ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ރ.ފައިނުގައި އަޅަން ނިންމާފައިވާ އެއަޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންދަން މިހާރު ސަރުކާރުން ނިންމުމުން އެކަން ފައިނު ކައުންސިލުން ކުށްވެރިކޮއްފިއެވެ.

ފައިނުގައި އަޅަން ހަމަޖައްސާފައިވާ އެއާޕޯޓްގެ މަސައްކަތް ނުކުރުމަށް މި ސަރުކާރު ނިންމުމާ ގުޅިގެން "ވަގުތު" އަށް މައުލޫމާތު ހިއްސާކުރަކުން ފައިނުގެ ކައުންސިލްގެ ރައީސް އިބްރާހިން ނާސިރު ވިދާޅުވީ އެއާޕޯޓް ނާޅަން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށެވެ. އެއާޕޯޓް އުޅުމުގެ މަޝްރޫއަކީ މުޅި އޮތޮޅަށް މަންފާ ކުރާނެ ކަމެއް ކަމަށާއި މި މަސައްކަތަކީ މުޅި ރައްޔިތުންގެ އުއްމީދު ތަކާއި ގުޅިފައިވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން މި އެއާޕޯޓު ނޭޅުމަށް ނިންމުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި ހިތްހަމަނުޖެހުންތަކާއި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިމިގެން ދިޔަ މަޖްލީސް އިންތިހާބުގެ ކެމްޕޭނުގައި އެރަށަށް ޒިޔާރަށް ކުރި ސަރުކާރުގެ ޓީމަކުން ވަނީ މި މަޝްރޫއު ކުރިއަށް ދާނެ ކަމަށް ބުނެފައެވެ.

ނާސިރު ވިދާޅުވީ އެތައް ވަގުތެއް ހޭދަކޮށް އެކަމަށް އެތައް އުއްމީދެއްކޮށް ރައްޔިތުން ކުރި މަސައްކަތެއް މިހާހިސާބަށް އައުމުން ހުއްޓާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މިފަދަ ނިންމުމެއް ނިންމި ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ މުހިއްމު އަދި ބޮޑު ނިންމުމެއް ނިންމުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ނާސިރު އިތުރަށް ވިދާޅުވެފައިވަނީ ކައުންސިލުން އަދި ރައްޔިތުންވެސް ބޭނުން ވަނީ ސަރުކާރުން އެކަމާއި ގުޅޭގޮތުން އަދިވެސް މަޝްވަރާ ކުރުމަށެވެ.

ފައިނު އެއާޕޯޓް މަޝްރޫޢު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމީ ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހައިވަކަރު

    ކަލޭ ކޮން ކުއްވެރިއެއް ކުރާކަށްތަ؟؟ ތިތާ އެއާޕޯރޓު އަޅާނެކަމެއް ނެތް. އެއާޕޯރޓު އަޅަންވީ އަލިފުށީގަ.. އިނގިއްޖެ.

    1
    17
  2. މީވެސް ގަމާރުންބާ

    ކުއްވެރިކުރީމަ ބިރުން މިތިބީ!

    6
    11
  3. އުއްޗު

    ފައިނަކީ މާ ތިމާވެއްޓަށް ލޯބި ބަޔަކު އުޅޭ ރަށެއް

    9
    7
  4. އިނގުރައިދޫ ދާއިރާ

    ފައިނުގާ އެއާޕޯޓް އޮންނަންޖެހޭ !!! ނޫނީ ރައީސް އިސްތިއުފާ ދެއްވާ !!!! ދާއިރާގެ ރައްޔެތުން ވޯޓް ދިނީ އެއާޕޯޓް ފައިނުގާ އޮންނާނެ ކަމުގެ ޔަގީންކަން ދިނީމަ

    26
    5
  5. ފައިނު އަހަންމަދު

    އެއާޕޯޓް މި ރަށައް ނުހަނު ބޭނުންވޭ ... އެމް.ޑީ.ޕީ ވައްޑެ ބޭނުން ވީމާ އެއާޕޯޓް ނާޅާފަ ... މީތި ކަޑަ .. ދާއިރާގެ ހުރިހާ ރައްޔެތުން މުޒާހަރާޔަށް ނިކުންނަން ގޮވާލަން

    23
    5
  6. ބިޑި މޫސަ

    މިރަސައް ވީ ވައުދު ފުއްދާ . އެއާޕޯޓް ފައިނުގާ އަޅަންޖެހޭނެ . ވޯޓް ދިނީ ހިތައްއެރި ގޮތަކަށް ކަންތަށްތައް ކުރާކަށް ނޫން

    26
    2
  7. އިނގުރައިދޫ ކައުންސިލްގެ ބަސް

    ދާއިރާގެ ކުރިމަގަށްޓަކާ ފައިނު އެއާޕޯޓަކީ ވަރަށް މުހިންމު ޕްރޮޖެކްޓެއް. މިކަން ކޮށްދެއްވާ.

    17
    2
  8. އިންނަމާދޫ ފަލާ

    ޔާމިނު ސަރުކާރު އޮތްނަމަ މިހާރު ތިތާ ފްލޭޓް ޖައްސާނެ. އަދިވެސް އެދެނީ ސަރުކާރުގެ ވިސްނުން ބަދަލްކޮށް މި ދާއިރާގެ ރައްޔެތުން އެދޭގޮތަށްް ފައިނުގާ އެއާޕޯޓް އަޅައިދިނުމަށް. އަލަށް އިންތިހާބްވި ޙަސަން އަހުމަދަށް ވެސް ގޮވާލަން ބޭނުންވަނީ ދާއިރާގެ ރައްޔެތުން ތިދިން ފުރުސަތުގައި ތިގޮތަށް ކުޅެން ނޫލޭށޭ

    21
    2
  9. އެމް.ޑީ.ޕީ ރަސްމާދޫ

    ތިޔަ އެއާޕޯޓަކީ ވަރަށް މުހިންމު އެޢަޕޯޓެއް. އަހަރެމެން ރެޔާ ދުވާލް ދިން އަވަކާ އެކު ހަސަންޓެ ނަގަން އުޅުނީ ތިޔަ ހުވަފެން ހަގީގަތަކަށް ހަދަން . " ފައިނު އެއާޕޯޓް ނެޅެންޏާ ހަސަންޓެ މިހާރުން މިހާރަށް އިސްތިއުފާދީ "

    22
    2
  10. ދޮންކަލޯ

    ފެންނަ ފުނުމަށް ވަގުތަށް ވިޔަސް ސަރުކާރުގަޝަކުވާ ހުށަހެޅި ކަމަށް ބަލައިފިން

    5
    3
  11. ބަކުރު

    އިފުރު އެއަރޕޯރޓްވެސް އެބައޮތްދޯ

    4
    10
  12. ސަޓޯ

    މަށަށް ޔަގީން މިއީ އެމްޑީޕީ މެޖޯރިޓީ ނެތް ރަށެއް!!! އެއީ މިވީގޮތަކީ

    9
    2
  13. ރަންނަމާރި

    މަޖިލިސް އިންތިހާބަށް ވޯޓުދީފައި ބާރަށް އަތްޖަހަން ދެން ތިބެ

  14. nunnu

    އެ ރީތި ގަސް ތައް ކަނޑާފަ ތިމާވެއްޓަށް ގެއްލުން ދީފަ ކުރަން ރަނގަޅު ކަމެއް ނޫން. އެ ނޫން އެހެން ގޮތަކަށް އެއާޕޯޓް އަޅާ.

    10
    5
    • އާދަނުބެ

      ކަލޭ އަންމަ ކަރާ ދަނޑު ދޯ އެޢީ .. އަހަރުމެން ރައް. އަހަރުމެން ބޭނުން ވަނީ އެއާ ޕޯޓް އަޅަން .. 90 އަހަރު މި ދަޑުވެރި ކަންކޮއްލަ ކޮއްލާ އުޅޭކަށް ބޭނުމެއް ނުވޭ..

