ހެޕީމާކެޓް އިން މި އަހަރުގެ ރޯދަމަހާއި ދިމާކޮށް ކ. ހިންމަފުށީގައި ފިހާރައެއް ހުޅުވައިފިއެވެ.

މިއީ އެ ކުންފުނިން ހަތް ވަނަ ފިހާރައެވެ. ހެޕީމާކެޓް ޝޮޕް7 ގެ ނަމުގައި މި ފިހާރަ ހިންމަފުށީގައި ހުޅުވާދެއްވީ އެ ރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ ހުސައިން އަބްދުލް ރަހްމާންއެވެ.

ހެޕީމާކެޓް އިން މައުލޫމަތުދިންގޮތުގައި، މި ފިހާރައިން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ހުރިހާ މުދަލެއް މާލެ އާއި އެއް އަގެއްގައި ހިންމަފުށީގެ ފިހާރައިން ލިބޭނެއެވެ.

ހެޕީމާކެޓްގެ އާ ފިހާރަ ހުޅުވާދެއްވަނީ

އަދި މި ފިހާރައިން ބުނީ، ހެޕީމާކެޓްގެ ބްރޭންޑެއް ކަމުގައިވާ "ލައިފް" ބްރޭންޑްގެ ވޯޓާ ބޮޓްލިންގ ފެކްޓްރީ ހުންނަ އެ ރަށުގައި މި ފިހާރަަ ހުޅުވުމުގެ މަގްސަދަކީ އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިންމަފުށީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ފިހާރައިން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ހުރިހާ މުދަލެއް ހާއްސަކޮށް ފިނިކުރި މުދާ އޭގެ އެންމެ ތާޒާ ކަންމަތީ ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ފިހާރައާއެކު އެރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުވެސް ލިބިގެންދާނެކަން ފާހަގަކޮށްލަން ޖެހެއެވެ.

ހެޕީމާކެޓްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ އެެންމެ ކޮލެޓީ ރަނގަޅު ކެއިން ބުއިމުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އެ ތަކެތި ރާއްޖެއިން ލިބޭނެ ގޮތް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު