6
    • ލޮހީއަލީ

      ކްރިސްޓިއަން މިޝަންތަކުންދިން 100 މިލިއަން ރުފިއާ ކަންނޭގެ ގަޓުރައީސްގެ އެކައުންޓުގަ އެހުރީ ދެން ނިހާނުމެން އަދުރޭމެން ތިން ހަތަރު ފްލެޓް ގަނެ ރޮލެކްސް ގަޑިގަތީވެސް ހަމަ ތިގައިސާއިން ކަމަށްވެދާނެ

      3
      10
  2. ހުސޭނުބޭ

    ދަރަނިވެރިވާނީވެސް ކިހިނެއް! 2008 ވަނަ އަހަރާ ހިސާބަށް ކްރިސްޓިއަން މިޝަންތަކުން ފައިސާ އޮއްސީ! 2012 ވަނަ އަހަރު އިސްތިޢުފާ ދިނީ 4.5 ބިލިއަން ބައުތުލްމާލުން ދަވާލައިގެން! ނުވިތާކަށް ކްރިސްޓިއަން މިޝަނަރީތަކާއި އިންޑިޔާއިން ފައިސާ އޮއްސީ! ހެތްކަކަށް މަޖިލީސް އިންތިޚާބާ ދިމާކޮށް ބައިތުލް މާލުން ގެއްލުނު 1.8 ބިލިއަން ރުފިޔާ ފުދޭނެ!

    14
  3. ޝިމްލާލު

    މުޅި ދައުލަތް އަންބޮޑިއަށްލައިގެން ނުވިތާކަށް ފާދިރީންނާއި ޗާޗްތަކުން ބަސްދާތަކުގައި ފައިސަ އޮއްސި! ވަގުންނަށް މިދުނިޔެ އުފާވެރިވާނެ! އެއީ ސަބަބު!

  4. ޖަހާންގީރު

    ހުޅުމާލޭ ދާއިރާގެ އިންތިޚާބީ މެންބަރ އަލީ ނިޔާޒު އަށް ކެރޭނެތަ ބީޗްގަ ގަވާއިދާ ޚިލާފަށް އެ ހިންގަމުންދާ ކެފޭތަށް އެތަނުން ނަގަން ،

  5. ނައިންޓީ

    ނިޔާޒު ފޮނި ވާހަކަ ދައްކަން އުޅޭނެކަމެއް ނެތް. އެމްޑީޕީ އަކީ ދިވެހި މުސްލިމުންގެ ޢަދުއްވުން ކްރިސްޓިއަން މިޝަންތަކުން ފައިސާ ލިބޭބައެއް، ލާދީނިއްޔަތާ ކީރިތި ރަސީލާ އަށް މަލާމާތްކުރިވަރަކަށް ފައިސާ އޕހޭނެ. ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގެ ގޮނޑި ދޭތިންއެކައްޗަށް ނަގާނަމޭބުނަމުން މީހުނަށް ހައްދެއްނެތި ފައިސާ އަޅަމުން ދިޔައީ އެތައްބަޔަކަށް ރިޝްވަތުދީފަ. އިބޫސަރުކާރުން ގެއްލުނު 1.8 ބިލޔަން ރުފިޔާއާ އިންޑިޔާއިން ބިލިޔަނުން ތަޅާލީ އަޑީގަ ފޮރުވިފައިވާ ސިއްރުތަކެއް އޮތީމަ. ލަދު ޙަޔާތެއް ނެތިއްޔާ ހައްޤު ފޮރުވަން އުޅޭނެތިހެން.