      6
      6
    • ނާފިއު

      އަޅުގަޑަށް ހީވަނީ ތިޔަ ދާއިރާގެ ރައްޔެތުންގެ ލޮލުން ކަރުނަފުހެން މުޅިރާއްޖޭގެ ރައްޔެތުން ދާންޖެހިދާނެހެން. ރައީސްް އަވަހަށް އެކަން ކޮށްދެއްވާ. އަޅުގަނޑުމެން މިއުޅެނީ ވަރަށް ބިޖީ ސެޑިއުލްއެއްގާ އެކަމަކަށް ވަގުތެއް ނެތް

  15. ފައިނު ނިޒާރު

    އެއަރޕޯޓަކަށްވުރެ ރަށުގެ ތިމާވެށި ރައްކާތެރިކޮށް އޮތިއްޔާ މާ ރަނގަޅުވާނެ.

    5
    3
  16. ސާހީނު

    ފައިނުގާ އެއާޕޯޓް ނާޅާ މި ދާއިރާޔަށް ދެން އިންތިހާބެއްގާ ވާވެސް ނޭޅިލާތި. ކުޅި ސަމާސާ ފެންނާނެ

    4
    1
  17. ނައިބުތުއްތު

    ރިޝްވަތާއި، ފައިސާގެ ނުފޫޒަށްހެއްލި ލިބޭ ވަގުތީ މަންފާއަށް އެކަނި ވިސްނާ ޤައުމުގެ މުސްތަޤުބަލު ފަނާކުރުމަށް ނިންމުންތަކެއް ނިންމައިގެންތިބެ ކޮންކަމެއްތޯ ކުށްވެރިކުރެވޭނީ. ކޮންކަމަކާތޯ ކަންބޮޑުވެވޭނީ؟ އެންމެންވެސް އަތަޖަހާލަޖަހާލާތިބެންވީ. ހުރިހާކަމެއްވެސް އެންމެމޮޅަށް ދެނެވޮޑިގެންވާފަރާތް ކުޅަދުންވަންތަވެ ވޮޑިގެންވޭ.

  18. އާދަން ހުސެންމަނިކް އަބްދުﷲ

    މަޖިލީހުގެ އިންތިހާބަށް މެޖީރިޓީ ދިނީ އިނގުރައިދޫ ދާއިރާގެ ރައްޔެތުން ފައިނުގާ އެއާޕޯޓް އަޅައިދޭނެކަމަށް ވައުދުވީމާ. އެމް.ޑީ.ޕީ އަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެ . ވޭތުވެ މިދިޔަ އިނތިހާބްތަކުގާ އެމް.ޑީ.ޕީއަށް ދުވަހަކުވެސް އާބަސް ބުނި ދާއިރާއެއް ނޫން މީކީ. އެކަމު އެވައުދު ފުއްދައިދޭނެ ކަމަށް ވައުދު ވީމާ ވޮޓް ދިނީ. ތިގޮތަށް ރައްޔެތުންނަށް ހަރާންކޯރު ނުވޭ. ރާއްޖޭގަ އެންމެ ފުރަތަމަ ސަރުކާރާ ދެކޮޅަށް މުޖާހަރާ ކުރާނެ ބަޔަކަށް އަހަރުމެން ވާނަަށް. ވިސްނުން މިހަރުން މިހާރަށް ބަދަލްކޮށް އެޢާޕޯޓް ފައިނުގާ އަޅާ.

  19. ރަސްމާދޫ ޔަންގު ބޯއީސް

    ހަސަންޓޭ ކަލޭ ތިޖިރީ ނިދާފަތަ ، ފައިނުގާ ނޫން ތާކު ތިޔަ އެއާޕޯޓް އަޅަން ހިތު ނުލާތި. މިހާރުވެސް މީދު މަޑުވަރީ ރަށްރަށް މިތަންތަން އޮއްވާ އެގެން ތަރަށްގީވަނީ ... މި އިންތިހާބްގާ ވަރަށް ރަނގަޅަށް ކިޔާދިނިން ކީއްވެގެންކަން ކަލޭ ފަހަތުގާ މިތިބީ

  20. ރަށްދު9

    ފައިނު އެއާރޕޯޓްއަޅަން އިގުރައިދޫ ދާއިރާގެ ރަށްޔިތުން ބޭނުމެއްނޫން ބޭނުންނަމަ އެމްޕީ ފަލާހު އަށް ދާއިރާގެގޮނޑި ކަށަވަރު ކޮއްދިނިސް